Roadha Mihaaru
އޯޓް ބުއިމެއްގެ ބެޗަކުން ދަގަނޑުކޮޅުތަކެއް

އޯޓް ބުއިމެއްގެ ބެޗަކުން ދަގަނޑުކޮޅުތަކެއް

28 މާޗް 2019

އޯޓްލީ ޔޫކޭ ލިމިޓެޑުން ތައްޔާރުކުރާ "އޯޓް ޑްރިންކް ހޯލް" ގެ ބެޗަކުން ދަގަނޑުކޮޅުތަކެއް ފެނިގެން އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޯޓްލީ ޔޫކޭ ލިމިޓެޑުން ތައްޔާރުކުރާ "އޯޓް ޑްރިންކް ހޯލް" ގެ ބެޗަކުން ދަގަނޑުކޮޅުތަކެއް ފެނިގެން އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ފުޑް ސްޓޭންޑާޑްސް އެޖެންސީ (އެފްއެސްއޭ) އިން ބުނި ގޮތުގައި ދަގަނޑު ހުރިކަން ފާހަގަ ކުރެވިފައި ވަނީ އަންނަ މަހުގެ ކުރިން ބޭނުންކުރަން ނެރެފައިވާ އެއް ލީޓަރުގެ ޕެކެޓްތަކުގެ ބެޗުންނެވެ. އެހެންވެ އެ ސްޓޮކް ވިއްކަން ހުރި ތަންތަނުން އެ ނެގުމަށާއި "އޯޓް ޑްރިންކް ހޯލް" ޕެކެޓް ގަންނަ އިރު ކަސްޓަމަރުން ވެސް ސަމާލުވާން ވަނީ އަންގައިފަ އެވެ.

އެފްއެސްއޭ އިން ބުނި ގޮތުގައި އޯޓް ބުއިމަށް ދަގަނޑު އެޅުނީ މެޝިނެއް ހަލާކުވެފައި ހުރުމުގެ ސަބަބުންނެވެ.

މިކަމާ ބެހޭ ގޮތުން އޯޓްލީ ޔޫކޭ ލިމިޓެޑުން ބުނީ "އޯޓް ޑްރިންކް ހޯލް" ގެ ބެޗަކަށް ދަގަނޑު ފެނުނު ނަމަވެސް އެއިން ލިބިދާނެ ގެއްލުން ކުޑަ ކަމަށެވެ. ނަމަވެސް އެންމެ މުހިއްމީ ރައްކާތެރިވުން ކަމަށް ބުންޏެވެ.

އޯޓްލީ ޔޫކޭ ލިމިޓެޑަކީ މައިގަނޑު ގޮތެއްގައި އޯޓް ބޭނުންކޮށްގެން ތަފާތު އުފެއްދުންތައް ނެރޭ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނި މަޝްހޫރުވެފައި ވަނީ "ޑެއިރީ-ފްރީ" ކިރު އުފައްދާ ކުންފުންޏެއްގެ ގޮތުގަ އެވެ.