Roadha Mihaaru
އައްޑޫ ފެނުގެ މައްސަލަ ހައްލުކޮށް، މިރޭ ފެން ދޫކުރާނެ

އައްޑޫގެ ފެނުގެ މައްސަލަ އެއްކޮށް ހައްލުކޮށް، މިރޭ ފެން ދޫކުރާނެ: ފެނަކަ

09 ޑިސެމްބަރ 2023

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް ކެނޑިފައިވާ މައްސަލަ އެއްކޮށް ހައްލުކޮށް މިރޭ ފެނުގެ ހިދުމަތް ދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް ކެނޑިފައިވާ މައްސަލަ އެއްކޮށް ހައްލުކޮށް މިރޭ ފެނުގެ ހިދުމަތް ދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސަޕްލައި ފެނުގެ ހިދުމަތް ވަނީ ކެނޑިފަ އެވެ. އެ މައްސަލަ އިއްޔެއާ ހަމައަށް ހައްލު ކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައި ވިޔަސް، މިހާތަނަށް އެ މައްސަލަ ހައްލެއް ނުވެ އެވެ.

ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލަ އެއްކޮށް ހައްލު މިރޭގެ ވަގުތެއްގައި ފެނުގެ ހިދުމަތް އަލުން ދޭން ފެށޭނެ ކަމަށެވެ. އަދި ހިދުމަތް ކެނޑުމުގެ ސަބަބުން އާންމުންނަށް ކުރިމަތިވި ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެނަކައިން ނެރުނު ބަޔާނުގައިވާ ގޮތުން ހިދުމަތް މެދުކެނޑެން ދިމާވީ ގަވާއިދުން ކުރަންޖެހޭ މަރާމާތުތައް ނުކޮށް ހުރުމުންނެވެ. އަދި ޔުޓިލިޓީ އޮތޯރިޓީން އިސްލާހުކުރަން އަންގާފައިވާ ކަންކަން ވެސް އެގޮތަށް ކޮށްފައި ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިދުމަތް މެދުކެނޑުނީ އެކަށީގެންވާ ސްޓޯރޭޖެއް ގާއިމް ކޮށްފައި ނެތުމުން ކަމަށެވެ. އަދި އެ މައްސަލަ ތަކުރާރުވިޔަ ނުދިނުމަށާއި އަދި ފެން ރައްކާކުރެވޭނެ އެކަށީގެންވާ ސްޓޯރޭޖެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ބަޔަނުގައިވެ އެވެ.