Roadha Mihaaru
50-50 ހަމަހަމަކޮށް ވިސްނުން

50-50 ހަމަހަމަކޮށް ވިސްނުން

08 މާޗް 2019

[އަޅުގަނޑު ބޭނުމީ ޑިފެންސް މިނިސްޓަރަށް ވާން!" ކުލާހުގައި އިން އަންހެން ދަރިވަރަކު ވަރަށް ސާބިތުކަމާ އެކު ބުނެލި އެވެ. އެއީ 2016 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އަމީނިއްޔާ ސްކޫލުގެ ދަރިވަރުންނާ ބައްދަލުކޮށް އަންހެން ލީޑަރެއްގެ ގޮތުގައި އަޅުގަނޑު ކޮށްފައިވާ ތަޖުރިބާތައް ހިއްސާކޮށްލަން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން، އެކުދިން ބޮޑުވެގެން ވާން ބޭނުންވަނީ ކޮން ކަހަލަ މީހަކަށްތޯ އަޅުގަނޑު ސުވާލުކުރުމުން އެތަނުން އެއް ކުއްޖެއްގެ ފަރާތުން ލިބުނު ޖަވާބެވެ. އަޅުގަނޑު ނަމަ، އެއީ އެ އުމުރުގައި ހިތަށް ވެސް އަރާފާނެ ކަމެއް ނޫނެވެ.

[އަޅުގަނޑު ބޭނުމީ ޑިފެންސް މިނިސްޓަރަށް ވާން!" ކުލާހުގައި އިން އަންހެން ދަރިވަރަކު ވަރަށް ސާބިތުކަމާ އެކު ބުނެލި އެވެ. އެއީ 2016 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އަމީނިއްޔާ ސްކޫލުގެ ދަރިވަރުންނާ ބައްދަލުކޮށް އަންހެން ލީޑަރެއްގެ ގޮތުގައި އަޅުގަނޑު ކޮށްފައިވާ ތަޖުރިބާތައް ހިއްސާކޮށްލަން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން، އެކުދިން ބޮޑުވެގެން ވާން ބޭނުންވަނީ ކޮން ކަހަލަ މީހަކަށްތޯ އަޅުގަނޑު ސުވާލުކުރުމުން އެތަނުން އެއް ކުއްޖެއްގެ ފަރާތުން ލިބުނު ޖަވާބެވެ. އަޅުގަނޑު ނަމަ، އެއީ އެ އުމުރުގައި ހިތަށް ވެސް އަރާފާނެ ކަމެއް ނޫނެވެ.

މިއަދު އޭގެ ތިން އަހަރު ފަހުން، އަޅުގަނޑަށް އެ ދަރިވަރު އަދި އެ ދަރިވަރު އެދިން އާދަޔާ ޚިލާފު ޖަވާބުގެ މަތިން ހަނދާން އާވެގެން ދިޔައީ ރާއްޖޭގެ ފުރުތަމަ އަންހެން ޑިފެންސް މިނިސްޓަރު އައްޔަންކުރުމާ ގުޅިގެންނެވެ. އަދި އަންހެނުންގެ ހިއްސާ ދިވެހިރާއްޖޭގެ ކެބިނެޓުގައި 32 ޕަސެންޓަށް އިތުރު ވެގެންދިޔުމާ ގުޅިގެންނެވެ. މިއީ ހަޤީގަތުގައި ވެސް ރާއްޖެއަށް ތާރީޚީ ވަގުތުކޮޅެކެވެ. އަދި މުޅި ދުނިޔެއަށް ދިވެހިން ދެއްކި ވަރުގަދަ މިސާލެއް ވެސް މެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވަޒީރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި 30-35 ޕަސެންޓްގެ ނިސްބަތަކަށް އަންހެނުން ބައިވެރިވާ މިންވަރު ހާސިލުކޮށްފައިވަނީ މުޅި ދުނިޔެއިން ވެސް އެންމެ 10 ގައުމަކަށެވެ. އަދި މިވަގުތު ރާއްޖޭގެ އިތުރުން މި ސަރަހައްދަށް ބަލާއިރު ޑިފެންސް މިނިސްޓަރުގެ މަގާމު އަންހެން ބޭފުޅަކު ފުރުއްވަމުންދަނީ އިންޑިއާ އާއި ބަންގްލަދޭޝްގައި އެކަންޏެވެ. ރާއްޖޭގެ ޑިފެންސް މިނިސްޓަރަކަށް އަންހެން ބޭފުޅަކު އައްޔަންކުރުމުން އަޅުގަނޑު އެންމެ ބޮޑަށް ހިތަށްއަރަނީ އަޅުގަނޑާ ބައްދަލުވި އަމީނިއްޔާ ސްކޫލްގެ އެދަރިވަރުގެ މަތިންނެވެ. އަދި މިއަދުގެ މިހާލަތަކީ އެދަރިވަރުގެ އުންމީދު ހާސިލުކުރަން ލިބޭނޭ ހިތްވަރެއް ކަމާ މެދު އެވެ.

