އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ދަށުން އުފައްދާފައި އޮންނަ، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިޔޫ) އަށް ރާއްޖެ މިއަދު އިންތިހާބުވެއްޖެ އެވެ.
04 އެޕްރީލް 2025
އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ދަށުން އުފައްދާފައި އޮންނަ، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިޔޫ) އަށް ރާއްޖެ މިއަދު އިންތިހާބުވެއްޖެ އެވެ.
އިކޮސޮކްގައި މިއަދު ބޭއްވި އިންތިހާބު ރާއްޖޭން ކާމިޔާބުކޮށްފައިވާއިރު، މިއީ އަންހެނުންގެ ކޮމިޝަނުގައި ރާއްޖެ ތަމްސީލްކުރާނެ ފުރަތަމަ ފަހަރެވެ.
ރާއްޖެ އިންތިހާބުވެފައިވަނީ ކޮމިޝަންގެ 2026 އިން ފެށިގެން 2030 އަށް ކުރިއަށް ދާނެ ދައުރަށެވެ.
އދ. ގައި ހުންނަ ރާއްޖޭގެ މިޝަން އިން ނެރުނު ބަޔާނެއްގައި ބުނީ، އަންހެނުންގެ ބާރުވެރިކޮށް ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް މި ސަރުކާރުން ގެންގުޅޭ ވަރުގަދަ ސިޔާސަތުގެ ދަށުން ސީއެސްޑަބްލިޔުއަށް ރާއްޖެއިން ކުރިމަތިލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ކަމަށެވެ.
މިއީ އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށާއި ބާރުވެރިކުރުމުގެ އަޒުމުގައި އެޅި ވަރުގަދަ ފިޔަވަޅެއް ކަމަށާއި މި ކޮމިޝަނަށް އިންތިހާބުވުމާއެކު މި ދާއިރާއިން ރާއްޖޭގެ އަޑު އިތުރަށް ގަދަ ވެގެން ދާނެ ކަމަށް އެ މިޝަނުން ބުނެފައިވެ އެވެ.
ފާއިތުވީ އަހަރުތަކުގައި މިންތީގެ ހަމަހަމަކަމަށް ރާއްޖޭން ގިނަ ސިޔާސަތުތަކަކާއި ގާނޫނުތަކެއް އެކުލަވާލާފައިވާ ކަން ފާހަގަކޮށް އެ މިޝަނުން އިތުރަށް ބުނީ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ތަޖުރިބާއާ އެކު ސީއެސްޑަބްލިޔުގެ ސިޔާސަތުތައް އެކުލަވާލުމުގައި ރާއްޖޭގެ ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމަށެވެ.
މި ކޮމިޝަން 1946 ވަނަ އަހަރު އުފެދިފައިވަނީ ސިޔާސީ، އިގްތިސާދީ، އިޖްތިމާއީ އަދި ތައުލީމީ ދާއިރާތަކުގައި އަންހެނުންގެ ހައްގުތައް ކުރިއެރުވުމާއި، އަވަސް ހައްލެއް ބޭނުންވާ އަންހެނުންގެ ހައްގުތަކާ ގުޅޭ މައްސަލަތަކާ ގުޅޭގޮތުން އިކޮސޮކް އަށް ލަފާ ދިނުމަށް މަސައްކަތްކުރާ ކޮމިޝަނެއްގެ ގޮތުގަ އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބައިނަލްއަގުވާމީ އިންތިހާބެއްގައި ވާދަކޮށް ރާއްޖޭން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
އދ.ގެ އެސްޖީއަށް އަންހެނަކު ހޮވަން ޝާހިދު ގޮވާލަައިފި
އަންހެނުންނަކީ ކޮބައިކަން ޔޫކޭގެ ކޯޓުން ކަނޑައަޅައިފި
"ބޭނުންވަނީ އެންމެން ބައިވެރިވާ ޑިޖިޓަލް އިގުތިސާދެއް"
މާކަނޑު ހިމާޔަތްކުރުމުގެ މުއާހަދާގައި ސޮއިކޮށްފި
1.29 މިލިއަން ޑޮލަރުގެ އެހީއެއް ފަލަސްތީނަށް ދެނީ
އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކުރަން ގޮވާލައިފި
އދ. އިސްލާހުކުރަން އިސްނަގަން ޒަމީރު ގޮވާލައްވައިފި
ރާއްޖޭން އެދުނީ އިޒުރޭލަށް ހަރުކަށި ފިޔަވަޅު އަޅަން
މަޖިލިހަށް އަންހެނުން ނެރެން ސްޕޮންސާއަށް އެދިއްޖެ
ދެ ޖިންސުގެ ހަމަހަމަކަން: ރާއްޖެ 7 ދަރަޖަ ފަހަތަށް