10 ޑިސެމްބަރ 2023
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑުނު މައްސަލަ ހައްލުކޮށް، ތިން ދުވަސް ފަހުން ފެން ދޫކުރަން ފެނަކައިން ރޭ ފަށައިފި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑުނު މައްސަލަ ހައްލުކޮށް، ތިން ދުވަސް ފަހުން ފެން ދޫކުރަން ފެނަކައިން ރޭ ފަށައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ފެނަކަ އިން ބުންޏެވެ. އެ މައްސަލަ ހައްލު ކުރުމަށް ހުކުރު ދުވަހު އައްޑު އަށް ސްޕެއާ ޕާޓްސް ނުވަތަ ވީއެފްޑީ ޑްރައިވެއް ވެސް ގެންގޮސް އިންސްޓޯލް ކުރި އެވެ.
ނަމަވެސް އެ އަށް މައްސަލަތަކެއް ދިމާވެ، އިއްޔެ އަނެއްކާ ވެސް އެމްޑަބްލިއުއެސްސީން އިތުރު ވީއެފްޑީ ޑްރައިވް އަކާ އެކު އެ ކުންފުނީގެ އިންޖީނިއަރެއް ފޮނުވީ އެވެ.
ސަޕްލައި ފެނުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު "މިހާރު" އަށް ވިދާޅުވީ މައްސަލަ ހައްލު ކުރުމަށް ފަހު ރޭ، އެ ރަށްތަކަށް ފެން ދޫކޮށްފައިވާ ކަމަށެވެ.
އައްޑޫގެ ފެނުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަނީ--- ފޮޓޯ/ފެނަކަ
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، އައްޑު އަށް ސަޕްލައި ފެން ދޫކުރުމުގައި "ރިސްކު ބޮޑުކަމަށް" މިދިޔަ އަހަރު ޔޫޓިލިޓީ އޮތޯރިޓީން ހެދި ރިޕޯޓެއްގައި ބުނެފައިވާ ކަމަަށެވެ.
"ގަވައިދުން ކުރަންޖެހޭ ކަންކަން ނުކޮށް އެހެން ގޮސް މިހާ ހިސާބަށް މި ދިޔައީ،" ކަމުގެ ސީރިއަސްކަން ފާހަގަކުރައްވަމުން މުއާޒް ވިދާޅުވި އެވެ.
ފެނަކައިން އިއްޔެ ނެރުނު ބަޔާނުގައި ވެސް ބުނީ ހިދުމަތް މެދުކެނޑެން ދިމާވީ ގަވާއިދުން ކުރަންޖެހޭ މަރާމާތުތައް ނުކޮށް ހުރުމުން ކަމަށެވެ. ޔުޓިލިޓީ އޮތޯރިޓީން އިސްލާހުކުރަން އަންގާފައިވާ ކަންކަން ވެސް އެގޮތަށް ކޮށްފައި ނެތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އެ މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިދުމަތް މެދުކެނޑުނީ އެކަށީގެންވާ ސްޓޯރޭޖެއް ގާއިމް ކޮށްފައި ނެތުމުން ކަމަށާއި އެ މައްސަލަ ތަކުރާރުވިޔަ ނުދިނުމަށާއި އަދި ފެން ރައްކާކުރެވޭނެ އެކަށީގެންވާ ސްޓޯރޭޖެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އައްޑޫގެ އާ އިންޖީނުގެ އަޅަން ބިން ހަމަޖައްސަނީ
އައްޑޫގެ ކަރަންޓު ޕްރޮޖެކްޓު ޗައިނާ ބަޔަކާ ހަވާލުކޮށްފި
އައްޑުއަށް އޮތް ހައްލަކީ 1.6 މެގަވޮޓުގެ ޖަނެރޭޓަރެއް
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑިއްޖެ
އައްޑޫގެ އެހީއާއެކު ފުވައްމުލަކު 2އަވަށަށް ކަރަންޓްދީފި
އައްޑުއަށް ސަޕްލައި ފެން ނުލިބޭތާ 3 ދުވަސް ވެއްޖެ
އައްޑު އަށް މިރޭ ފެން ދޫކުރަން ފެށޭނެ: ފެނަކަ
ފެނަކަ އިނދަޖެހިފައި، މުސާރަ ވެސް ދެވޭ ވަރެއް ނޫން!
އައްޑޫގައި ފަހުން ހެދި މަގުތައް އަލުން ކޮންނަނީ
ފެނަކައިގެ އޮފީހަކުން ފައިސާތަކެއް ގެއްލުނު މައްސަލައެއް