ރާއްޖޭގައި އެންމެ ފަހުން ހެދި "ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭ (ހަޔަސް)" ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވަޒީފާގެ މައިދާނުގައި މެނޭޖަރުންނާއި އެހެނިހެން އިސް މަޤާމުތައް ފުރުއްވާ މީހުންގެ ތެރެއިން އަންހެނުން ހިއްސާވާ މިންވަރަކީ އެންމެ 19.5 ޕަސެންޓެވެ. ސިޔާސީ މައިދާނަށް ބަލާއިރު މި ފަރަގު އަދި އެއަށް ވުރެ ވެސް ބޮޑެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގައި އަންހެނުން ނިސްބަތްވާ އަދަދު ހަ ޕަސެންޓްގައި ހުރިއިރު، ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލުކުރަނީ އެންމެ ޕަސެންޓެވެ. ދެ ފަހަރެއްގެ މަތިން ބޭއްވި އިންތިހާބުތަކަށް ފަހުގައި ވެސް މި ނިސްބަތަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

އަޅުގަނޑަށް ރާއްޖޭގައި މި ހޭދަކުރި ދުވަސްތަކުގައި، ވަރަށް ޖޯޝާ އެކު އެމީހުންގެ ރަށުގައި ހުރި މައްސަލަތަކާއި، ރަށުގެ ތަފާތު ޕްރޮޖެކްޓްތަކާއި ރަށުގެ ތަރައްގީއަށް ކުރާ ތަސައްވަރުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ ވަރަށް ގިނަ އަންހެން ކުދިންނާއި އަންހެނުންނާ ދިމާވެފައި އެބަ ހުއްޓެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ބެލި ނަމަވެސް، އޭގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ. ޕާޓީތަކުން ބޮޑެތި އިންތިހާބުތައް ކާމިޔާބުކުރާއިރު، އެ ކާމިޔާބީގެ ފަހަތުގައި ގިނަ އަދަދެއްގެ އަންހެނުންގެ ހިއްސާ އާއި މަސައްކަތް ހިމެނެ އެވެ. ކަން މިހެން އޮތްއިރު، ބާރުވެރި މަގާމުތަކުގައި އަންހެނުން ތިބުމަށް ނުވަތަ އަންހެނުން ތަމްސީލުވާ މިންވަރު އިތުރުކުރުމަށް ހުރަސްތައް ހުރިކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަ ޖެހެ އެވެ.

އަންހެނުންގެ ހިއްސާ އާއި ބައިވެރިވުން ދުނިޔޭގައި އިތުރުކުރަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ ފެންނަން ހުރި ހެކިތައް ކިތަންމެހާ ވެސް ވަރުގަދަވެފައި ސާފެވެ: މިންތީގެ ހަމަހަމަކަން ކަށަވަރުކުރެވި، އަންހެނުންގެ ބައިވެރިވުން ސިޔާސީ މައިދާނުގައި ފުޅާވުމުން ގައުމުތަކުގެ ތަރައްގީއަށާއި ރައްޔިތުންނަށް ހެޔޮ ބަދަލު އާދެ އެވެ. އެފަދަ ގައުމުތަކުގެ އިޖްތިމާޢީ އަދި އިޤްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިވެގެން ދަނީ އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރިކޮށް، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރަން ތަފާތުކުރުން ނައްތާލުމަށް ބާރުއަޅާ ގާނޫނުތައް ތަންފީޒުކޮށް އިޖްތިމާޢީ ޚިދުމަތްތަކާއި މާލީ ފުދުންތެރިކަން އިތުރުކުރަން އިސްކަންދީގެންނެވެ.

