Roadha Mihaaru
ބޮޑު މަހުޖަނު 500 މިލިއަން ޑޮލަރުގެ ޔޮޓެއް ގަނެފި

އެންމެ ބޮޑު މަހުޖަނު 500 މިލިއަން ޑޮލަރުގެ ޔޮޓެއް ގަނެފި

13 މެއި 2021

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް 500 މިލިއަން ޑޮލަރުގެ ސުޕަޔޮޓެއް ގަނެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް 500 މިލިއަން ޑޮލަރުގެ ސުޕަޔޮޓެއް ގަނެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބްލޫމްބާގް އިން ބުނެފައިވާ ގޮތުގައި ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ އޯޝެންކޯ އިން ގަތް މަތީ ފަންތީގެ ޔޮޓަކީ ފުޓްބޯޅަ ދަނޑެއް ވަރުގެ އެއްޗެކެވެ. އެންމެ މަތީ ފަންތީގެ ރިސޯޓަކުން ލިބޭނެ ހުރިހާ ލަގްޒަރީ ހިދުމަތްތަކެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ 417 ފޫޓްގެ ޔޮޓްގައި ހެލިޕެޑަކާ އެކު ސަޕޯޓިން އިތުރު އުޅަނދުތަކެއް ވެސް ހިމެނެ އެވެ.

ބްލޫމްބާގް އިން ބުނި ގޮތުގައި ޔޮޓްފަހަރު ބަންނަ ނެދަލޭންޑްސްގެ އެންމެ ވަރުގަދަ ކުންފުނި އޯޝެންކޯއާ ގުޅިގެން ބަންނަ ގިނަ ޑެކްތަކާއި ބިޔަ ތިން މާސްޓް ހުންނާނެ ޔޮޓްގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އެއްކޮށް ނިމޭނެ އެވެ. އަދި "ޕްރޮޖެކްޓް ވައި 721" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއަކީ އޯޝަންކޯ އިން މިހާތަނަށް ބަންނަ އެންމެ ބޮޑު ޔޮޓް ކަމަށް ވެސް ބުންޏެވެ.

ބްލޫމްބާގުން ބުނެފައިވާ ގޮތުގައި މި ސުޕަޔޮޓަށް ބެޒޯސް އޯޑަރުކުރެއްވީ މީގެ ދެ އަހަރު ކުރިންނެވެ.

ޔޮޓް ދަތުރުތަކަށް ވަރަށް ލޯބިކުރައްވާ ބެޒޯސް، 57، ގެ މިލްކިއްޔާތު 191 ބިލިއަން ޑޮލަރަށް އަރަ އެވެ. އޮންލައިން ވިޔަފާރީގައި ރަސްކަންކުރާ އޭނާގެ އެމެޒޯންގެ އަކީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އެންމެ ބޮޑު އާމްދާނީއެއް ލިބުނު ކުންފުނި ވެސް މެ އެވެ. އެގޮތުން މިދިޔަ އަހަރު ކުންފުންޏަށް 75 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

މީގެ ދެ އަހަރު ކުރިން 25 އަހަރުވީ ކައިވެނި ރޫޅައިލި ބެޒޯސް މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ލޯރެން ސަންޗޭޒް ކިޔާ މީހަކާ އެވެ.