04 އެޕްރީލް 2019
ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާގެ ވޯޓާސް ލިސްޓުގައި ނަން ހިމަނައިދިނުމަށް އެދި ހަތް މީހަކު ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެފަދަ އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާގެ ވޯޓާސް ލިސްޓުގައި ނަން ހިމަނައިދިނުމަށް އެދި ހަތް މީހަކު ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެފަދަ އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަޖިލިސް އިންތިޚާބާ ގުޅިގެން ހަތް މީހަކު ހައި ކޯޓަށް ޝަކުވާ ހުށަހެޅީ ތިމަރަފުށީ ދާއިރާގެ ވޯޓާސް ލިސްޓުގައި އެ މީހުންގެ ނަން ހިމަނައިދިނުމަށް އަމުރުކޮށް ދިނުމަށް އެދި އެވެ. އެ މީހުން އެ މައްސަލަ ހުށަހެޅީ ތިމަރަފުއްޓަށް އެ މީހުންގެ ރަށްވެހިކަން ބަދަލުކުރަން ހުށަހަޅާފައި ވަނިކޮށް އެ މީހުންގެ ނަން ތިމަރަފުށީ ދާއިރާގެ ވޯޓާސް ލިސްޓުގައި ނެތުމުންނެވެ.
އެ މައްސަލަތައް ބަލައި، ވަކިވަކިން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ޝަކުވާއަކާ ގުޅިގެން އެ ކޮމިޝަނުން ނިންމާ ނިިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައެއް ފަސް ދުވަސް ތެރޭގައި ހައި ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާއިރު އެ ހަތް މީހުން ވެސް އެ މުއްދަތުގެ ތެރޭގައި ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެ މުއްދަތުގައި ޝަކުވާ ހުށަނާޅައިފި ނަމަ، މައްސަލަ ހުށަހެޅުމުގެ ހައްގު ދޫކޮށްލީ ކަމަށް ބަލަންޖެހޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ވޯޓާސް ލިސްޓް އެކުލަވާލުމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަން ޖެހޭނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާ ބޭސްއަށް ކަމަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ރަށްވެހިކަން ބަދަލު ކޮށްފައިވަނީ އެކަމަށް ކޮމިޝަނުން ދިން މުއްދަތު ހަމަވި ފަހުން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި ކޮމިޝަނުން އެކަމަށް ދޭ މުއްދަތު ހަމަވާ ފަހުން ރަށްވެހިކަން ބަދަލުކޮށްފި ނަމަ، ވޯޓުލުމުގެ ހައްގު ގެއްލުނަސް މައްސަލައެއް ނެތް ކަމަށް އިގްރާރެއްގައި އޭގެ ތެރެއިން ބައެއް މީހުން ސޮއިކޮށްފައި އޮތުމުން އެ މީހުން ރަށްވެހިކަން ބަދަލުކުރީ ވޯޓުލުމުގެ ހައްގު ގެއްލިދާނެ ކަން އެނގިހުރެ ކަން އެނގޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ހުކުމުގައިވަނީ އެ ހަތް މީހުންގެ ނަން ވެސް ތިމަރަފުށީ ދާއިރާގެ ވޯޓާސް ލިސްޓުގައި ހިމަނަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށް ދެވެން ނެތް ކަމަށެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ވެސް ބަލަންޖެހޭނީ ހައި ކޯޓުންނެވެ. އެފަދަ މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހެ އެވެ.
ކޯޓުގައި އިންތިހާބީ ޝަކުވާގެ ހަތް މައްސަލައެއް
އިންތިޚާބީ ޝަކުވާގެ މައްސަލަތަކުގެ ހުކުމް މާދަމާ
އިންތިޚާބީ ޝަކުވާ ހޮނިހިރު ދުވަހު ކޯޓަށް ހުށަހެޅޭނެ
ދާއިރާ އިތުރުކުރާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމަނީ
ކުށުގެ ރެކޯޑް ސާފުކޮށްދޭން ފަސޭހަ އިންތިިޒާމެއް
"ދާއިރާތައް އިތުރުކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ"
އައްޑޫ ދާއިރާތަކާ ގުޅޭ ޝަރީއަތް މާދަމާ ފަށަނީ
އައްޑޫގައި އިންތިޚާބު ބޭއްވުން މަޑުޖައްސަން އެދެފި
ދެ އިންތިހާބު އެއްކޮށްލުން، ރަނގަޅީ ކޮން ގޮތެއް؟
އަލުން އިންތިހާބަށް ނުކުންނަން ޗެކްމާކް ރަޝީދު ކޯޓަށް