ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ނެތް ކަމަށް އެ ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
28 ފެބުރުއަރީ 2019
ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ނެތް ކަމަށް އެ ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ އެއްކޮށްލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި ސ. މަރަދޫފޭދޫ ފައިވްރޯޒް، މުމްތާޒް އަލީގެ ފަރާތުންނެވެ. އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ ވަކިކޮށްދިނުމަށެވެ.
މީގެ ކުރިން ހައި ކޯޓުގައި ތާވަލް ކުރި އަޑުއެހުމަށް، ދައުވާކުރާ ފަރާތުން ހާޒިރު ނުވުމުން އެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށް، ހައި ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަ ކޯޓުން ބޭރުކޮށްލިއިރު، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އީސީން އިޖުރާއީ ނުކުތާއެއް ނެގި އެވެ.
އިޖުރާއީ ނުކުތާއާ ގުޅިގެން ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމާފައި ވަނީ ކޯޓުތަކުގެ ގާނޫނާއި ހައި ކޯޓުގެ ގަވައިދުގެ ތެރޭގައި ހިމެނޭ ދުސްތޫރީ މައްސަލައަކަށް ހުށަހެޅި މައްސަލަ ނުވާތީ މައުޟޫއީ ގޮތުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ފަނޑިޔާރުންނަށް ނުފެންނަ ކަމަށެވެ.
ކޯޓުތަކުގެ ގާނޫނާއި ހައި ކޯޓުގެ ގަވައިދުގައި އެ ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިގެން ވަނީ ދެ ބާވަތެއްގެ މައްސަލައެކެވެ. އެއީ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރަޒްވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކާއި ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވައިދެއް ނުވަތަ ގަވައިދެއްގެ ބައެއް ގާނޫނުއަސާސީ އާއި ގާނޫނަކާ ތައާރަޒްވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަ އެވެ.
އައްޑޫގެ ދާއިރާތައް އިތުރު ކުރަން ހުށަހެޅި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބެލެހެއްޓެވީ ފައިސަލް އެވެ.
ހައި ކޯޓުން މައްސަލަ ނުބެލޭނެ ކަމަށް ކަނޑައެޅީ އެ މައްސަލާގައި އަދުލުވެރި ހައްލެއް ހޯދައި ދިނުމަށް އެދި މަރަދޫފޭދޫގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ 500 އަށް ވުރެ ގިނަ މީހުންގެ ސޮޔާ އެކު ޕެޓިޝަނެއް ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.
އައްޑޫ ދާއިރާތަކުގެ މައްސަލަ ސިވިލް ކޯޓަށް
އައްޑޫ ދާއިރާތައް އިތުރުކުރާ މައްސަލަ އަލުން ހުށަހަޅަނީ
އައްޑޫ ދާއިރާތައް އިތުރުކުރުމުގެ މައްސަލަ ބާތިލްކޮށްފި
ދާއިރާ އިތުރުކުރާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމަނީ
"ދާއިރާތައް އިތުރުކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ"
އައްޑޫ ދާއިރާތަކާ ގުޅޭ ޝަރީއަތް މާދަމާ ފަށަނީ
އައްޑޫގައި އިންތިޚާބު ބޭއްވުން މަޑުޖައްސަން އެދެފި
އައްޑޫ ފެނުގެ ހިދުމަތް މެދުކެނޑޭ މައްސަލަ މަޖިލީހަށް!
ބިލު ތަސްދީގު ކުރުމާއެކު ހައި ކޯޓުގެ ދެ ގޮފި އުވިއްޖެ
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު