27 މެއި 2019
ޗައިނާގެ ޒުވާން އަންހެނަކު އޭނާ އަށް ސްމާޓްފޯނެއް ގަނެނުދީގެން އެތައް ބައެއްގެ ކުރިމަތީގައި ލޯބިވެރިޔާގެ ކަންކަށިމަތީގައި 52 ފަހަރު ޖަހައި އަނިޔާކޮށްފި އެވެ.
ޗައިނާގެ ޒުވާން އަންހެނަކު އޭނާ އަށް ސްމާޓްފޯނެއް ގަނެނުދީގެން އެތައް ބައެއްގެ ކުރިމަތީގައި ލޯބިވެރިޔާގެ ކަންކަށިމަތީގައި 52 ފަހަރު ޖަހައި އަނިޔާކޮށްފި އެވެ.
އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ޗައިނާގައި މި އަހަރު ލޯބިވެރިންގެ ދުވަހު (520) ގެ ގޮތުގައި ފާހަގަކުރި މި މަހުގެ 20 ވަނަ ދުވަހު އެވެ. އަންހެން މީހާ، ލޯބިވެރިޔާގެ ކަންކަށިމަތީގައި ޖަހާ ވީޑިއޯ ވެސް އާންމުވެ، ވައިރަލްވެފައިވާ އިރު މިކަމެއް ހިނގާ އިރު ކުޅިލަބަން އެތައް ބަޔަކު އެ މީހުން ވަށާލައިގެން ވެސް ތިބެ އެވެ.
ލޯބިވެރިޔާގެ ކަންކަށިމަތީގައި 52 ފަހަރު ޖަހާ މަންޒަރު ވީޑިއޯ އިން ނުނެފުނު ނަމަވެސް، މަންޒަރު ދުށް ބައެއް މީހުން މީޑިއާތަކަށް ކިޔައި ދިން ގޮތުގައި ފިރިހެން މީހާ އަށް ދިމާއަށް އަންހެން މީހާ ހަޅޭއްލަވައި، 52 ފަހަރު ޖެހި އެވެ. މިކަމާ ގުޅިިގެން ގިނަ މީހުން ބުނީ އަނިޔާ ލިބުނީ ވަރަށް ކެތްތެރި މީހަކަށް ކަމަށެވެ.
މީޑިއާތަކުން ބުނީ އާންމުންގެ ތެރޭގައި އަދަބު ކުޑަ ގޮތަކަށް އަންހެން މީހާ އަމަލުކުރި މައްސަލާގައި ފުލުހުން އެ ސަރަހައްދަށް ގޮސް އަންހެން މީހާ ހައްޔަރު ވެސް ކުރަން އުޅުނު ކަމަށެވެ. އަދި އެކަން ހުއްޓުވަން ފިރިހެން މީހާ މަސައްކަތް ވެސް ކުރި އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އެ ދެ މީހުން ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް، އާންމުންގެ ތެރޭގައި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ނަސޭހަތް ދީ ފޮނުވާލީ އެވެ.
ފިރިހެން މީހާ ބުނި ގޮތުގައި ލޯބިވެރިޔާ އަށް ފޯނެއް ގަނަދޭން ބޭނުންވި ނަމަވެސް މި ފަހަރު އެކަން ނުކުރެވުނީ ފައިސާގެ ދަތިކަމާ ހުރެ އެވެ. އޭނާ ބުނީ ލޯބިވެރިޔާ ވަރަށް ހަރަދު ބޮޑު ކަމަށެވެ.
އަންހެނަކަށް ވަރީގެ ބަދަލަށް ދިނީ މަސައްކަތުގެ އަގު
ގެއްލުނު ދަރިފުޅު 32 އަހަރު ފަހުން ފެނިއްޖެ
ލޯބިވެރިޔާ ރުޅިވުމުން ގޭ ދޮރުމައްޗަށް 1 ޓަނު ފިޔާ
ކޮވިޑް-19 އާ އެކު ޗައިނާގައި ވަރި ގިނަވަނީ
ލޯބިވެވުނު މީހާ ދެކޭ ހިތުން ވަޒީފާ ވެސް ދޫކޮށްލައިފި
ލޯބިވަނީ މީ ކީއްވެހޭ؟ ހިތުން ނުފިލަނީ ކީއްވެހޭ؟
ލޯބިވާ މީހާ ދޫކޮށް މޫވް އޮން ކުރާނީ ކިހިނެއް؟
ޗައިނާގެ އާ ސްމާޓް ފޯނުގެ ހަގީގަތް އެމެރިކާ ހޯދަނީ
ރާކީ އާ ފެށުމަކަށް، އާ ލޯބިވެރިޔަކު ހޯދައިފި
ލޯބިވެރިންނަށް ދޯކާދިން ކަމަށް ރަންބީރު އެއްބަސްވެއްޖެ