31 ޖެނުއަރީ 2024
ފުވައްމުލަކު އިންޖީނުގޭގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ހެދި ދެ އަވަށުން ކަރަންޓް ކެނޑުމުން އައްޑޫން ޓްރާންސްފޯމަރެއް ގެންގޮސް ކަރަންޓުދީފި އެވެ.
ފުވައްމުލަކު އިންޖީނުގޭގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ހެދި ދެ އަވަށުން ކަރަންޓް ކެނޑުމުން އައްޑޫން ޓްރާންސްފޯމަރެއް ގެންގޮސް ކަރަންޓުދީފި އެވެ.
އިންޖީނެއް ހަލާކުވެ، ފުވައްމުލަކުގައި ކަރަންޓްގެ މައްސަލަ ދިމާވެފައި ވަނިކޮށް، ޓްރާންސްފޯމަރު ފަޅައިގެން ގޮސް ކަރަންޓް ކެނޑުނީ ފުވައްމުލަކުގެ މިސްކިތްމަގާއި މާދަނޑު އަވަށުންނެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ ކަރަންޓު ކެނޑިފައިވާ އަވަށްތަކަށް ރޭ ދަންވަރު ކަރަންޓު ދޫކޮށްފައިވާ ކަމަށެވެ.
އައްޑޫން ދިން އެހީތެރިކަމާ އެކުގައި މިހާ އަވަަހަށް އެ މައްސަލަ ހައްލުކުރެވުނަސް ފުވައްމުލަކު ކަރަންޓް މައްސަލައަށް އަދި ދާއިމީ ހައްލެއް ނުލިބެ އެވެ.
ފެނަކައިން މަސައްކަތްކުރީ ގދ. ގައްދޫން ޖަނަރޭޓަރެއް ފުވައްމުލަކަށް ގޮސްގެން މައްސަލަ ހައްލުކޮށްދިނުމަށެވެ. އެކަމަކު އެ ރަށުގެ ބައެއް ރައްޔިތުން އިހްތިޖާޖްކޮށް ފެނަކައަށް އެއްބާރުލުން ނުދިނެވެ.
ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ލަސްވުމަކީ އެ ރަށުގެ ކައުންސިލްގެ ކަންބޮޑުވުމެކެވެ.
ކައުންސިލް މެމްބަރަކު ވިދާޅުވީ އެ ރަށުން ކޮންމެ ދުވަހަކު ވެސް ކަރަންޓް ކެނޑޭ ކަމަށެވެ.
"އިއްޔެ އައްޑޫން ގެނައި ޓްރާންސްފޯމަރުން އެ ހައްލުވީ އިއްޔެ ދިމާވި މައްސަލަ. އޭގެ ކުރިން މި ރަށުގެ [ފުވައްމުލަކުގެ] ކަރަންޓަށް ދިމާވި މައްސަލައަށް އަދި ވެސް ހައްލެއް ނުލިބޭ. ކޮންމެ ދުވަހަކު ކަރަންޓު ކަނޑަމުންދަނީ،" އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން އައްޑޫ، ހިތަދޫ އިން ޓްރާންސްފޯމަރެއް ފުވައްމުލަކަށް ގެންދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ފެނަކަ
ފުވައްމުލަކުގެ ޖަނެރޭޓަރަކަށް ގެއްލުން ލިބި ލޯޑު މަތިވާ ގަޑިތަކުގައި ކަރަންޓު ކެނޑެން ފެށީ މިދިޔަ މަހުގެ ކުރީކޮޅެވެ. އޭރުއްސުރެ ފެނަކައިން އައީ ގދ. ގައްދޫގައި ހުރި ޖެނެރޭޓަރު ފުވައްމުލަކަށް ގެންދަން މަސައްކަތް ކުރަމުންނެވެ.
އެ ޖަނަރޭޓަރު ރަށުން ބާލަން ގައްދޫ ރައްޔިތުން ދަނީ ދެކޮޅު ހަދަމުންނެވެ.
ގައްދޫ ކައުންސިލުން ބުނީ އެ ރަށުން ފުވައްމުލަކަށް ގެންދަން އުޅޭ 800 ކިލޯވޮޓްގެ ޖަނެރޭޓަރަކީ އެ ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން ގެންގޮސް، އިންސްޓޯލް ވެސް ނުކޮށް ހުރި ޖަނަރޭޓަރު ސެޓެއް ކަމަށާއި މައްސަލަ ހައްލު ނުކޮށް އެހެން ރަށަކަށް ނުގެންދެވޭނެ ކަމަށެވެ.
ފުވައްމުލަކުގައި މިހާރު ކަރަންޓް ދެމުން އަންނަ ޖަނަރޭޓަރަށް ލޯޑުބޮޑުވެ މުޅި ރަށުން ކަރަންޓް ކެނޑި ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެތީ، ކޮންމެ ދުވަހަކު ވެސް ވަކި ވަގުތުތަކެއްގައި އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަ އެވެ.
ފެނަކައިން ބުނީ ފުވައްމުލަކުގެ ކަރަންޓް މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހައްލުނުހޯދައި ޖެންސެޓް ނުގެންދެވޭނެ: ގައްދޫ ކައުންސިލް
ކަރަންޓު މައްސަލަ ހައްލުކުރަން ޖެނެރޭޓަރު ގެންދިޔަ ނުދިން!
އައްޑޫގެ އާ އިންޖީނުގެ އަޅަން ބިން ހަމަޖައްސަނީ
އައްޑޫގެ ކަރަންޓު ޕްރޮޖެކްޓު ޗައިނާ ބަޔަކާ ހަވާލުކޮށްފި
އައްޑުއަށް އޮތް ހައްލަކީ 1.6 މެގަވޮޓުގެ ޖަނެރޭޓަރެއް
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑިއްޖެ
ދެމަހަށް ފަހު ފުވައްމުލަކުގެ ކަރަންޓަށް ދާއިމީ ހައްލެއް
މައްސަލަ ހައްލުކޮށް އައްޑު އަށް ފެން ދޫކޮށްފި
އައްޑުއަށް ސަޕްލައި ފެން ނުލިބޭތާ 3 ދުވަސް ވެއްޖެ
އައްޑު އަށް މިރޭ ފެން ދޫކުރަން ފެށޭނެ: ފެނަކަ