އަންހެނުން ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ: ރައީސް ވަނީ އަންހެނުން ބާރުވެރިކުރުވަން ސަރުކާރުން އަޅާނެ ފިޔަވަޅުތަކެއް އިއުލާންކުރައްވާފައި ،.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އަންހެނުން ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ: ރައީސް ވަނީ އަންހެނުން ބާރުވެރިކުރުވަން ސަރުކާރުން އަޅާނެ ފިޔަވަޅުތަކެއް އިއުލާންކުރައްވާފައި ،.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތުތައް ލިއްބައިދޭ މާހައުލެއް ގާއިމުކުރާނީ ކިހިނެއް ހެއްޔެވެ؟ ސިޔާސީ މަގާމުތަކުގައި އަންހެނުންނަށް ހާއްސަ ކޯޓާ ހިމެނުމަކީ އަންހެނުން އިންތިޚާބީ މަގާމުތަކަށް ހޮވޭ ނިސްބަތް އިތުރުކުރަން އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. މިގޮތުން ގާނޫނު އަސާސީ އާއި ގާނޫނުތަކުން ކަށަވަރުކޮށްދޭ ކޯޓާތަކާއި، އަދި ސިޔާސީ ޕާޓީތަކުން އަންހެން ކެންޑިޑޭޓުންނަށް ހާއްސަކުރާ ކޯޓާތައް ދުނިޔޭގެ ގައުމުތަކުގައި ގެންގުޅެ އެވެ. މިގޮތުން އެފްރިކާ ބައްރުގެ ގައުމެއް ކަމަށް ވާ ރުވާންޑާގެ ޕާލިމެންޓުގައި 61 ޕަސެންޓް އަންހެނުން ހިމެނޭއިރު، އެއީ އެ ގައުމުގައި ކަނޑައަޅާފައިވާ 30 ޕަސެންޓްގެ ކޯޓާއަށް ވުރެ މާ ބޮޑު ތަނުން އިތުރު މިންވަރެކެވެ. އަފްގާނިސްތާނުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ހާއްސަ ކޯޓާ ކަނޑައެޅުމުން މުޖްތަމަޢުގައި އަންހެނުންގެ ބައިވެރިވުން ބޮޑުވެ އިގުތިސާދީ ހަރަކާތްތައް އިތުރުވެގެން ދިޔަ އެވެ. ރާއްޖެއާ އެންމެ ކައިރިން އަވައްޓެރި އިންޑިއާއަށް ބަލާއިރު، އަންހެނުންނަށް ހާއްސަ ކޯޓާއެއް ކަނޑައެޅުމުން، ޖިނާއީ ކުށްތަކުގެ ޝިކާރައަކަށް ވާ އަންހެނުންގެ ނިސްބަތް ދަށަށް ގޮސް ކުޑަކުދިންގެ ސިއްޙީ ދުޅަހެޔޮކަމާއި ތައުލީމު ކުރިއެރި އެވެ.

މިގޮތުން ބަލާއިރު، ރާއްޖެ މިވަގުތު މިއޮތީ މުހިންމު ފައްތަރެއްގަ އެވެ. އިއްޔެ ބޭއްވި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހިންމު ހަބަރެއް ވަނީ ދެއްވައިފަ އެވެ. އެއީ މިހާރު ކުރިއަށްދާ ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތުގައި، ކައުންސިލްތަކަށް ކުރިމަތިލާ އަންހެން ކެންޑިޑޭޓުންނަށް ހާއްސަ ކޯޓާއެއް ކަނޑައަޅުއްވާނެ ކަމުގެ ޚަބަރެވެ. އެތައް ފަހަރެއްގެ މަތިން ނާކާމިޔާބުވި ގިނަގުނަ މަސައްކަތްތަކަކަށް ފަހު، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް މިއަދު މި ލިބިގެން ދިޔައީ ތާރީޚީ މުހިންމު ނިންމުމެއް ނިންމުމުގެ ފުރުސަތެކެވެ. ރައްޔިތުން ތަމްސީލުކުރާ މަގާމުތަކުގައި މިންތީގެ ހަމަހަމަކަން ކަށަވަރުކޮށް، އަންހެން ބޭފުޅުން ވެސް މޭޒު ދޮށަށް ގެންނަން ލިބޭ ފުރުސަތެކެވެ.

