08 ޖޫން 2020
މަޝްހޫރު އޮންލައިން ފިހާރަ އެމެޒޯންގެ އޮންލައިން ފޮތް ފިހާރަ އެމެޒޯންގެ ކިންޑްލް އިން ލިޔުންތެރިޔަކު ކޮވިޑް-19އާ ގުޅޭ ގޮތުން ލިޔުނު ފޮތެއް ގަބޫލުނުކުރި ކަމަށް ބުނެ އޭގެ ލިޔުންތެރިޔާ ފާޅުކުރި ހިޔާލަކާ ގުޅިގެން އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްއާ ދެކޮޅަށް ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ނިކުމެއްޖެ އެވެ.
މަޝްހޫރު އޮންލައިން ފިހާރަ އެމެޒޯންގެ އޮންލައިން ފޮތް ފިހާރަ އެމެޒޯންގެ ކިންޑްލް އިން ލިޔުންތެރިޔަކު ކޮވިޑް-19އާ ގުޅޭ ގޮތުން ލިޔުނު ފޮތެއް ގަބޫލުނުކުރި ކަމަށް ބުނެ އޭގެ ލިޔުންތެރިޔާ ފާޅުކުރި ހިޔާލަކާ ގުޅިގެން އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްއާ ދެކޮޅަށް ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ނިކުމެއްޖެ އެވެ.
ބެޒޯސް އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ އެވެ. ބިލިއަނަރުންގެ ތެރޭގައި ހިމެނޭ އީލޮން އަކީ ޓެސްލާ ކުންފުނީގެ ވެސް ވެރިޔާ އެވެ.
ބެޒޯސްއާ ދެކޮޅަށް އީލޮން ނުކުމެ ޓްވީޓްކުރަން ފަށާފައި ވަނީ ކިންޑްލްގެ ހަރުގަނޑަށް ލާން ފޮނުވި އެލެކްސް ބެރެންސަން ލިޔުނު އީ-ބުކް "އަންރިޕޯޓެޑް ޓުރުތުސް އެބައުޓް ކޮވިޑް-19 އެންޑް ލޮކްޑައުންސް ޕާޓް 1" އެމެޒޯންގެ ގައިޑްލައިންތަކަށް ނުފެތޭ ކަމަށް ބުނެ އެ ފޮތް ވިއްކައިދޭން ދެކޮޅު ހެދި ކަމަށް ބުނެ ލިޔުންތެރިޔާ ކުރި ޓްވީޓްތަކަކާ ގުޅިގެންނެވެ.
Time to break up Amazon. Monopolies are wrong!
— Elon Musk (@elonmusk) June 4, 2020
އޭނާ ބުނެފައިވާ ގޮތުގައި އެމެޒޯނުން ފޮތް ސެންސަރުކޮށް، ގަބޫލުނުކުރި ނަމަވެސް އެ ފޮތް އެކުލަވާލާފައި ވާނީ ކޮވިޑް-19އާ ގުޅޭ ގޮތުން ގައުމުތަކުގެ ސަރުކާރުން އާންމުކޮށްފައިވާ މައުލޫމާތުތަކާއި ބައްޔާ ބެހޭ ގޮތުން މިހާތަނަށް ހެދިފައި ހުރި ދިރާސާތަކަށް ބިނާކޮށެވެ.
އެލެކްސް މި ވާހަކަ ހިއްސާކުރުމާ އެކު އީލޮން، ލިޔުންތެރިޔާއާ އެއްކޮޅަށް ނުކުމެ އެމެޒޯ އަށް ރައްދުކޮށް ބުނެފައިވަނީ މޮނޮޕޮލީ އަކީ ގޯހެއް ކަމަށެވެ. ފޮތް ވިއްކައިދޭން ދެކޮޅުހެދުމަކީ ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށް ވެސް ޓްވީޓެއްގައިވެ އެވެ.
މި މައްސަލާގައި އެމެޒޯނުން ބުނެފައި ވަނީ އެލެކްސްގެ ފޮތް ދޫކޮށްލެވުނީ "އެރާއަކުން" ކަމަށާއި އެ މައްސަލަ މިހާރު ހައްލުކޮށް އަލުން ފޮތް ވިއްކަން ފަށާފައިވާ ކަމަށެވެ.
ބެޒޯސްގެ މިލްކިއްޔާތު 200 ބިލިއަން ޑޮލަރަށް
އެމެޒޯންގެ އާ ސީއީއޯ މަގާމާ ހަވާލުވެއްޖެ
ބޮޑު މަހުޖަނު 500 މިލިއަން ޑޮލަރުގެ ޔޮޓެއް ގަނެފި
އެތައް އަހަރަކަށްފަހު އެލެކްސާގެ އަޑުގެ ވެރިޔާ ހޯދައިފި
ޑެލިވަރީ އަވަސްކުރަން އެމެޒޯން އިން މަތިންތާބޯޓުތަކެއް
ބިލް ގޭޓްސް އަށް ވުރެ އީލޮން މަސްކް މުއްސަނދި
ތިން ވަނަ އަށް އެންމެ މުއްސަނދީ އީލޮން
އެމެޒޯންގެ މައި އެއް ތަނބު ކުންފުންޏާ ވަކިވަނީ
ޓިކްޓޮކް ހުއްޓާލަން އެމެޒޯން އިން އެންގީ "އޮޅުމަކުން"
އެންމެ މުއްސަނދި މީހާ އަންނަ ހަފުތާގައި އިންޑިއާ އަށް