27 ޑިސެމްބަރ 2022
ކޮވިޑް-19ގެ ވަބާ އިން ރައްކާތެރިވުމުގެ ގޮތުން މުޅި ގައުމު ފުރަބަންދުކޮށްގެން ތިން އަހަރު އޮތުމަށް ފަހު، ބޯޑަރުތައް ހުޅުވާލައި އާންމު ދަތުރުފަތުރުތައް ފެށުމަށް އިއްޔެ ޗައިނާ އިން ނިންމައިފި އެވެ.
ކޮވިޑް-19ގެ ވަބާ އިން ރައްކާތެރިވުމުގެ ގޮތުން މުޅި ގައުމު ފުރަބަންދުކޮށްގެން ތިން އަހަރު އޮތުމަށް ފަހު، ބޯޑަރުތައް ހުޅުވާލައި އާންމު ދަތުރުފަތުރުތައް ފެށުމަށް އިއްޔެ ޗައިނާ އިން ނިންމައިފި އެވެ.
އެ ގޮތުން ޗައިނާ އިން މިހާރު ނިންމާފައިވަނީ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ކުރިން އަޅަމުން އައި އެންމެ މުހިންމު ފިޔަވަޅު ކަމަށްވާ، އެ ގައުމަށް އެތެރެވާ މީހުން ކަރަންޓީނުގައި ތިބުން، މިފެށޭ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނައުމަށެވެ. ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ޗައިނާ އިން ތަންފީޒު ކުރަމުން އައި، ޒީރޯ-ކޮވިޑް ސިޔާސަތުތަކަށް އަމަލުކުރުން ހުއްޓައިލުމުން، މިހާރު މެދުކަނޑާލާފައިވާ ވިސާތައް، އެ ތާރީޚުން ފެށިގެން އަލުން ދޫކުރަން ފަށާނެ އެވެ.
ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން، އަލުން ދޫކުރަން ފަށާ ވިސާތަކުގެ ތެރޭގައި މަސައްކަތް ކުރުމުގެ ވިސާ އާއި ކިޔެވުމުގެ ވިސާގެ އިތުރުން، އާއިލާ މީހުންގެ ގާތަށް ޒިޔާރަތް ކުރުމުގެ ވިސާ ހިމެނެ އެވެ. ނަމަވެސް ޓޫރިސްޓު ވިސާއާ މެދު ޗައިނާ ސަރުކާރުން ނިންމި ގޮތެއް އަދި ސާފެއް ނުވެ އެވެ. ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން، މި ވިސާތައް ދޫކުރުން މެދުކަނޑައިލުމުން، ޗައިނާ އަށް އެތެރެވާން ބޭނުންވި އެތައް މިލިއަން ބަޔަކު ޗައިނާ އަށް ދެވޭނެ ގޮތެއް ނެތި ތިބޭތާ ތިން އަހަރުވީ އެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރެއިން، އެ ގައުމަށް އެތެރެވާ މީހުން، ޗައިނާ ސަރުކާރުން ކަނޑައަޅާ ވަކި ތަނެއްގައި ކަރަންޓީނުވާންޖެހޭ ގޮތަށް ހަމަޖެއްސީ މާޗް 2020ގަ އެވެ. އެ އުސޫލުގެ ދަށުން، އެ ތާރީޚުގެ ފަހުން ޗައިނާއަށް އެތެރެވާ ކޮންމެ މީހަކު ތިން ހަފުތާގެ މުއްދަތަށް ކަރަންޓީނުގައި ހުރުމަށް ފަހުގައި ނޫނީ، ޗައިނާ އަށް އެތެރެ ނުވެވޭނެ އެވެ.
ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ދޭން ފެށި ލުއިތަކުގެ ތެރެއިން، ކަރަންޓީނުގައި ހުންނަން ޖެހޭ މުއްދަތު، ދާދި ފަހަކުން ވަނީ ފަސް ދުވަހަށް މަދުކޮށްފަ އެވެ. ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން، ޗައިނާ އިން ބަލަމުން އަންނާނީ ކޮވިޑަކީ "ބީ" ދަރަޖައިގެ ބައްޔެއްގެ ގޮތުގަ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ޗައިނާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޗައިނާގެ އެކި ސަރަހައްދުތަކުގައި ވަނީ މުޒާހަރާތައް ބާއްވައި ހަމަނުޖެހުން ހިންގައިފަ އެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން، ޗައިނާ ސަރުކާރުން ވަނީ، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ދޫކޮށްލައިފަ އެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް ބޯޑަރުތައް އޮތީ ހުޅުވައިނުލަ އެވެ. އަންނަ ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން ބޯޑަރުތައް ހުޅުވައިލަން ނިންމާފައިވާ އިރު، ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ދޫކޮށްލުމާ އެކު، ޗައިނާގައި ކޮވިޑް ފެތުރޭ މިންވަރު ދަނީ ދުވަހުން ދުވަހަށް މަތިވަމުންނެވެ.
ޗައިނާ އިން ލިބޭ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑް ޖެހިގެން އެޑްމިޓްކޮށް ފަރުވާ ދޭންޖެހޭ މުސްކުޅިންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވެ، ބައެއް ސަރަހައްދުތަކުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ފުރިފަ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށްވެ އެވެ.
ޗައިނާ ސަރުކާރުން އެންމެ ފަހުން އާންމުކުރި ރަސްމީ މައުލޫމާތަށް ބަލާއިރު، މިދިޔަ ހުކުރު ދުވަހު ވެރިރަށް ބެއިޖިންގުން އެކަނިވެސް 4000 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެހެން ނަމަވެސް މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ދެމެދު، ކޮވިޑް ބަލީގައި އެއްވެސް މީހަކު މަރުނުވާ ކަމަށް ވެސް އެމައުލޫމާތުތައް ބުނެ އެވެ.
ނަމަވެސް ބައެއް މަސްދަރުތަކާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން، ޗައިނާގެ ބައެއް ސަރަހައްދުތަކުގައި މިހާރުވެސް ވަނީ ކޮވިޑްގެ މައްސަލަ ކޮންޓްރޯލުން ނެއްޓިފަ އެވެ. ވެރިރަށް ބެއިޖިންގްއާއި ޝަންހާއީ ފަދަ ބޮޑެތި ބައެއް ސަހަރުތަކުން ހުމުގެ ބޭހާއި ރޯގާގެ ބޭސްތައް މިހާރުވެސް ނުލިބޭ ކަމަށްވެ އެވެ.
ކޮވިޑް ކޮންޓްރޯލުން ނެއްޓި ބެއިޖިން ފަޅުކަމެއްގައި
ބޭރުގެ ޓޫރިސްޓުންނަށް ޗައިނާ ހުޅުވައިލަނީ
ކޮވިޑްގައި ޑިސެމްބަރުން ފެށިގެން 60000 މަރު
ހެނާން ޕްރޮވިންސެއްގެ 90 ޕަސެންޓް މީހުން ކޮވިޑްގައި
ކޮވިޑްގެ ފިޔަވަޅުތައް ދޫކުރުމުން ގިނަ ބަޔަކު މަރުވެދާނެ
އޮށޯވެ ތިބެގެން ކޮވިޑް ކޮންޓްރޯލެއް ނުކުރެވޭނެ: ޗައިނާ
ޗައިނާގެ ވެކްސިން ޖެހި މީހުންނަށް ކޮވިޑުގެ ވޭން މާބޮޑު
ޑެލްޓާ ބާވަތުގެ ވައިރަހާ އެކު އޭޝިޔާގެ ހާލަތު ގޯސްވަނީ
70 ޕަސެންޓް މީހުން ސިނޮފޯމްގެ ދެވަނަ ޑޯޒް ނުޖަހާ
ސައިނޯފާމްގެ ދެ ވަނަ ޑޯޒް ދޭނީ ހަތަރު ހަފުތާ ފަހުން