12 މެއި 2018
ޗައިނާގައި ފިރިހެނަކު އޭނާގެ ލޯބިވެރިޔާއާ ރުޅިވުމަށް ފަހު، ބަދަލެއްގެ ގޮތުގައި ދެ މިލިއަން ޔުއާން (300،000 ޑޮލަރު) ދިނުމުން އެ އަދަދު މާ މަދު ކަމަށް ބުނެ އެ ފައިސާގައި ހިފަން ދެކޮޅު ހަދައިފި އެވެ.
ޗައިނާގައި ފިރިހެނަކު އޭނާގެ ލޯބިވެރިޔާއާ ރުޅިވުމަށް ފަހު، ބަދަލެއްގެ ގޮތުގައި ދެ މިލިއަން ޔުއާން (300،000 ޑޮލަރު) ދިނުމުން އެ އަދަދު މާ މަދު ކަމަށް ބުނެ އެ ފައިސާގައި ހިފަން ދެކޮޅު ހަދައިފި އެވެ.
ޗައިނާގެ ބައެއް ނޫސްތަކުން ބުނީ މި "ފައިސާގެ މައްސަލަ" އެނގުނީ މިދިޔަ ހޯމަ ދުވަހު ކެފޭއެއްގެ މުވައްޒަފުން ދުވަހުގެ މަސައްކަތަށް ފަހު ތަން ބަންދުކުރަން އުޅެނިކޮށް އެތަނުގެ ތެރެއިން ފައިސާ ފޮށި ފެނުމުން ކަމަށެވެ.
ކެފޭ ތެރެއިން ފެނުނު ބްރީފްކޭސް، ކެފޭ ތެރެއިން ހޮވާ އެއްޗެހި ބަހައްޓާ ތަނަށް ގެންދަން އުޅެނިކޮށް ހުޅުވުނީ އެވެ. އޭގައި ހުރި 100 ޔުއާން ނޫޓުން ބަންޑެލި ޖަހާފައި ހުރި ދެ މިލިއަން ޔުއާން އެވެ.
ސައުތު ޗައިނާ މޯނިންގް ޕޯސްޓުން ބުނީ މިއީ އައިޓީ މަސައްކަތްކުރާ ޒުވާން ފިރިހެނެއްގެ ބްރީފްކޭހެއްކަން ހޯދިފައިވާ ކަމަށެވެ. ފޮށި ފެނުނު ދުވަހުގެ ކުރީ ރޭ އެ ފިރިހެން މީހާ ދެ އަންހެނަކާ އެކު ކެފޭ އަށް ވަނީ އެ ފޮށި ހިފައިގެން ކަމަށްވެ އެވެ. އެ ދެ އަންހެނުންގެ ތެރެއިން އެކަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ އެވެ. ކުރީގެ ލޯބިވެރިޔާ އަށް ފައިސާ ދިނީ "ބްރޭކް-އަޕް ފީ" ގެ ގޮތުގައި ކަމަށާއި ކަމަށް ވިޔަސް އެ ފައިސާ މަދު ކަމަށް ބުނެ ފައިސާ ގަބޫލު ނުކުރީ އެވެ.
ފިރިހެން މީހާ ވަނީ ބްރީފްކޭސް ބަލައި ފަހުން ކެފޭ އަށް އައިސްފަ އެވެ. އެއީ ފައިސާ މަދު ކަމުން އެއާ ހަވާލުނުވާ ކަމަށް ނޯޓެއް އޮތުމުންނެވެ.
ދިން ފައިސާ މާ މަދު ކަމަށް ބުނި އަންހެން މީހާ ގްލޯބަލް ޓައިމްސް އަށް ބުނެފައިވާ ގޮތުގައި އޭނާ އެ ބޭނުން ނުކުރާ ކަމަށާއި ކެފޭގައި ބެހެއްޓިކަން ފިރިހެން މީހާ އަށް ފޯނުކޮށްފައި އެންގީ އެވެ.
ރުޅި ވުމަށް ފަހު ލޯބިވެރިޔާ އަށް ބަދަލުގައި ފައިސާ ދިނުމަކީ ހިނި އަންނަ ޒާތުގެ ކަމަކަށް ވިޔަސް މިއީ ޗައިނާގައި ކޮށް އުޅޭ ކަމެކެވެ.
ދުނިޔޭގެ އެންމެ ދުވަސްވީ ޕެންޑާ މަރުވެއްޖެ
އަންހެނަކަށް ވަރީގެ ބަދަލަށް ދިނީ މަސައްކަތުގެ އަގު
ގެއްލުނު ދަރިފުޅު 32 އަހަރު ފަހުން ފެނިއްޖެ
ލޯބިވެރިޔާ ރުޅިވުމުން ގޭ ދޮރުމައްޗަށް 1 ޓަނު ފިޔާ
ކޮވިޑް-19 އާ އެކު ޗައިނާގައި ވަރި ގިނަވަނީ
ފޯނެއް ގަނެ ނުދީގެން ލޯބިވެރިޔާ އަށް އަނިޔާކޮށްފި
ދިރޭ ބޯވައެއް ކާލަން އުޅެނިކޮށް މޫނުގައި ތަތްކޮށްލައިފި
ކުރީގެ ލޯބިވެރިޔާ ކައިވެނި ހަފުލާގައި އާދޭސްކޮށްފި
މޭވާ ޖޫސް އިންޖެކްޓްކުރި މީހަކު މަރުނުވީ ކިރިޔާ
ލޯބިވާ ވަރު ޓެސްޓްކުރަން އުޅެނިކޮށް އެކްސިޑެންޓްވެއްޖެ