Roadha Mihaaru
އިންތިޚާބީ ޝަކުވާ ހޮނިހިރު ދުވަހު ކޯޓަށް ހުށަހެޅޭނެ

އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހޮނިހިރު ދުވަހު ވެސް ހައި ކޯޓު ހުށަހެޅޭ ގޮތް ހަމަޖައްސައިފި

02 އެޕްރީލް 2019

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން އިންތިޚާބީ ޝަކުވާގެ މައްސަލަތައް އެދުވަހު ހައި ކޯޓަށް ހުށަހެޅޭނެ އިންތިޒާމް ހައި ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން އިންތިޚާބީ ޝަކުވާގެ މައްސަލަތައް އެދުވަހު ހައި ކޯޓަށް ހުށަހެޅޭނެ އިންތިޒާމް ހައި ކޯޓުން ހަމަޖައްސައިފި އެވެ.

ހައި ކޯޓުން ބުނީ އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ދިނުމަށްޓަކައި ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ރޭގަނޑު 10 އާ ހަމައަށް ހައި ކޯޓުގެ ރަޖިސްޓްރޭޝަން ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ކޯޓު ހުޅުވާފައި ހުންނަ ވަގުތު ނޫން އެހެން ވަގުތެއްގައި އެފަދަ މައްސަލައެއް ހުށަހަޅާ ނަމަ، ކޯޓުގެ ރަޖިސްޓްރޭޝަނާ ގުޅައިގެން އެކަން ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.

ހައި ކޯޓުން ބުނިގޮތުގައި އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހަޅާއިރު، ބޭނުންވާ ހުރިހާ މައުލޫމާތާއި ލިޔުންތަކާ އެކު އަދި ބޭނުންވާ ހެކިތަކާ އެކު މައްސަލަ ހުށަހެޅުމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ވެސް ބެލޭނީ ހައި ކޯޓަށެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 14 ދުވަސް ތެރޭގައި އެފަދަ މައްސަލަތައް ހުށަހަޅަން ޖެހޭއިރު، ރަސްމީ ނަތީޖާ އިއުލާންކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެފަދަ މައްސަލަތައް ހައި ކޯޓުން ނިންމަންޖެހެ އެވެ.