24 ޖުލައި 2024
އައްޑޫ ސިޓީގެ ރަށްތަކުން ކަރަންޓު ކެނޑެމުންދަނީ ޖެނެރޭޝަންގެ ކެޕޭސިޓީގެ މައްސަލައިގެ އިތުރުން މަގު ހަދާއިރު ކޭބަލަށް ތަކުރާރުކޮށް ގެއްލުން ލިބެމުންދާތީ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އައްޑޫ ސިޓީގެ ރަށްތަކުން ކަރަންޓު ކެނޑެމުންދަނީ ޖެނެރޭޝަންގެ ކެޕޭސިޓީގެ މައްސަލައިގެ އިތުރުން މަގު ހަދާއިރު ކޭބަލަށް ތަކުރާރުކޮށް ގެއްލުން ލިބެމުންދާތީ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅެން ދަތިވާ ވަރަށް ކަރަންޓު ކެނޑެމުންދާ ކަމަށް ބުނެ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
ކަރަންޓު ހާލަތު ބަޔާންކޮށް ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އައްޑޫއަށް ދިމާވެފައިވާ މައްސަލައަކީ ކަރަންޓު އުފައްދާނެ ކެޕޭސިޓީ ނެތުމާއި އައްޑޫގައި މަގު ހެދުމުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ އަތުން އެޗްވީ ކޭބަލާއި ނެޓްވޯކަށް ތަކުރާރުކޮށް ގެއްލުންވާތީ ކަމަށެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ހިތަދޫ ޕީސީއެސްއާ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ ހާދިސާތައް މީގެ ކުރިން ވެސް ދިމާވެފައިވާކަން ފާހަގަކޮށް، ފެނަކައިން ބުނީ އެންމެ ފުރަތަމަ އެފްކޮންސް އަތުން ކޭބަލް ހަލާކުވީ މި މަހުގެ ފުރަތަމަ ދުވަހު ކަމަށެވެ.
އިއްޔެ ދިމާވި މައްސަލައަކީ އޭގެ ފަހުން ނެޓްވޯކަށް ދިމާވާން ފެށި މައްސަލައެއް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އިއްޔެ ދިމާވި މައްސަލަ ތަކުރާރު ވެދާނެ ކަން ގަބޫލު ކުރާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ސަބަބުން ނެޓްވޯކަށް ދިމާވި މައްސަލަ އިތުރަށް ދިމާވެދާނެ ކަމަށް ގަބޫލު ކުރެވޭތީ އެކަން ހައްލު ކުރަން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ފެނަކައިން ދިނެވެ.
އެ ކުންފުނިން ބުނީ އައްޑޫގެ ޖެނެރޭޓަރު މަރާމާތު ކުރުމަށް ސްޕެއާ ޕާޓު ހޯދުމާއި 1.6 ވެގަވޯލްޓުގެ އާ ޖެނެރޭޓަރެއް އައްޑޫއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިދިޔަ އޭޕްރީލް މަހު ވަނީ އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. ފެނަކައިން ބުނެފައިވަނީ އެ މަޝްރޫއު ނިމުމުން އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ކުރިއަށް އޮތް 20 ވަރަކަށް އަހަރަށް ލިބިގެންދާނެ ކަމަށެވެ.
އައްޑޫގެ ގުޅިފައިވާރަށްތަކުން އަނެއްކާ ކަރަންޓު ކެނޑެނީ
ނުރައްކާތެރި ޓްރާންސްފޯމަރުތައް އެބަހުރި: އައްޑޫ ކައުންސިލް
އައްޑޫގައި ފަހުން ހެދި މަގުތައް އަލުން ކޮންނަނީ
އައްޑޫގެ އާ އިންޖީނުގެ އަޅަން ބިން ހަމަޖައްސަނީ
ކަރަންޓު މައްސަލަ ހައްލު ކުރަން އައްޑުއަށް ޖަނަރޭޓަރެއް
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"
އައްޑޫން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއް
ހަވީރުން ފެށިގެން އައްޑޫ ރަށްތަކުން ކަރަންޓު ކެނޑިފައި
އައްޑުއަށް އޮތް ހައްލަކީ 1.6 މެގަވޮޓުގެ ޖަނެރޭޓަރެއް
އައްޑޫ ފެނުގެ މައްސަލަ ހައްލުކޮށް، މިރޭ ފެން ދޫކުރާނެ