08 ޑިސެމްބަރ 2023
އައްޑޫގައި ގުޅިފައިވާ ރަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް އިއްޔެ ކެނޑުމުން، އެ މައްސަލަ ހައްލުކުރަން ބޭނުންވާ ސްޕެއާ ޕާޓްސް، މިއަދު ހަވީރު ފުރާ މޯލްޑިވިއަން އެއާލައިންގެ ބޯޓުން ފޮނުވާލާނެ ކަމަށާއި މިރޭގެ ވަގުތެއްގައި ފެން ފޯރުކޮށްދެވޭނެ ކަމަށް ފެނަކަ އިން ބުނެފި އެވެ.
އައްޑޫގައި ގުޅިފައިވާ ރަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް އިއްޔެ ކެނޑުމުން، އެ މައްސަލަ ހައްލުކުރަން ބޭނުންވާ ސްޕެއާ ޕާޓްސް، މިއަދު ހަވީރު ފުރާ މޯލްޑިވިއަން އެއާލައިންގެ ބޯޓުން ފޮނުވާލާނެ ކަމަށާއި މިރޭގެ ވަގުތެއްގައި ފެން ފޯރުކޮށްދެވޭނެ ކަމަށް ފެނަކަ އިން ބުނެފި އެވެ.
ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދު އަށް ސަޕްލައި ފެން ފޯރުކޮށްދެނީ، ހިތަދޫގައި ގާއިމްކޮށްފައިވާ ސެންޓަރަލް ޑީސެލިނޭޝަން ޕްލާންޓުންނެވެ. އެކަމަކު، އެ ޕްލާންޓަށް އިއްޔެ ހެނދުނުން ފެށިގެން މައްސަލަ ދިމާވެ، އެ ރަށްތަކުން ވަނީ އެއްކޮށް ފެނުގެ ހިދުމަތް ކެނޑިފަ އެވެ.
އައްޑު އަށް ފެނާއި ކަރަންޓު ފޯރުކޮށްދޭ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ ފެނުގެ ހިދުމަތް ކެނޑުނީ އާރުއޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވަށް ދިމާވި މައްސަލައަކާ ހެދި ކަމަށެވެ.
އެހެންވެ، އޭގެ ސްޕެއާ ޕާޓްސް ހޯދައި، މިއަދު ހަވީރު ފުރާ މަތިންދާބޯޓުން ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫގައި ގުޅިފައި ހުރި ރަށްތަކުން ފެނުގެ ހިދުމަތް ކެނޑިއްޖެ https://t.co/Qa8KnjN3DX
— Mihaaru (@Mihaarunews) December 7, 2023
ފެނަކައިން ފުރަތަމަ މަސައްކަތްކުރީ، މިއަދުގެ މެންދުރުގެ ފްލައިޓުން އައްޑު އަށް ސްޕެއާ ޕާޓްސް ފޮނުވާލާށެވެ. އެކަމަކު، ބޯޓަށް އެރުވުމަށް ފަހު އެ ބޭލުވީ އިތުރަށް ބަރުވުމުންނެވެ. އެކަން ފެނަކަ އަށް ވެސް އެނގުނީ ފްލައިޓު ނައްޓާލި ފަހުންނެވެ.
"ހަވީރު ފުރާ ފްލައިޓަށް އަނެއްކާ ސްޕެއާ ޕާޓްސް އަރުވާފައި ވާނީ. އޭގެ ބަރުދަނުގައި 75 ކިލޯ ހުރޭ. އެހެންވެ، ފުރަތަމަ ފަހަރު އޭތި ބޭލުވީ. މިހާރު، އެއާޕޯޓުގެ އެމްޑީއާ ވެސް ވާހަކަ ދައްކައި މި ކަންކަން ހަމަޖައްސާފައި ވާނީ،" މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސްޕެއާ ޕާޓްސް އައްޑު އަށް ލިބި މާ ގިނައިރުރތަކެއް ނުވެ، މިރޭގެ ވަގުތެއްގައި ފެން ފޯރުކޮށްދޭނެ އެވެ.
އެނާޖީ އޮތޯރިޓީން ވަނީ އައްޑޫގެ ކަރަންޓުގެ ހާލަތާ ގުޅޭ ރިޕޯޓެއް މިދިޔަ އަހަރު ހަދާފައިވެ އެވެ. މުއާޒު ވިދާޅުވީ، މި ފަހަރު ފެނުގެ ހިދުމަތް ކެނޑުނީ، އެ ރިޕޯޓުގައި ހުރި ކަންކަން އިސްލާހުނުކޮށް، ދިގުލައިގެން ދިއުމުން ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑިއްޖެ
އައްޑުއަށް ސަޕްލައި ފެން ނުލިބޭތާ 3 ދުވަސް ވެއްޖެ
އައްޑޫގެ އާ އިންޖީނުގެ އަޅަން ބިން ހަމަޖައްސަނީ
އައްޑޫ: އުފައްދާ ވަރަށްވުރެ ފެން ބޭނުން ކުރާލެއް ގިނަ
އައްޑޫގެ ކަރަންޓު ޕްރޮޖެކްޓު ޗައިނާ ބަޔަކާ ހަވާލުކޮށްފި
އައްޑުއަށް އޮތް ހައްލަކީ 1.6 މެގަވޮޓުގެ ޖަނެރޭޓަރެއް
އައްޑޫގެ އެހީއާއެކު ފުވައްމުލަކު 2އަވަށަށް ކަރަންޓްދީފި
މައްސަލަ ހައްލުކޮށް އައްޑު އަށް ފެން ދޫކޮށްފި
އައްޑޫ ފެނުގެ މައްސަލަ ހައްލުކޮށް، މިރޭ ފެން ދޫކުރާނެ
އައްޑޫން ފެނުގެ ހިދުމަތް ކެނޑިއްޖެ