Roadha Mihaaru
ވިލުނޫ: ކަނޑާ ގުޅޭ މުހިއްމު މެސެޖެއް

ވިލުނޫ: ކަނޑާ ގުޅޭ މުހިއްމު މެސެޖެއް

22 ސެޕްޓެމްބަރ 2018

ރާއްޖޭގެ ސަރަހައްދުގެ ކަނޑުގެ ރީތިކަމާއި މުއްސަނދިކަން މުޅި ދުނިޔެއަށް ވެސް މަޝްހޫރެވެ. އެކަމަކު މި މުޖުތަމައުގެ ތެރޭހައި އުޅޭ ބައެއްގެ ސަބަބުން އެ ރީތިކަން ވަނީ ގެއްލެން ފަށައިފަ އެވެ. އެކަން މިފަހަރު މި ދައްކައިދެނީ، ޔޫއެންޑީޕީ އާއި ދިރާގުން ގުޅިގެން ބޭއްވި "ފިލްމް ފޯ ޗޭންޖް"ގެ ތެރެއިންނެވެ. ޒުވާނުންތަކެއް ތައްޔާރުކުރި ފަސް މިނެޓުގެ އެ ފިލްމުން ދައްކައިދެނީ ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ގޯލްސް ނުވަތަ ދެމެހެއްޓެނިވި ތަރައްގީގެ 14 ވަނަ ގޯލެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

"ވިލުނޫ" ގެ ނަން ދީފައިވާ ފިލްމުން ދޭން ބޭނުންވާ މެސެޖަކީ، ބޮޑެތި މީހުން މޫދަށް އަޅާ ކުނީގެ އަސަރު ކުޑަކުދިންނަށް ވެސް ކުރާ ކަމެވެ. އޭގައި މައިގަނޑު ރޯލް ކުޅެނީ ޕަޑީ ކޯސް ޑައިރެކްޓަރުކަން ލިބުނު ފުރަތަމަ ދިވެހި އަންހެން ޑައިވަރު ޒޫނާ ނަސީމެވެ. އޭނާއެކު ދެން އުޅެނީ ކުޑަ އަންހެން ކުއްޖެކެވެ.

އެ ފިލްމު ތައްޔާރުކުރި ޓީމުގައި ހިމެނޭ އައިޝަތު ނަދާ ބުނީ މާލެ އާއި ވިލިނގިލީގައި ޝޫޓްކޮށްފައިވާ ފިލްމުގައި ކަނޑު ހިމާޔަތްކުރަން އަހަރެމެން ނުކުޅެދިފައިވާ މަންޒަރު ފެނިގެންދާނެ ކަމަށެވެ. އެގޮތުން މުރަކަ ފަދަ އެއްޗިއްސަށް ލިބޭ ކިތައްމެ ކުޑަ ގެއްލުމަކުން ވެސް ނިކުންނަ ނަތީޖާ ބޮޑުވާނެ ކަން އޭނާ ފާހަގަކުރި އެވެ.

"ކަނޑުއަޑީގެ ދިރުންތަކަށް ކިތަންމެ ބޮޑު ބަދަލެއް އައި ކަމުގައި ވިއަސް އެކަމުގެ އަސަރު ކުރާނެ އެންމެ ފުރަތަމަ ގައުމަކީ ރާއްޖެ،" ނަދާ ބުންޏެވެ.

އޭނާ ބުނީ ވީޑިއޯގައި ބޮޑަށް ދައްކާފައިވަނީ މުޖުތަމައުގެ ތެރެއިން އާއްމުކޮށް ފެންނަ ކަންކަމަށެވެ. އެގޮތުން މޫދަށް ކުންޏާއި ދަޅު ފަދަ އެއްޗެހި އުކާ ތަން ހިމެނެ އެވެ.

އދ. އިން އާއްމުކޮށްފައިވާ ކަނޑުގެ ދިރުންތަކާ ބެހޭ މައުލޫމާތުތަކަށް ބަލާއިރު، އެކަށީގެންވާ ވަރަށް ވުރެ އިތުރަށް މަސް ބޭނުމުގެ ސަބަބުން ކާނާ އުފެއްދުމާއި ގުދުރަތީ ނިޒާމް އޭގެ ފުރިހަމަ ގޮތުގައި ހިންގުމަށް ހުރަސް އެޅި ކަނޑުގެ ދިރުންތައް ނެތި ދެ އެވެ.

ދުނިޔޭގައި ގުދުރަތީ ގޮތުން ރައްކާތެރި ގޮތްތަކަށް ބޭނޭ މަހުގެ ނިސްބަތް 1974 ގައި 90 ޕަސެންޓުގައި ހުއްޓަސް އެ އަދަދު 2013 ވަނަ އަހަރު ވަނީ 68 ޕަސެންޓަށް ވެއްޓިފަ އެވެ. އެހެންވިއަސް 2008 އިން 2013 އަށް ވަނީ މަހުގެ އަދަދު ވެއްޓުން މާ ދަށްނުވެ ހިފެހެއްޓިފަ އެވެ.