10 އޮކްޓޯބަރ 2017
އައްޑޫން ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާތީ ފެނަކަ ކޯޕަރޭޝަންގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.
އައްޑޫން ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާތީ ފެނަކަ ކޯޕަރޭޝަންގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.
ފެނަކައިގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ އެ ކޮމިޓީގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.
އިދިކޮޅު އެމްޑީޕީގެ ތިން މެމްބަރުންގެ ސިޓީގައި ވަނީ އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކޮންމެ ދުވަހަކު ވެސް، އެތައް ފަހަރެއްގެ މަތިން ކަރަންޓު ދާތީ ރައްޔިތުންނަށް ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން ގޭގައި ގެންގުޅޭ ބައެއް ސާމާނުތައް ހަލާކުވުމާއި ފެން ލިބުމުގައި ދަތިވެ، ކޮންމެ ދުވަހަކު ވެސް، އެތައް ގަޑިއިރެއް ވަންދެން އަނދިރީގައި ތިބެން ޖެހޭ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން ތިން ބޭފުޅުން ވިދާޅުވީ މިއީ އޯލެވެލް އިމްތިހާނު ހިނގަމުން އަންނަ ދުވަސްވަރަކަށް ވާތީ ކަރަންޓު ނެތުމުގެ ސަބަބުން ދަރިވަރުންނަށް ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
ސިޓީގައި އެދިފައި ވަނީ މައްސަލައަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ބާރު އެޅުމަށާއި އެކަން ތަކުރާރުވިޔަ ނުދިނުމަށް ފެނަކައިން ކުރަމުން އަންނަ މަސައްކަތްތަކަކީ ކޮބައިތޯ ބަލަން ބޭނުންވާ ކަމަށެވެ.
ކަރަންޓު ކެނޑޭ މައްސަލާގައި ފެނަކަ އިން ގޭބިސީތަކަށް ފޮނުވި ނޯޓިހެއްގައި ބުނެފައިވާ ގޮތުގައި ތިން އިންޖީނަކަށް ޓެކްނިކަލް މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ. އަދި އެކަން ހައްލުކުރުމުގެ މަސައްކަތް ނިމެންދެން ރޭގަނޑާއި ދުވާލުގެ އެކި ގަޑިތަކުގައި އެއް ގަޑިއިރަށް ކަރަންޓު ކަނޑާނެ ކަމަށް ބުނެފައިވެ އެވެ.
އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރަަން އިތުރު ޖެނެރޭޓަރެއް ވެސް މިހާރު ވަނީ ގެންގޮސްފަ އެވެ.
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"
އައްޑޫން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއް
އައްޑޫގައި އާ އިންޖީނުގެއެއް އަޅަން ބޮޑު މަޝްރޫއެއް
އައްޑޫގެ ގުޅިފައިވާރަށްތަކުން އަނެއްކާ ކަރަންޓު ކެނޑެނީ
ކަރަންޓު މައްސަލަ ހައްލު ކުރަން އައްޑުއަށް ޖަނަރޭޓަރެއް
ކަރަންޓު ކެނޑެނީ މަގު ހަދާއިރު ކޭބަލަށް ގެއްލުންވާތީ
ހަވީރުން ފެށިގެން އައްޑޫ ރަށްތަކުން ކަރަންޓު ކެނޑިފައި
އައްޑުއަށް އޮތް ހައްލަކީ 1.6 މެގަވޮޓުގެ ޖަނެރޭޓަރެއް
ރަށްރަށުގެ ކަރަންޓު އަގުހެޔޮކުރަން ހަ މަސްދުވަސް ދީފި
އައްޑު އަށް އިތުރު ޖަނަރޭޓަރުތަކެއް ގެންދަނީ