Roadha Mihaaru
އިންތިޚާބީ ޝަކުވާގެ މައްސަލަތަކުގެ ހުކުމް މާދަމާ

އިންތިޚާބީ ޝަކުވާގެ މައްސަލަތަކުގެ ހުކުމް މާދަމާ އިއްވަނީ

03 އެޕްރީލް 2019

ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން ހައި ކޯޓަށް ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ ހަތް މައްސަލައިގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން ހައި ކޯޓަށް ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ ހަތް މައްސަލައިގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިޚާބާ ގުޅިގެން، އިންތިޚާބީ ޝަކުވާގެ ގޮތުގައި އަމިއްލަ ފަރާތްތަކަކުން ހައި ކޯޓަށް ހުށަހެޅީ ތިމަރަފުށީ ދާއިރާގެ ވޯޓާސް ލިސްޓުގައި އެ މީހުންގެ ނަން ހިމަނަން އަމުރުކޮށް ދިނުމަށް އެދި އެވެ.

ހަތް މީހަކު ވަކިވަކިން އެ މައްސަލަތައް ހުށަހެޅީ އެ މީހުންގެ ރަށްވެހިކަން ތިމަރަފުށްޓަށް ބަދަލު ކުރަން ހުށަހަޅާފައި ވަނިކޮށް، ވޯޓާސް ލިސްޓް އެކުލަވާލިއިރު ވެސް އެ މީހުންގެ ނަން ތިމަރަފުށީ ދާއިރާގެ ވޯޓާސް ލިސްޓްގައި ނެތުމުންނެވެ.

އެ މައްސަލަތަކުގެ ޝަރީއަތް ހައި ކޯޓުން ވަނީ އިއްޔެ އާއި ހޯމަ ދުވަހު ވަކިވަކިން ކުރިއަށް ގެންގޮސް، އެ ހުރިހާ މައްސަލަތަކެއްގެ އަޑުއެހުންތައް ވެސް ނިންމާލައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

އެ މައްސަލަތަކުގެ ހުކުމް އިއްވުމަށް ހައި ކޯޓުން ހަމަޖައްސާފައިވަނީ މާދަމާ މެންދުރެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ވެސް ބަލަން ޖެހޭނީ ހައި ކޯޓުންނެވެ. އެފަދަ މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅަން ޖެހޭއިރު، އެފަދަ މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ވެސް އެ ގާނޫނު ލާޒިމް ކުރެ އެވެ.