Roadha Mihaaru
މެކެންޒީ ބެޒޯސް އެންމެ މުއްސަނދި އަންހެނުންގެ ލިސްޓަށް

މެކެންޒީ ބެޒޯސް އެންމެ މުއްސަނދި އަންހެނުންގެ ލިސްޓަށް އަރައިފި

07 އެޕްރީލް 2019

ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ އަންހެނުންނަށް ނުވުމަކުން މެކެންޒީ ބެޒޯސް އަށް މާ ބޮޑު ތަފާތެއް ނެތެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ އަންހެނުންނަށް ނުވުމަކުން މެކެންޒީ ބެޒޯސް އަށް މާ ބޮޑު ތަފާތެއް ނެތެވެ.

ދެ މީހުންގެ 25 އަހަރުވީ ކައިވެނި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ރޫޅައިލަން ނިންމިކަން އިއުލާން ކުރުމަށް ފަހު، ބަދަލުގެ ގޮތުގައި މެކެންޒީ އަށް ލިބެން ޖެހޭ އެއްޗެއް ލިބި، ކައިވެނީގެ މައްސަލަ މިހާރު ވަނީ ސުލްހަވެރިކަމާ އެކު ދެ ފަރާތް އެއްބަސްވެވޭ ގޮތަކަށް ނިންމާލައިފަ އެވެ. އެ ވާހަކަ މެކެންޒީ އާއި ޖެފް ވަނީ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ.

މެކެންޒީ މިހާރުވެފައި ވަނީ ބަދަލުގެ ގޮތުގައި ލިބުނު ތަނަވަސްކަމާ އެކު ދުނިޔޭގައި މި ވަގުތު ތިން ވަނަ އަށް އެންމެ މުއްސަނދި އަންހެނާއަށެވެ.

މި ވަގުތު ދުނިޔޭގެ އެންމެ މުއްސަނދި އަންހެނަކީ ފްރާންސްގެ ލޯރިއަލް ކުންފުނީގެ ވެރިޔާ ފްރެންކޮއިޒް ބެޓެންކޯޓް މީޔާޒެވެ. އޭނާގެ މިލްކިއްޔާތަކީ 46.5 ބިލިއަން ޑޮލަރެވެ. ދެވަނަ އަށް އެންމެ މުއްސަނދި އަންހެނަކީ މިލްކިއްޔާތުގައި 41.5 ބިލިއަން ޑޮލަރު ހުރި އެމެރިކާގެ ރިޓެއިލް ކުންފުނި ވޯލްމާޓްގައި ހިއްސާވާ އެލީސް ވަލްޓަން އެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި އެމެޒޯންގެ 25 ޕަސަންޓް ހިއްސާ މެކެންޒީ އަށް ދީފައިވާ އިރު، އޭނާގެ މިލްކިއްޔާތު މިހާރު ވަނީ ބިލިއަނަށް އަރައިފަ އެވެ. އެމެޒޯންގެ 75 ޕަސަންޓް ޖެފް ހިއްސާ ކުރާ އިރު، އޭނާގެ މިލްކިއްޔާތު 150 ބިލިއަން ޑޮލަރަށް އަރާ ކަމަށް ފޯބްސް އިން ބުންޏެވެ.

ޖެފް އާއި މެކެންޒީ ވަރިވާން ނިންމިކަން ޖެނުއަރީ 9 ވަނަ ދުވަހު ޓްވިޓާގައި ހިއްސާ ކުރި އިރު، އެ ކައިވެންޏަށް ހަތަރު ދަރިން ލިބިފައިވެ އެވެ.

އޭރު ދެ މީހުން ބުނީ ކައިވެނި ރޫޅައިލަން ނިންމީ އަމިއްލަ އަށް އެއްބަސްވެގެން ކަމަށާއި އެ ގުޅުން ނިމުމަކަށް އަޔަސް ކުރިއަށް އޮތް ތަނުގައި ވެސް ދަރިންގެ ބެލެނިވެރިންގެ ގޮތުގަ އާއި ގާތް ދެ ރަހުމަތްރިންގެ ގޮތުގައި ދެމިތިބޭނެ ކަމަށެވެ.