03 ޖޫން 2024
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ސަޕްލައި ފެން ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވެފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ސަޕްލައި ފެން ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވެފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައަކީ މި ދައުރުގެ ފުރަތަމަ ކުއްލި މައްސަލަ އެވެ. ސަރުކާރަށް ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މި މައްސަލަ ބަލައިގަތުމަށް ވޯޓު ދީފަ އެވެ.
މަޖިލީހަށް މި މައްސަލަ ހުށަހެޅިއިރު، އައްޑޫގެ ފެނުގެ ނިޒާމް ރަނގަޅުކުރުމުގެ ޕްރޮޖެކްޓް، މި ސަރުކާރުން ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފަ އެވެ.
ނާޒިލްގެ ކުއްލި މައްސަލައިގައި ވަނީ ސާފު ފެން ފޯރުކޮށްދިނުމުގެ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަން ފާހަގަކުރައްވައި، ދިމާވެފައިވާ ދަތިތައް މިހާރުން މިހާރަށް ހައްލުކުރަން ގޮވާލައިފަ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުން އަންނަ ފެނުގެ ހިދުމަތަށް ބުރޫ އަރާފައިވާތީ، ރައްޔިތުންނަށް އިންތިހާއަށް ގެއްލުންތައް ވަމުން އަންނަ ކަމަށް ނާޒިލްގެ މައްސަލައިގައި ވެ އެވެ.
މައްސަލައަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވި ގޮތުގައި މި މައްސަލަ ހައްލު ނުވެ ދިގު ލައިގެން ދިއުމުގެ ސަބަބުން އާންމު ފަރުުދުންގެ އިތުރުން ވިޔަފާރިތަކަށް ވެސް އޭގެ ގެއްލުންތައް ދަނީ ވަމުންނެވެ.
ހިދުމަތް ދޭތެރެއިން މެދުކެނޑުމާ ގުޅިގެން ފެނަކައިން މީގެ ކުރިން ބުނެފައިވަނީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ފެނުގެ ނިޒާމު މަރާމާތުކޮށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވިފައި ނެތުމުގެ ސަބަބުން އައްޑޫގެ ފެނުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ މި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އައްޑޫގެ ފެނުގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީން އެ ސިޓީގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓެއް އެމްޑަބްލިއުއެސްސީއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ޕްރޮޖެކްޓް ނިމޭއިރު އައްޑު އަށް ދިމާވެފައިވާ ފެނުގެ ދަތި ކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށާއި މިހާރު ވެސް މެދުނުކެނޑި ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.
އައްޑޫން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއް
"މަސްވެރިންނަށް ފައިސާ ހޯދަދޭން މަސައްކަތް ކުރާނަން"
އައްޑޫ ފެނުގެ މައްސަލަ ހައްލުކޮށް، މިރޭ ފެން ދޫކުރާނެ
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިކުރަން ހުށަހަޅަނީ
އަސްލަމްގެ އަނބިކަނބަލުންގެ ގޭގައި ރޯކޮށްލަން އުޅެފި
އުގައިލްގެ ފާޑުވިދާޅުވުން އިންޑިއާގެ ނިންމުމަށް!
އިންޑިއާގެ ކޮންސިއުލޭޓަށް އައްޑޫ މެމްބަރުން ތާއީދު
އައްޑޫގެ ފެން މީޓަރުން ނަގާ 30ރ. އުނިކޮށްފި
ހުޅުދޫ/މީދޫ ޕެޓިޝަން މަޖިލީހުގެ ރައީސާއި އެލްޖީއޭ އަށް