Roadha Mihaaru

ދިރޭ ބޯވައެއް ކާލަން އުޅެނިކޮށް މޫނުގައި ތަތްކޮށްލައިފި

ޗައިނާގެ އަންހެން ބްލޮގަރަކު ލައިވް-ސްޓްރީމްކޮށްގެން، ދިރޭ ބޯވައެއް ކާލަން އުޅެނިކޮށް، އޭނާގެ މޫނުގައި އޭތި ތަތްކޮށްލައި ހަމަލާ ދީފި އެވެ.

ދިރޭ ބޯވައެއް ކާލަން އުޅެނިކޮށް މޫނުގައި ތަތްކޮށްލައިފި
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

13 މެއި 2019

ޗައިނާގެ އަންހެން ބްލޮގަރަކު ލައިވް-ސްޓްރީމްކޮށްގެން، ދިރޭ ބޯވައެއް ކާލަން އުޅެނިކޮށް، އޭނާގެ މޫނުގައި އޭތި ތަތްކޮށްލައި ހަމަލާ ދީފި އެވެ.

ޔޫޓިއުބްގައި ވެސް އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ޒުވާން އަންހެނަކު އޭނާގެ މޫނުގައި ތަތްވެފައިވާ ކުޑަވަރެއްގެ ބޯވައިގެ ކިބައިން ސަލާމަތް ނުވެވިގެން އުޅޭ ތަނެވެ. މި ވީޑިއޯ އެންމެ ފުރަތަމަ އާންމުވީ ޗައިނާގެ ސޯޝަލް ޕްލެޓްފޯމް ވެއިބޯގަ އެވެ.

އޭގެ ފަހުން ޔޫޓިއުބްގައި ވެސް ވީޑިއޯ ދައުރުވެ، އެއަށް މިހާތަނަށް ލިބުނު ވިއުސްގެ އަދަދު ވަނީ 7 މިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ.

ޗައިނާގެ ބައެއް މީޑިއާތަކުން ބުނީ މި މަހުގެ ކުރީކޮޅު ހިނގި މި ހާދިސާގައި އަންހެން މީހާގެ މޫނުގައި ބޯވަ ތަތްކޮށްލި ނަމަވެސް، މާ ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. އެކަމަކު އޭނާގެ ދަތްދޮޅި ކޮންމެވެސް ވަރަކަށް ޒަހަމްވެފައިވާ ކަމަށް ބުންޏެވެ.