10 ސެޕްޓެމްބަރ 2018
އަންހެނުންނަށް ލިބެމުންދާ އަނިޔާތަކާއި އެމީހުންނަށް ކުރާ ތަފާތުކުރުންތަކުގެ ވާހަކައަކީ އަބަދު ވެސް ދައްކަމުންދާ ވާހަކަ އެކެވެ. އަހަރެމެންނަށް ނޭނގި ނުވަތަ އެއްވެސް އިހުސާސެއް ނެތި ވެސް އެއީ އަބަދު ހިނގާ ކަމެކެވެ. މިފަހަރު އެފަދަ އަނިޔާގެ ވާހަކަ މި ކިޔަައިދެނީ ޔޫއެންޑީޕީ އާއި ދިރާގާ ގުޅިގެން ކުރިއަށްގެންދިޔަ "ފިލްމް ފޯ ޗޭންޖް" އަށް ތައްޔާރުކުރި މި ކުރު ފިލްމުންނެވެ.
އަންހެނުންނަށް ލިބެމުންދާ އަނިޔާތަކާއި އެމީހުންނަށް ކުރާ ތަފާތުކުރުންތަކުގެ ވާހަކައަކީ އަބަދު ވެސް ދައްކަމުންދާ ވާހަކަ އެކެވެ. އަހަރެމެންނަށް ނޭނގި ނުވަތަ އެއްވެސް އިހުސާސެއް ނެތި ވެސް އެއީ އަބަދު ހިނގާ ކަމެކެވެ. މިފަހަރު އެފަދަ އަނިޔާގެ ވާހަކަ މި ކިޔަައިދެނީ ޔޫއެންޑީޕީ އާއި ދިރާގާ ގުޅިގެން ކުރިއަށްގެންދިޔަ "ފިލްމް ފޯ ޗޭންޖް" އަށް ތައްޔާރުކުރި މި ކުރު ފިލްމުންނެވެ.
ސަސްޓެއިނަބްލް ޑިވެލޮޕްމަންޓްގެ ފަސް ވަނަ ގޯލު ކަމަށްވާ ޖެންޑާ އީކުއަލިޓީ ނުވަތަ މިންތީގެ ހަމަހަމަކަމުގެ މައްޗަށް ހެދި "ބިލާހު" ތައްޔާރުކުރުމުގައި އުޅުނު ފާތިމަތު ނަފްހާ އާސިމް ބުނީ ފަސް މިނެޓުގެ އެ ވީޑިއޯގައި ފުރަތަމަ ދައްކައިދޭނީ، އެ އަންހެނުން މުޖުތަމައުގެ ކަންތައްތައް އޮންނަން ބޭނުންވާ ގޮތާ ގުޅޭ ގޮތުންނެވެ.
އެ މަންޒަރުތަކުގައި، ފިރިމީހާގެ ފަރާތުން ހިތްހެޔޮކަމާއި މަގުމަތީގައި އުޅޭއިރު އެހެން މީހުންގެ ފަރާތުން ޖެއްސުންކުރުން ފަދަ ކަންތައްތަކެއް ދިމައެއް ނުވާނެ އެވެ. ނަމަވެސް އަސްލު ހަގީގަތުގައި ކަން ދިމާވަނީ އެ ބިލާހު ނުވަތަ ހުވަފެންތަކާ އިދިކޮޅަށެވެ.
"ފުރަތަމަ ދައްކައިދޭނީ އެ އަންހެނުންނާ މެދު މުޖުތަމައު ކަންތައް ކުރަން ބޭނުންވާ ގޮތް ހުވަފެނެއް ކަހަލަ ގޮތަކަށް. އެކަމަކު އަސްލު ހަގީގަތުގައި ކަން ދިމާވަނީ އެހެންނެއް ނޫން. ފިރިމީހާގެ ފަރާތުން އަނިޔާ އާއި މަގުމަތީގައި އުޅޭއިރު ޖެއްސުންކުރުން ފަދަ ކަންތައް މި ދިމާވަނީ،" ނަފްހާ ބުންޏެވެ.
ދެ ހަފުތާގެ ތެރޭގައި ތައްޔާރުކުރި އެ ފިލްމުގެ ހުރިހާ މަންޒަރެއް ވެސް ނަގާފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި، ފޯނު ބޭނުންކޮށްގެންނެވެ.
އދ. ގެ އަންހެނުންނާއި ވޯލްޑް ހެލްތް އޯގަނިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގެ 35 ޕަސެންޓް އަންހެނުންނަކީ އުމުރުގެ ކޮންމެ ވެސް ހިސާބެއްގައި އަނިޔާއެއް ތަހަމައްމަލުކޮށްފައިވާ ބައެއްކަމަށް ލަފާ ކުރެވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ އެ އަނިޔާގެ ސަބަބުން މަރުވެފައި ކަމަށް ވެސް އދ. އިން ބުންޏެވެ.
ރާއްޖޭގައި އެހާ އާއްމު ނުވިކަމުގައި ވިއަސް ފަގީރު ގައުމުތަކުގައި ކުޑަކުދިން ކައިވެނިކުރުމަކީ އާއްމުވެފައިވާ ބޮޑު މައްސަލައެކެވެ. ލަސް ސްޕީޑެއްގައި ނަމަވެސް ކުޑަކުދިން ކައިވެނިކުރުވާ އަދަދު މަދުވަމުން އަންނަ ކަން އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.
ގޮތް ނިންމާ ނުވަތަ އިސް މަގާމުތަކުގައި އަދި ވެސް އަންހެނުންނަށް ހަމަހަމަ ފުރުސަތު ނުދޭކަމަށް އދ. އިން ދެކެ އެވެ. ދުނިޔޭގެ 67 ގައުމަކުން 2009-2015 އާ ހަމައަށް އެއްކުރި މައުލޫމާތުތަކުން، އިސް މަގާމުތައް ނުވަތަ ހިންގުމުގެ މެދު ފަންތީގެ މަގާމުތަކުގައި ތިބި އަންހެނުންގެ އަދަދު ތިން ބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދެވެ.
އެހެންވެ މިފަދަ ކުރު ފިލްމުތަކުން މުޖުތަމައު ހޭލުންތެރިކުރުވުމަކީ ޔޫއެންޑީޕީގެ މުހިއްމު އެއް މަސައްކަތެެވެ.
ކޮލަމް: އަންހެނުންގެ ހައްގު، ފިރިހެނުންގެ ޒިންމާ
ދިވެހިންނަށް އިންޒާރެއް: ފަރުވާކުޑަކުރެވޭނެ ކަމެއް ނޫން
އަންހެނުން "ރަތް ފިޔަ"އާ ގުޅެން ނަހުލާ އެދިއްޖެ
50-50 ހަމަހަމަކޮށް ވިސްނުން
ވިލުނޫ: ކަނޑާ ގުޅޭ މުހިއްމު މެސެޖެއް
ރަނގަޅު ތައުލީމެއްގެ މުހިއްމުކަން ކުރު ފިލްމަކުން
21 ބައިވެރިންނާއެކު "ފިލްމް ފޯ ޗޭންޖް" ފަށައިފި
"ޑިމޮކްރަސީ ކުރިއަރާނީ ޖިންސުގެ ހަމަހަމަކަން އޮވެގެން"
މަޖިލިހަށް އަންހެނުން ނެރެން ސްޕޮންސާއަށް އެދިއްޖެ
ޖިންސީ ހަމަހަމަކަން ހޯދަން އަދި 131 އަހަރު ހޭދަވާނެ