ކުރިއަށް އޮތް ހަތަރު ހަފްތާގެ ތެރޭގައި ދިވެހިން އަނެއްކާވެސް ވޯޓު ފޮށިތައް ދޮށަށް ދާނެ އެވެ. ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށްޓަކަ އެވެ. ތިޔަ ބޭފުޅުން، ތިޔަ ބޭފުޅުން ކޮންމެ ދުވަހަކުމެ ތަހައްމަލުކުރަމުން ގެންދާ ކަންކަމާ މެދު ވަކާލާތުކުރާނެ ކެންޑިޑޭޓަކު ނިންމަވައިފިންތޯ އެވެ؟ ގެވެށި އަނިޔާ އާއި ޖިންސީ ފުރައްސާރަކުރުމާ ދެކޮޅަށް ވަކާލާތުކުރަނީ ކޮން ކެނޑިޑޭޓެއްތޯ އެވެ؟ މިހާރުގެ މިވަގުތަކީ، ތިޔަ ބޭފުޅުން ތިޔަ ބޭފުޅުންގެ ކެންޑިޑޭޓުންގެ ގާތުން، އެ ކެންޑިޑޭޓުން އިންތިޚާބުވެއްޖެ ނަމަ މިންތީގެ ހަމަހަމަކަން އާ ގާނޫނުތަކުގައި އިސްކުރާނީ ކިހާ މިންވަރަކަށްތޯ ސުވާލުކޮށްލަން ލިބޭ ރަނގަޅު ފުރުސަތެކެވެ. އެ ކެންޑިޑޭޓުން އިންތިޚާބުވެއްޖެ ނަމަ، ޒުވާން އަންހެންކުދިންނާއި އަންހެނުން ބާރުވެރިކުރުމަށް ކުރާނީ ކޮން ކަމެއްތޯ ސުވާލުކޮށްލުމަށް ވެސް ލިބޭ ރަނގަޅު ފުރުސަތެކެވެ. ހަނދުމަފުޅު ބަހައްޓަވާށެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ އިންތިހާބުގައި ވާދަކުރާ ޖުމްލަ ކެންޑިޑޭޓުންގެ ތެރެއިން އަންހެނުން ހިއްސާކުރަނީ އެންމެ ޕަސެންޓެވެ. މަޖިލީހުގައި އަންހެނުން ނިސްބަތްވާ މިންވަރު ފަސް ޕަސެންޓަށް ވުރެ އިތުރުކުރަން ދޭ ވޯޓަކީ ތިޔަބޭފުޅުން ދެއްވާ ވޯޓު ކަމަށް ހައްދަވަމާ ހިނގާށެވެ.

ހަމަ ޔަޤީނުން ވެސް އަޅުގަނޑު ފަޚުރުވެރިވަނީ، މުޅި ދުނިޔޭގެ ޔޫއެންޑީޕީ އޮފީސްތަކުގެ އެންމެ އިސް މަގާމުތަކުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރި އަހަރަކަށް މި އަހަރު ވެގެންދާތީ އެވެ. އަދި މިކަން ވެގެންދަނީ އދ. އިން މިންތީގެ ހަމަހަމަކަމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް ކުރާ މުހިންމު މަސައްކަތުގެ އަލިގަދަ ހެއްކަކަށެވެ. އދ.ގެ ހިންގުމުގެ އެންމެ އިސް ގްރޫޕްތަކުގައި، 2018 ގައި، މިންތީގެ ހަމަހަމަކަން ވަނީ ގާއިމްކޮށްފަ އެވެ. މިއީ އދ.ގެ 72 އަހަރުގެ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް ހާސިލުކުރި ކަމެކެވެ.

އަޅުގަނޑުމެން ހަގީގަތުގައި ވެސް ދެމެހެއްޓެނިވި ތަރައްގީ ހޯދަން އެދޭ ނަމަ، މުހިންމު ނިންމުންތައް ނިންމޭ މަރުހަލާތަކުގައި އަންހެނުންނަށް ފުރިހަމަ ހިއްސާ އާއި ބައިވެރިވުން ލިބިދޭން ކޮންމެހެން ވެސް މަސައްކަތްކުރަން ޖެހެ އެވެ. މިކަމަށް ފިރިހެނުންނާއި އަންހެނުން އެކުގައި މަސައްކަތް ކުރަން އެބަ ޖެހެ އެވެ. ސާބިތުކަމާ އެކު ބާރުވެރި ގައުމެއް ބިނާކޮށް ދަމަހައްޓަން އަންހެނުންގެ ހުނަރާއި ފަންނުވެރިކަން އިތުރުކުރެވޭނޭ ގޮތްތަކެއް ބަލައި ތައާރަފުކުރަމާތޯ އެވެ. ޒުވާން އަންހެން ކުދިންނާއި އަންހެނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހުރަސްތައް މުޅި ދުނިޔެއިން ނެތިކޮށްލާނޭ ޖީލަކީ އަޅުގަނޑުމެންގެ މިޖީލު ކަމުގައި ހަދަމާތޯ އެވެ.

އެޑިޓަރުގެ ނޯޓު

ޝޯކޯ ނޯޑޯ އަކީ ރާއްޖޭގައި ހުންނަވާ އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރު އަދި ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އެވެ. އޭނާ ގެންދަނީ ބައެއް ކަންކަމާ ގުޅޭ ގޮތުން ލިއުއްވުންތައް ލިއުއްވަމުންނެވެ. އެގޮތުން މިއީ މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން ލިއުއްވި ލިއުއްވުމެކެވެ.