04 ފެބުރުއަރީ 2019
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ސާފުކޮށް ދިނުމުގެ ޚިދުމަތް ބަންދު ދުވަސްތަކާއި ނުރަސްމީ ވަގުތުތަކުގައި ވެސް ދޭ ގޮތަށް ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ސާފުކޮށް ދިނުމުގެ ޚިދުމަތް ބަންދު ދުވަސްތަކާއި ނުރަސްމީ ވަގުތުތަކުގައި ވެސް ދޭ ގޮތަށް ހައި ކޯޓުން ހަމަޖައްސައިފި އެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ހުޅުވާލާފައި ވާއިރު، އެ ފުރުސަތު އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހައި ކޯޓުން ބުނީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ސާފުކޮށް ދިނުމުގެ މަސައްކަތް ނުރަސްމީ ވަގުތުތަކުގައި ދިނުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ. އެގޮތުން ރަސްމީ ދުވަސްތަކުގައި ހެނދުނުން ފެށިގެން ކޮންމެ ރެއަކު 8:00 އާ ހަމައަށް ކުށުގެ ރެކޯޑް ފޯމް ބަލައިގަންނާނެ ކަމަށް ހައި ކޯޓުން ބުންޏެވެ.
މީގެ އިތުރުން ހޮނިހިރު ދުވަސްތަކުގައި ވެސް ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކެންޑިޑޭޓުންނަށް ކުށުގެ ރެކޯޑް ފޯމް ހުށަހެޅޭނެ ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ. އަދި ފޯމްތައް ހުށަހަޅާ ދުވަހު ރެކޯޑް ސާފުކޮށް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކުރާ މީހުންނާއި އެއް އަހަރަށް ވުރެ ދިގު ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނަށް މަޖިލިސް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
މީގެ އިތުރުން އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޮތް ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މައާފް ލިބުނުތާ ތިން އަހަރު ނުވާ މީހުންނަށް ވެސް މަޖިލިސް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
އިންތިޚާބީ ޝަކުވާގެ މައްސަލަތަކުގެ ހުކުމް މާދަމާ
އިންތިޚާބީ ޝަކުވާ ހޮނިހިރު ދުވަހު ކޯޓަށް ހުށަހެޅޭނެ
ދާއިރާ އިތުރުކުރާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމަނީ
އިންތިހާބާ ގުޅިގެން ހޮނިހިރު ދުވަހު ހައިކޯޓު ހުޅުވަނީ
ތިން ދާއިރާއެއްގެ އިންތިޚާބު މައްސަލަ ކޯޓުން ނާކާމިޔާބު
އިންތިޚާބާގުޅޭ ހަ މައްސަލައެއް ހައި ކޯޓުން ބަލައިގެންފި
ކުރިމަތިލާން އަލުން ހުޅުވާލާނަމަ އިންތިޚާބު ފަސްވާނެ
އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުގެ ޝަރީއަތް ފަށައިފި
އިންތިޚާބުގެ މައްސަލަ ސުޕްރީމް ކޯޓުން ނަގައި މަޖިލީހަށް
ބަޔާން ހުށަނޭޅި މައްސަލާގައި ތަހުގީގު ފުރިހަމަކުރަނީ