18 އެޕްރީލް 2024
އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެ އެއްބަސްވުން ހެދީ ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ) އާ އެކުގަ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފެނަކައިގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދެވެ. ޑޮންފެންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް ސަން ޒެންޕިންގް އެވެ.
އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު (ވ) އާއި ޗައިނާގެ ޑޮންފެންގެ ސަން ޒެންޕިންގް ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ނިޝާން އަލީ / މިހާރު
އެ ރަސްމިއްޔާތުގައި މުއާޒް ވިދާޅުވީ އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަކީ އައްޑޫގެ ރައްޔިތުން ހައްލަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ މައްސަލައެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ ކުރީގެ ސަރުކާރުތަކުން ހައްލު ކުރުމަށް މަސައްކަތްކުރި ނަމަވެސް މިއަދާހަމައަށް ވެސް ހައްލު ނުލިބިއޮތް މައްސަލައެއް ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މި އެއްބަސްވި އެއްބަސްވުމާ އެކު (އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ) މައްސަލައަށް ދާއިމީ ހައްލެއް ކުރިއަށް އޮތް 20، 25 ވަރަކަށް އަހަރަށް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
އައްޑޫއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ރަނގަޅު ކުރުމަށްޓަކައި ވެވުނު އެއްބަސްވުމަކީ 30 މެގަވޮޓްގެ ކަރަންޓު ބޭނުންކުރެވޭ ގޮތަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރއްގީ ކުރެވިގެންދާނެ ޕަވާޕަލާންޓެއް ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.
"މި ޕްލާންޓް އިންސްޓޯލް ކުރަނީ ފޭސްތަކަކަށް ބަހާލައިގެން. އެއީ 9.8 މެގަވޮޓްގެ ދެ ޖެންސެޓާއި 5.8 މެގަވޮޓްގެ ދެ ޖެންސެޓް އިންސްޓޯލް ކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން ބޭއްވި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު (ވ) އާއި ޗައިނާގެ ޑޮންފެންގެ ސަން ޒެންޕިންގް. -- ފޮޓޯ: ނިޝާން އަލީ / މިހާރު
މުއާޒް ވިދާޅުވީ އެ ޕްރޮޖްކެޓް ނިމޭއިރު 50 މެވަގޮޓްއާ ހަމައަށް އަޕްގްރޭޑް ކުރެވޭ ވަރުގެ ކެޕޭސިޓީއެއް ހުރި ޕަވާޕްލާންޓެއް ހުންނާނެ ކަމަށެވެ. އެ މަސައްކަތާ އެކު، އައްޑޫގެ ރަށްތަކާ ވަކިން އޮންނަ ހުޅުމީދޫ ބްރިޖްގެ މައްސައްކަތް ނިމުމުން އެ ރަށަށް ވެސް ކަރަންޓު ދޫކުރެވޭނެކަން މުއާޒް ވިދާޅުވި އެވެ.
ޑިވެލޮޕާ ފައިނޭންސް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ އެ މަސައްކަތަށް ފެނަކައިން ފައިސާ ދައްކާ ނިންމަން ދީފައިވާ މުއްދަތަކީ 12 އަހަރު ކަމަށް މުއާޒް ވިދާޅުވި އެވެ.
އައްޑޫގެ އާ އިންޖީނުގެ އަޅަން ބިން ހަމަޖައްސަނީ
އައްޑުއަށް އޮތް ހައްލަކީ 1.6 މެގަވޮޓުގެ ޖަނެރޭޓަރެއް
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑިއްޖެ
އައްޑޫގެ އެހީއާއެކު ފުވައްމުލަކު 2އަވަށަށް ކަރަންޓްދީފި
މައްސަލަ ހައްލުކޮށް އައްޑު އަށް ފެން ދޫކޮށްފި
އައްޑުއަށް ސަޕްލައި ފެން ނުލިބޭތާ 3 ދުވަސް ވެއްޖެ
އައްޑު އަށް މިރޭ ފެން ދޫކުރަން ފެށޭނެ: ފެނަކަ
ފެނަކަ އިނދަޖެހިފައި، މުސާރަ ވެސް ދެވޭ ވަރެއް ނޫން!
އައްޑޫގައި ފަހުން ހެދި މަގުތައް އަލުން ކޮންނަނީ
ފެނަކައިގެ އޮފީހަކުން ފައިސާތަކެއް ގެއްލުނު މައްސަލައެއް