13 މެއި 2021
އެމެޒޯންގެ ވޮއިސް އެސިސްޓަންޓް، އެލެކްސާ އިން އެ އިވެނީ ހަމަ އަސްލު މީހެއްގެ އަޑުތޯއާ މެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ. ސަބަބަކީ މި ޒަމާނުގައި އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) އާއި އެލަގްރިދަމް ފަދަ ޓެކްނޮލޮޖީގެ އެހީގައި އިންސާނުންގެ އަޑާ ހަމަ ދާދި އެއްގޮތަށް ވެސް އަޑު އުފެއްދިދާނެތީ އެވެ.
އެމެޒޯންގެ ވޮއިސް އެސިސްޓަންޓް، އެލެކްސާ އިން އެ އިވެނީ ހަމަ އަސްލު މީހެއްގެ އަޑުތޯއާ މެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ. ސަބަބަކީ މި ޒަމާނުގައި އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) އާއި އެލަގްރިދަމް ފަދަ ޓެކްނޮލޮޖީގެ އެހީގައި އިންސާނުންގެ އަޑާ ހަމަ ދާދި އެއްގޮތަށް ވެސް އަޑު އުފެއްދިދާނެތީ އެވެ.
އެލެކްސާގެ އަޑާ ބެހޭ ގޮތުން މިހާރު އޮތީ ގިނަ ބަޔަކު އެނގެން ބޭނުންވި ކަމެއް ހާމަކޮށްފަ އެވެ. އެއީ އަޑަކީ ހަމަ އަސްލު ވެސް މީހެއްގެ އަޑުކަމެކެވެ. އެ އަޑުގެ ވެރިޔަކީ ވޮއިސް-އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ނީލާ ރޯލާ އެވެ. އޭނާ އަކީ ކޮލަރާޑޯގެ މީހެކެވެ.
އެލެކްސްގެ އަޑުގެ ވެރިޔާ އަކީ ކާކުކަން ހާމަކުރީ އެމެރިކާގެ ނޫސްވެރިޔާ ބްރެޑް ސްޓޯން، 50، އެވެ. އޭނާ އަންގާރަ ދުވަހު ނެރުނު ފޮތް "އެމޭޒަން އަންބައުންޑް" ގައި ނީނާގެ ވާހަކަ ގެނެސްދީފައިވާ އިރު އެކަމާ ބެހޭ ގޮތުން ދެކެވުނު ވާހަކަތައް އެމެޒޯން އާއި ނީނާ ވެސް ދޮގެއް ނުކުރެ އެވެ. އަދި އެކަމާ ބެހޭ ގޮތުން އިތުރު އެއްޗެއް ވެސް ނުބުނެ އެވެ.
އެހެންވެ ކަށަވަރު ވަނީ ނީނާ އަކީ ހަމަ ހަގީގަތުގައި ވެސް 2013 ގައި ވުޖޫދަށް އައި އެލެކްސާގެ އަޑުކަމެވެ.
"Neither Amazon nor Rolle confirmed or denied Stone’s guess" ... Um, it's not a guess. It's her. https://t.co/y6cgGuWWLe via @Verge
— Brad Stone (@BradStone) May 11, 2021
ބްރެޑްގެ ފޮތުގައި ބުނެފައިވާ ގޮތުގައު އެލެކްސާގެ އަޑުގެ އަސްލު ހޯދަން އޭނާ ވަރަށް ގިނަ ފަހަރު މަތިން އެމެޒޯންގެ އޮފިޝަލުންނާ ވާހަކަ ދެއްކި އެވެ. އެކަމަކު ކުންފުނިން އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ދޭކަށް ބޭނުމެއް ނުވި އެވެ. އަދި ފެބްރުއަރީ މަހުގެ ތެރޭގައި ނީނާއާ ސުވާލުކުރުމުން އޭނާ ބުނެފައި ވަނި އެމެޒޯން އިން އަންގާފައި އޮތީ އޭނާ ކުރާ އެއްވެސް ސުވާލަކަށް ޖަވާބު ނުދޭން ކަމަށެވެ.
އެމެޒޯންގެ އާ ސީއީއޯ މަގާމާ ހަވާލުވެއްޖެ
ބޮޑު މަހުޖަނު 500 މިލިއަން ޑޮލަރުގެ ޔޮޓެއް ގަނެފި
ޑެލިވަރީ އަވަސްކުރަން އެމެޒޯން އިން މަތިންތާބޯޓުތަކެއް
މެކެންޒީ މިހާތަނަށް 4.2 ބިލިއަން ޑޮލަރުގެ އެހީ ދީފި
އެމެޒޯންގެ މައި އެއް ތަނބު ކުންފުންޏާ ވަކިވަނީ
ޓިކްޓޮކް ހުއްޓާލަން އެމެޒޯން އިން އެންގީ "އޮޅުމަކުން"
ފޮތެއްގެ މައްސަލާގައި ދެ ބިލިއަނަރުން ކޯޅެނީ
އެންމެ މުއްސަނދި މީހާ އަންނަ ހަފުތާގައި އިންޑިއާ އަށް
އެމެޒަން އިން ޑްރޯން މެދުވެރިކޮށް ޑެލިވަރީކުރަން ފަށަނީ
އޮބާމާ ފައުންޑޭޝަނަށް ބެޒޮސްގެ 100 މިލިއަން ޑޮލަރު