Roadha Mihaaru
އައްޑޫ ދާއިރާތަކާ ގުޅޭ ޝަރީއަތް މާދަމާ ފަށަނީ

މަޖިލިސް އިންތިޚާބުގައި އައްޑޫ ދާއިރާތައް އިތުރުކުރަން ހުށަހެޅި މައްސަލާގެ ޝަރީއަތް މާދަމާ ފަށަނީ

21 ޖެނުއަރީ 2019

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި މަރަދޫފޭދު އާއި މީދޫ ދާއިރާ އެއްކޮށްލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިިންމުން ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި އިތުރު މީހެކެވެ. އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ ވަކިކޮށް ދިނުމަށެވެ.

އެ މައްސަލާގައި ޝަރީއަތް ފަށަން ހައި ކޯޓުން ހަމަޖައްސާފައިވަނީ މާދަމާ މެންދުރެވެ.

އެ މައްސަލަ ނިމެންދެން އައްޑޫގައި މަޖިލިސް އިންތިޚާބު ބޭއްވުމުގެ ކަންކަން މަޑުޖައްސާލުމުގެ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ. އެކަމަކު އެ އަމުރު ނެރުމާ މެދު ހައި ކޯޓުން ގޮތެއް ނިންމިކަން އަދި ސާފެއް ނުވެ އެވެ.

މަޖިލިސް އިންތިޚާބުގައި ދާއިރާތައް ބެހިގެންވާ ގޮތް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއިރު މިފަހަރު ދާއިރާތައް އިތުރުވީ މާލޭގައި އެކަންޏެވެ. މާލޭގައި ދެ ދާއިރާއެއް އިތުރުކުރަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

މަޖިލިސް އިންތިޚާބުގެ ގާނޫނު ބުނާ ގޮތުން ދާއިރާތައް ބަހާ ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅިދާނެ އެވެ.