20 ޑިސެމްބަރ 2022
ކޮވިޑް-19 ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޗައިނާގައި އަޅަމުން އައި ހަރުކަށި ފިޔަވަޅުތައް ދޫކޮށްލާފައިވާތީ، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ބަލީގައި މިލިއަނެއްހާ މީހުން މަރުވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ކޮވިޑް-19 ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޗައިނާގައި އަޅަމުން އައި ހަރުކަށި ފިޔަވަޅުތައް ދޫކޮށްލާފައިވާތީ، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ބަލީގައި މިލިއަނެއްހާ މީހުން މަރުވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ހޮންކޮންގް ޔުނިވަސިޓީގެ ތިން ޕްރޮފެސަރަކު ބައިވެރިވެގެން ކުރި އެ ދިރާސާގައި ބުނެފައިވާ ގޮތުގައި، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅަމުން އައި ހަރުކަށި ފިޔަވަޅުތައް، ދުރާލައި ތައްޔާރުނުވެ ކުއްލިއަކަށް ދޫކޮށްލުމުން އެ ބަލި ޖެހި ހާލު ބޮޑުވެގެން ގިނަ އަދަދެއްގެ ބަޔަކު މަރުވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. އަދި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ އަދަދު މިލިއަނަކަށް އެރުން އެކަށީގެންވާ ކަމަށް ވެސް، މިދިޔަ ހަފުތާގައި ޝާއިއުކުރި ދިރާސާގައިވެ އެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އަޅަމުން އަންނަ ފިޔަވަޅުތަކަކީ، އެ ބަލި ފެތުރޭ ސަރަހައްދުތައް ފުރަބަންދުކުރުމެވެ. އޭގެ އިތުރުން އެ ބަލި ޖެހޭ މީހުން އާންމުންނާ ވަކިކޮށް ކަރަންޓީނު ކުރުމާއި، ވީހާ ގިނަ މީހުން ޓެސްޓު ކުރުމާއި، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމެވެ.
ބޮޑު ޚަރަދެއް ހިނގާ މި ފިޔަވަޅުތައް އެޅުން މި މަހުގެ ކުރީކޮޅުން ފެށިގެން ޗައިނާ ސަރުކާރުން ހުއްޓައިލީ، އެ ފިޔަވަޅުތަކުގެ ސަބަބުން އާންމުންގެ ވިޔަފާރިތައް ހީނަރުވެ އާންމު ދިރިއުޅުމަށް ދަތިވާ ކަމަށް ބުނެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފެށުމުންނެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅަމުން އައި ފިޔަވަޅުތައް ހުއްޓައިލީ، އެ ފިޔަވަޅުތައް ދޫކޮށްލާނެ ގޮތުގެ އެއްވެސް ރޭވުންތެރިކަމެއް ނެތި، އަދި އެ ފިޔަވަޅުތަކަށް ލުއި ދޭނެ ވަކި ގޮތްތަކެއް ވެސް ކަނޑަނާޅައި ކަމަށްވާތީ، ބަލި ފެތުރުން ވަރަށް ބޮޑަށް އިތުރުވާނެ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ދެވިފައިވާ އަދަދު ނިސްބަތުން ދަށް ކަމަށްވާތީ، ބަލީގައި ހާލު ބޮޑުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބަ އޮތެވެ.
އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލުތަކުގެ އައިސީޔޫތައް ފުރި، ގައުމުގެ ސިއްހީ ނިޒާމަށް ބާރު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިހާރުގެ ހާލަތަށް ބަލާއިރު، ރައްކާތެރި ކަމުގެ އިތުރު ފިޔަވަޅުތަކެއް ނާޅައި ގައުމުގެ ހުރިހާ ސަރަހައްދުތަކެއް ދާޚިލީ ގޮތުން ހުޅުވާލައިފި ނަމަ، ކޮންމެ އެއް މިލިއަން މީހަކުން 684 މީހަކު މަރުވާނެ ކަމަށް ވެސް އެ ދިރާސާގައި ލަފާކޮށްފައިވެ އެވެ.
ޗައިނާގެ މިހާރުގެ އާބާދީއަކީ 1.4 ބިލިއަން މީހުން ކަމަށްވާތީ، ކޮވިޑް ބަލީގައި އެ ނިސްބަތުން މީހުން މަރުވާ ނަމަ، އަހަރެއްގެ ތެރޭގައި 964 ހާސް މީހުން މަރުވާނެ އެވެ. އަދި މިހާރު ބަލި ފެތުރެމުންދާ ނިސްބަތަށް ބަލާއިރު، ހުރިހާ ޕްރޮވިންސްތަކެއް އެކުގައި ހުޅުވާލައިފި ނަމަ، ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ ނިސްބަތް މިހާރަށް ވުރެ ދެ ގުނަ އިތުރުވެގެންދާނެ އެވެ.
އޭގެ އިތުރުން އެ ދިރާސާގައި ބުނެފައިވާ ގޮތުގައި ފިޔަވަޅުތައް އެކުގައި ދޫކޮށްލި ނަމަވެސް، ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ގިނަ ބަޔަކު ޖަހައި، ކޮވިޑާ ދެކޮޅަށް ބޭނުންކުރާ ބޭސްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިފި ނަމަ، ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ އެވެ.
ކޮވިޑް ކޮންޓްރޯލުން ނެއްޓި ބެއިޖިން ފަޅުކަމެއްގައި
އޮށޯވެ ތިބެގެން ކޮވިޑް ކޮންޓްރޯލެއް ނުކުރެވޭނެ: ޗައިނާ
ކޮވިޑްގެ އަސްލު ވައިރަސް މިހާރަކު ނުފެނޭ
ބޭރުގެ ޓޫރިސްޓުންނަށް ޗައިނާ ހުޅުވައިލަނީ
ކޮވިޑްގައި ޑިސެމްބަރުން ފެށިގެން 60000 މަރު
ހެނާން ޕްރޮވިންސެއްގެ 90 ޕަސެންޓް މީހުން ކޮވިޑްގައި
ޗައިނާގެ ދަތުރުވެރިންނަށް ފިޔަވަޅުތައް ވަރުގަދަކުރަނީ
ތިން އަހަރަށް ފަހު ޗައިނާ ހުޅުވައިލަނީ
ދެ އަހަރަށް ފަހު ހޮންގްކޮންގް ހުޅުވައިލަނީ
އެމެރިކާއިން ކޮވިޑްގެ ވަބާއީ ހާލަތު ފިލައިފި: ބައިޑެން