13 ސެޕްޓެމްބަރ 2023
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވި ރާއްޖެއިން ބޭރުގެ އޮބްޒާވަރުންތަކަށް ފުރައްސާކުރި މައްސަލާގައި ޕީޕީއެމް/ޕީއެންސީގެ މަންދޫބަކާއި އޮބްޒާވަރަކު ސަސްޕެންޑްކޮށް، އެ މީހުން ހުއްދަ އިލެކްޝަން ކޮމިޝަނުން ބާތިލްކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވި ރާއްޖެއިން ބޭރުގެ އޮބްޒާވަރުންތަކަށް ފުރައްސާކުރި މައްސަލާގައި ޕީޕީއެމް/ޕީއެންސީގެ މަންދޫބަކާއި އޮބްޒާވަރަކު ސަސްޕެންޑްކޮށް، އެ މީހުން ހުއްދަ އިލެކްޝަން ކޮމިޝަނުން ބާތިލްކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބު އޮބްޒާވް ކުރަން އައި އިންޑިއާގެ އޮބްޒާވަރުންނަށް ފުރައްސާރަކުރީ ދިވެހި އޮބްޒާވަރަކާއި މަންދޫބެއް ކަމަށާއި އެއީ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ. އެހެންވެ، މިއަދު ބޭއްވި އެ ކޮމިޝަންގެ ހާއްސަ ޖަލްސާގައި އެ ދެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ވަނީ ނިންމައިފަ އެވެ.
އެ ޖަލްސާގައި ނިންމީ އެ މީހުންނަށް މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ކުރިޔަށް އޮތް ބޮޑު ދެ އިންތިހާބުގެ އެއްވެސް ކަމެއްގައި އެއްވެސް ހައިސިއްޔަތަކުން ހަރަކާތްތެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކުރުމަށެވެ.
އެ ދެ މީހުންގެ ބަދަލުގައި އޮބްޒާވަރެއް އަދި މަންދޫބެއް ނެގުމުގެ ފުރުސަތު އެ ޕާޓީއަށް ދިނުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި އިންޑިއާގެ ދެ އޮބްޒާވަރަކާ ދިމާލަށް ވަރަށް ހަޑިކޮށް އެއްޗެހި ގޮވުމުގެ އިތުރުން އެމީހުން އެތަނުން ނެރެލާފައިވަނީ ވޯޓު ފޮށްޓާ ކައިރިއަށް ދިޔަ ކަމަށް ބުނެ އެވެ.
އިލެކްޝަން ކޮމިޝަނުން ކުރިން ވެސް ބުނެފައިވަނީ އެ ކޮމިޝަނުން ދައުވަތު ދީގެން ގެނެސް ތިބި ބޭރުގެ އޮބްޒާވަރުންތަކަކަށް އެގޮތަށް ދިމާކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޕީއެންސީން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ: އެމްޑީޕީ
ރީރަޖިސްޓްރޭޝަން ލިސްޓު އާންމުކުރަން ގޮވާލައިފި
ރީރަޖިސްޓްރޭޝަން މައްސަލައިގައި އިދިކޮޅުން އީސީ އަށް
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ
ޒަމީލާއި އިންތިހާބީ އޭޖެންޓްގެ ޖޫރިމަނާ ބާތިލްކޮށްފި
ޔާމީން ބޭނުންވީ ރިވިއު އަށް ފުރުސަތު ހޯދަން
މުއިއްޒަށް ފުރުސަތު ލިބުނީ ޔާމީން ދެއްވައިގެން ނޫން
އިންތިހާބުގެ ތާރީހު ބަދަލުކުރަން ތާއީދުކުރަން: ޕީޕީއެމް