އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކުރުމަށް ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގައި ގޮވާލައިފި އެވެ.
06 މާޗް 2024
އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކުރުމަށް ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގައި ގޮވާލައިފި އެވެ.
ރާއްޖެއިން އެގޮތަށް ގޮވާލީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް މިހާރު ކުރަމުން ގެންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ރާއްޖޭގެ ފަރާތުން ޝާޒޭ ދެ ފެއާ އެމްބެސެޑަރު ޑރ. އަލީ ނަސީރު މުހައްމަދެވެ.
މި ބަހުސް ހިނގީ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވައިލުމަށް ލާޒިމު ކޮށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ފެބްރުއަރީ 20ގައި ވީޓޯ ކުރުމާ ގުޅިގެންނެވެ.
އޭނާ ވިދާޅުވީ މިދިޔަ މަހުގެ 29 ގައި ހިނގާ ދިޔަ ހާދިސާގައި އިޒްރޭލުން ފަލަސްތީނުގެ ސަތޭކައަށް ވުރެ ގިނަ ރައްޔިތުން މަރާލައި، ޒަހަމްކޮށްފައިވާ ކަމަށާއި ފަލަސްތީނުގެ ރައްޔިތުން ފެނާއި ކާބޯތަކެތި އަދި އަސާސީ ބޭނުންތަކުން މަހުރޫމް ކުރުމަށް ފަހު އިސްރާއީލުން އެ މީހުން މަރަމުން ގެންދިއުމަށް ހުއްޓުމެއް ނުގެނެވުމަކީ މުޅި ދުނިޔެ އެކަމާ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިނގަމުންދާ ޖެނޮސައިޑް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އ.ދ. ގެ ސަލާމަތީ މަޖިލީހަށް ވެސް އޭނާ ގޮވާލެއްވި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓުވައި ޖަވާބުދާރީކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ވެސް އޭނާ ގޮވާލެއްވި އެވެ.
"ޣައްޒާގައި އޮތީ ނަސްލު ނައްތާލުމުގެ ހަނގުރާމަ"
ޣައްޒާ ބަނޑަށްޖެހިފައިކަމަށް ބުނާތީ އިޒްރޭލުން އިންޒާރު
"ހޮސްޕިޓަލަށް ދިން ހަމަލާ ބަލާނަމޭ ބުންޏަކަސް ނުވާނެ"
ޣައްޒާ ބަނޑަށްޖެހިފައިވާކަން ރަސްމީކޮށް ކަނޑައަޅައިފި
ނޫސްވެރިން މެރުމުގެ ޖަރީމާ އދ. އިން ކުށްވެރިކޮށްފި
އިޒްރޭލުގެ ޣައްޒާ ޕްލޭނަކީ އިތުރު މުސީބާތެއް: އދ
ޣައްޒާގައި އެހީ ހޯދަން ދިޔަ 800 މީހަކު ޝަހީދުކޮށްލި
އދ.ގެ ފަލަސްތީން ރެޕަޓުއާއަށް ދަތިކުރުމުގެ ފިޔަވަޅު
އެހީދޭ ތަންތަނުގައި ދޭ ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާ
އެހީ ބަލައި ދިޔަ މީހުންނަށް ހަމަލާދިން މައްސަލަ ބަލަނީ