Roadha Mihaaru
ޒަމީލާއި އިންތިހާބީ އޭޖެންޓްގެ ޖޫރިމަނާ ބާތިލްކޮށްފި

ޒަމީލާއި އިންތިހާބީ އޭޖެންޓް ޖޫރިމަނާކުރި ނިންމުން އީސީން ބާތިލްކޮށްފި

27 ޖޫން 2024

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލްގެ މާލީ ބަޔާން ފުރިހަމަނުވާ ކަމަށް ބުނެ ޒަމީލާއި އޭނާގެ އިންތިހާބީ އޭޖެންޓް ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން އެ ކޮމިޝަނުން ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލްގެ މާލީ ބަޔާން ފުރިހަމަނުވާ ކަމަށް ބުނެ ޒަމީލާއި އޭނާގެ އިންތިހާބީ އޭޖެންޓް ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން އެ ކޮމިޝަނުން ބާތިލްކޮށްފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓެއްގެ މާލީ ބަޔާން ފުރިހަމަނުވާ ކަމަށް ބުނެ އެއިން ކޮންމެ ކެންޑިޑޭޓަކު 20،000ރ. އިން އަދި އިންތިހާބީ ރަސްމީ އޭޖެންޓުން 6،000ރ. ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި އެވެ. އޭގެ ތެރޭގައި ޒަމީލާއި އޭނާގެ އިންތިހާބީ އޭޖެންޓް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެ މައްސަލާގައި ޒަމީލް އޭނާގެ އިންތިހާބީ އޭޖެންޓްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ދައުވާކުރި އެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލަ ކޯޓުގައި އޮއްވާ ޒަމީލާއި އޭނާގެ އިންތިހާބީ އޭޖެންޓް ޖޫރިމަނާ ކުރުމަށް ނިންމި ނިންމުން ބާތިލްކުރަން އިލެކްޝަންސް ކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު ނިންމާފައިވާ ކަމަށެވެ.

އެހެންވެ، އެ ދައުވާ އަނބުރާ ގެންދަން އެދިފައިވާތީ އެގޮތަށް ނިންމީ ކަމަށް ހުކުމުގައިވެ އެވެ.

ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުން ކުރި ހަރަދުތައް ހިމެނޭ މާލީ ބަޔާނެއް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގޮތަކަށް ހުށަހެޅުމަކީ ގާނޫނުގެ ދަށުން ލާޒިމް ކަމެކެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މިންގަނޑަށް ފެތޭ ގޮތަށް މާލީ ބަޔާން ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވެ އެވެ.