13 އޮކްޓޯބަރ 2022
ކޮވިޑް ފެތުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައި، "އޮށޯވެލައިގެން ތިބެގެން ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ނުވާނެ" ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ.
ކޮވިޑް ފެތުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައި، "އޮށޯވެލައިގެން ތިބެގެން ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ނުވާނެ" ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ.
ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީގެ ރަސްމީ ނޫސް، ޕީޕަލްސް ޑެއިލީގެ އިއްޔެގެ އަދަދުގައި ލިޔެފައިވާ ގޮތުން، ޗައިނާގައި ކޮވިޑާ ދެކޮޅަށް އަދިވެސް ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. ގައުމުގެ އެތެރޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލުން ނެއްޓިގެން ދިޔަ ނުދިނުމަށްޓަކައި، ކޮވިޑާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އެ ގޮތުގައި ދަމަހައްޓާނެ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
ޗައިނާގެ ގައުމީ ދުވަހާ ގުޅިގެން ޗުއްޓީގެ ގޮތުގައި ފާހަގަކުރި "ރަން ހަފުތާ" އަށް ފަހު، ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ. ޗުއްޓީ ދުވަސްތަކަކަށް ވުމުން، ގިނަ ބަޔަކު އެއް ސަހަރުން އަނެއް ސަހަރަށް ދަތުރުކުރުން އިތުރުވެފައިވާތީ އާއި މި މަހުގެ 16 ވަނަ ދުވަހު ފަށާ، ކޮމިޔުނިސްޓް ޕާޓީގެ ކޮންގްރެސްގެ ބައްދަލުވުންތަކަށް މަގު ފަހިކުރުމުގެ ގޮތުން، ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތް ވަނީ އިތުރުކޮށްފަ އެވެ.
މި ފަހަކަށް އައިސް ޗައިނާގެ ބޮޑެތި ސަހަރުތަކުގައި ވަނީ، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެ ގޮތުން ވެރިރަށް ބޭޖިންގްއާއި ޝަންހާއީ ފަދަ ބައި ބޯ ސަހަރުތަކުގައި މިހާރުވަނީ، ކޮވިޑަށް ޓެސްޓްކުރުން އިތުރުކޮށްފަ އެވެ.
މިހާރު އެންމެ ހަލުވިކަމާ އެކު ކޮވިޑް ފެތެރެމުންދާ އެހެން ގައުމުތަކާ އަޅައި ޗައިނާގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް މިހާރު ހުރީ ވަރަށް ދަށުގަ އެވެ. ނަމަވެސް، އެ އަދަދުތައް މަދުވުމަކީ، ކޮވިޑް ކޮންޓްރޯލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ނުބަލައި، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ޗައިނާ ސަރުކާރުން އަންނަނީ އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.
ކޮމިޔުނިސްޓް ޕާޓީގެ ކޮންގްރެސް ފެށޭއިރު، ކޮވިޑްގެ އަދަދުތައް ދަށް ކުރުމަށް ޗައިނާ ސަރުކާރުން މަސައްކަތް ކުރަމުން އަންނަތާ މަސްތަކެއް ވެއްޖެ އެވެ. އެ ކޮންގްރެސްގައި ރައީސް ޝީ ޖިންޕިންގް އިތުރު ރިއާސީ ދައުރަކަށް އައްޔަންކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ރައީސް ޝީއަކީ މިހާރު ވެސް ޗައިނާގެ އެންމެ ނުފޫޒު ގަދަ ތިން މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ކޮމިޔުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުން އޭނާއަކީ އެ ޕާޓީގެ އެންމެ އިސް ވެރިޔާ އެވެ. ޗައިނާގެ ރައީސްގެ ހައިސިއްޔަތުން އޭނާ އަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އެވެ. ޗައިނާގެ މަރުކަޒީ އަސްކަރީ ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން އޭނާއަކީ ޗައިނާގެ އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރެވެ.
ކޮވިޑްގެ ފިޔަވަޅުތައް ދޫކުރުމުން ގިނަ ބަޔަކު މަރުވެދާނެ
ކޮވިޑް ކޮންޓްރޯލުން ނެއްޓި ބެއިޖިން ފަޅުކަމެއްގައި
ކޮވިޑްގެ އަސްލު ވައިރަސް މިހާރަކު ނުފެނޭ
ބޭރުގެ ޓޫރިސްޓުންނަށް ޗައިނާ ހުޅުވައިލަނީ
ކޮވިޑްގައި ޑިސެމްބަރުން ފެށިގެން 60000 މަރު
ހެނާން ޕްރޮވިންސެއްގެ 90 ޕަސެންޓް މީހުން ކޮވިޑްގައި
ޗައިނާގެ ދަތުރުވެރިންނަށް ފިޔަވަޅުތައް ވަރުގަދަކުރަނީ
ތިން އަހަރަށް ފަހު ޗައިނާ ހުޅުވައިލަނީ
ދެ އަހަރަށް ފަހު ހޮންގްކޮންގް ހުޅުވައިލަނީ
އެމެރިކާއިން ކޮވިޑްގެ ވަބާއީ ހާލަތު ފިލައިފި: ބައިޑެން