Roadha Mihaaru
އިންތިހާބާ ގުޅިގެން ހޮނިހިރު ދުވަހު ހައިކޯޓު ހުޅުވަނީ

ރިޔާސީ އިންތިހާބާ ގުޅިގެން ހޮނިހިރު ދުވަހު ހައި ކޯޓު ހުޅުވަނީ

07 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބާ ގުޅޭ އިންތިހާބާ ޝަކުވާގެ މައްސަލަތައް ހުށަހަޅަން ފުރުސަތު ދިނުމަށްޓަކައި ހޮނިހިރު ދުވަހު ހައި ކޯޓު ހުޅުވަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިޔާސީ އިންތިހާބާ ގުޅޭ އިންތިހާބާ ޝަކުވާގެ މައްސަލަތައް ހުށަހަޅަން ފުރުސަތު ދިނުމަށްޓަކައި ހޮނިހިރު ދުވަހު ހައި ކޯޓު ހުޅުވަން ނިންމައިފި އެވެ.

އިންތިހާބީ ޝަކުވާގެ މައްސަލަތަކަށް ފުރުސަތު ދިނުމަށްޓަކައި ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ހެނދުނުން ފެށިގެން ރޭގަނޑު 10 އާ ހަމައަށް ހައި ކޯޓު ހުޅުވާފައި ހުންނާނެ ކަމަށް އެ ކޯޓުން ބުންޏެވެ. އަންނަ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ރޭގަނޑު ވެސް އެ ކޯޓު ހުޅުވާފައި ހުންނާނެ ކަމަށް ހައި ކޯޓުން ބުންޏެވެ. އޮންލައިންކޮށް ވެސް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ހައި ކޯޓުން ބުންޏެވެ.

އެހެން ވަގުތެއްގައި މައްސަލަ ހުށަހަޅަން ބޭނުންވާ ނަމަ އެ ކޯޓަށް ގުޅޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް ހައި ކޯޓުން ބުންޏެވެ. އިންތިހާބީ ޝަކުވާގެ މައްސަލަ ހުށަހަޅާއިރު އެކަމުގެ ތަފްސީލާއި ބޭނުންވާ ހެކިތައް ހުށަހަޅަން ޖެހޭނެ ކަމަށް ހައި އެ ބުންޏެވެ.

އިންތިހާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ ބާރު އޮންނަނީ ހައި ކޯޓަށެވެ. އެ ބާވަތުގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 14 ދުވަސް ހަމަވަންދެން އޮންނާނެ އެވެ.