24 ޖުލައި 2024
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅެން ދަތިވާ ވަރަށް ކަރަންޓު ކެނޑެމުންދާ ކަމަށް ބުނެ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ދިރިއުޅެން ދަތިވާ ވަރަށް ކަރަންޓު ކެނޑެމުންދާ ކަމަށް ބުނެ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނީ، އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި 30،000 އަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅޭއިރު، ކަރަންޓުގެ ހިދުމަތް ފޯރު ކޮށްދިނުމުގައި ސަރުކާރުން އިހުމާލު ވެފައިވާ ކަމަށެވެ.
އޭގެ ސަބަބުން އެ ރަށްތަކުގެ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި ސްކޫލްތަކާއި އޮފީސްތަކުންނާއި ފިހާރަތަކުން ހިދުމަތް ނުދެވުމާއި ގޭގައި ގެންގުޅޭ ސާމާނު ހަލާކުވާ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ އެބައޮތް ކަމަށް ނާޒިލް ވިދާޅުވި އެވެ.
ކަރަންޓުގެ ހައްގުތައް ކެނޑުމަކީ އެހެނިހެން އަސާސީ ހައްގުތަކަށް އަސަރު ކުރާނެ ކަމެއް ކަމަށް މި ފަހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ބުނެފައިވާ ކަމަށާއި އެއީ މި މަޖިލީހުގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
ކަރަންޓު ކަނޑާލުމުގެ ކުރިން ރައްޔިތުންނަށް ނޯޓިސްއެއް ދޭން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް އެތައް ގަޑިއިރަކަށް ކޮންމެ ދުވަހަކު އެކި ފަހަރުގެ މަތިން ކަރަންޓު ކަނޑާލާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފަދަ ކަންކަމަށް ބޭނުންވާ ސިޔާސަތެއް ސަރުކާރުން ތަންފީޒު ކުރަމުން ނުގެންދާ ކަމަށާއި އައްޑޫގެ އިންޖީނުގެ މަރާމާތަށް ބޭނުންވާ ސާމާނު ވެސް ފޯރުކޮށް ނުދޭތާ ހަތް މަސް ދުވަސް ވެފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.
އެ ކުއްލި މައްސަލަ އަށް ބަހުސް ކުރަން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ 57 މެންބަރުންގެ އިއްތިފާގުން އެ މައްސަލަ ފާސްވި އެވެ.
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"
އައްޑޫގައި އާ އިންޖީނުގެއެއް އަޅަން ބޮޑު މަޝްރޫއެއް
އައްޑޫން ކަރަންޓު ދާތީ ފެނަކައިގެ ވެރިން ހާޒިރުކުރަނީ
އައްޑޫގެ ގުޅިފައިވާރަށްތަކުން އަނެއްކާ ކަރަންޓު ކެނޑެނީ
ކަރަންޓު މައްސަލަ ހައްލު ކުރަން އައްޑުއަށް ޖަނަރޭޓަރެއް
ކަރަންޓު ކެނޑެނީ މަގު ހަދާއިރު ކޭބަލަށް ގެއްލުންވާތީ
ހަވީރުން ފެށިގެން އައްޑޫ ރަށްތަކުން ކަރަންޓު ކެނޑިފައި
"މަސްވެރިންނަށް ފައިސާ ހޯދަދޭން މަސައްކަތް ކުރާނަން"
އައްޑޫ ފެނުގެ ހިދުމަތް މެދުކެނޑޭ މައްސަލަ މަޖިލީހަށް!
އައްޑުއަށް އޮތް ހައްލަކީ 1.6 މެގަވޮޓުގެ ޖަނެރޭޓަރެއް