Roadha Mihaaru
މޭވާ ޖޫސް އިންޖެކްޓްކުރި މީހަކު މަރުނުވީ ކިރިޔާ

ހަށިގަނޑަށް މޭވާ ޖޫސް އިންޖެކްޓްކުރި މީހަކު މަރުނުވީ ކިރިޔާ

24 މާޗް 2019

ޗައިނާ މީހަކު، ސިއްހަތު ރަނގަޅުވާނެ ކަމަށް ހީކޮށް، ހަށިގަނޑަށް މޭވާ ޖޫސް އިންޖެކްޓްކުރުމުން ފުރަމެޔާއި ހިތާއި ކިޑްނީ އަދި ފުއްޕާމެޔަށް ބޮޑެތި ގެއްލުންތަކެއްވެ އައިސީޔޫގައި ފަރުވާ ދޭން ޖެހިއްޖެ އެވެ.

ޗައިނާ މީހަކު، ސިއްހަތު ރަނގަޅުވާނެ ކަމަށް ހީކޮށް، ހަށިގަނޑަށް މޭވާ ޖޫސް އިންޖެކްޓްކުރުމުން ފުރަމެޔާއި ހިތާއި ކިޑްނީ އަދި ފުއްޕާމެޔަށް ބޮޑެތި ގެއްލުންތަކެއްވެ އައިސީޔޫގައި ފަރުވާ ދޭން ޖެހިއްޖެ އެވެ.

އުމުރުން 51 އަހަރުގެ މި އަންހެން މީހާ ހަށިގަނޑަށް ފޮނުވި މޭވާ ޖޫހުގައި 20 މޭވާއެއްގެ އަސަރު ހުރި ކަމަށް، އެ މީހާ އަށް ފަރުވާ ދިން އެފިލިއޭޓެޑް ހޮސްޕިޓަލް އޮފް ޝިއަންގަން އިން ބީބީސީ އަށް ކިޔައިދިނެވެ.

މި ހާދިސާ އަށް ފަހު ޗައިނާގެ ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ދެކެވެނީ، ސިއްހީ އެންމެ އަސާސީ ކަންކަމާ މެދު ވެސް އާންމުންގެ ހޭލުންތެރިކަން އެ ގައުމުގައި ކުޑަ ކަމުގެ ވާހަކަ އެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި އަންހެން މީހާގެ ގަޔަށް މޭވާ އިންޖެކްޓްކުރުމާ އެކު ގައި ކަހައި ހަށިގަނޑުން ހޫނު އަރަން ފެށީ އެވެ.

އޭގެ ފަހުން ހާލު ބޮޑުވެ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ މީހާ އަށް އައިސީޔޫގައި ފަރުވާ ދޭން ފެށި އެވެ. ހޮސްޕިޓަލުން ދޫކޮށްލީ އައިސީޔޫގައި ބާއްވައިގެން ފަރުވާ ދީ ހަމަޔަކަށް އެޅުވުމަށް ފަހު އޭގެ ފަހުން ވެސް ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި ބޭއްވުމަށް ފަހުގަ އެވެ.