ދިރާގުން ޔޫއެންޑީޕީއާ ގުޅިގެން "ފިލްމް ފޯ ޗެންޖް: ކްލައިމެޓް އެޑިޝަން"ގެ ނަމުގައި ފިލްމު ހެދުމުގެ 10 ދުވަހުގެ ވޯކްޝޮޕެއް ފަށައިފި އެވެ.
10 ނޮވެމްބަރ 2021
ދިރާގުން ޔޫއެންޑީޕީއާ ގުޅިގެން "ފިލްމް ފޯ ޗެންޖް: ކްލައިމެޓް އެޑިޝަން"ގެ ނަމުގައި ފިލްމު ހެދުމުގެ 10 ދުވަހުގެ ވޯކްޝޮޕެއް ފަށައިފި އެވެ.
ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ފިލްމު ހެދުމުގެ ވޯކްޝޮޕެއް
"ފިލްމް ފޯ ޗެންޖް" އަކީ 2017 ވަނަ އަހަރުން ފެށިގެން ދިރާގުން ޔޫއެންޑީޕީއާ އެކު ހިންގާ ވޯކްޝޮޕެކެވެ. މި އަހަރުގެ ވޯކްޝޮޕްގައި މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިކޮށް ޒުވާނުން ބާރުވެރި ކުރުމަށް އިސްކަން ދޭނެ އެވެ. މި ވޯކްޝޮޕްގައި ފިލްމު ހެދުމުގެ ޓެކްނިކަލް މައުލޫމާތާއި ކްރިއޭޓިވް އުކުޅުތައް ވެސް ދަސްކޮށްދޭނެ އެވެ.
މި ވޯކްޝޮޕް މެދުވެރިކޮށް މޯބައިލް އަދި ޓެބްލެޓް ބޭނުންކޮށްގެން ކުރު ޑޮކިއުމަންޓްރީއެއް ހަދާނެ ގޮތްތައް ދަސްކޮށްދޭނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ. ދިރާގުގެ ސީއެސްއާރް މެނޭޖާ ބިޝާރާ ހަމީދު ވިދާޅުވީ، މި ވޯކްޝޮޕުން ޒުވާނުންނަށް އެ މީހުންގެ ހުނަރު ދައްކާލުމުގެ އިތުރަށް އެ މީހުންނަށް ހިޔާލު ފާޅުކުރަން ފުރުސަތު ލިބޭނެ ކަމަށެވެ.
"އުންމީދުކުރަނީ ޒުވާނުންނަށް މިއީ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް. އަދި މޫސުމަށް އަންނަ ބަދަލުތަކަށް އިތުރަށް ހޭލުންތެރިވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޔޫއެންޑީޕީގެ ޑެޕިއުޓީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ވެރާ ހާކިމް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަށް ޒުވާނުންނާއި އާންމުން ހޭލުންތެރިކުރަން ކުރިއަށް އޮތްތަނުގައި ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން ފަސް ގްރޫޕަކަށް ބަހާލައި ކުރު ތިން ފިލްމު ހަދާނެ އެވެ. މިގޮތަށް ހަދާ ފިލްމުތައް ސޯޝަލް މީޑިއާގައި އާންމުކުރާނެ އެވެ.
ޑިޖިޓަލް މުސްތަގްބަލެއް ބިނާކުރަން ރާއްޖޭގައި ދިރާގުގެ ރޯލު ވަރުގަދަ
ދިރާގު އެމްއެންއެސްޔޫ ފުޓްސަލް ފިއެސްޓާ މިރޭ ފަށަނީ
"ޔަންގް އޮންޓްރޮޕްރެނިއަ ފެއަ" އަށް ބޮޑު ތަރުހީބެއް
ދިރާގުން މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ދިރާގުން ސުވިޓްޒަލޭންޑް ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި
"ބުރުނު ބޮމަ" މަސް ރޭހުގެ ޕާޓްނަރަކަށް ދިރާގު
ދިރާގުން އީދަށް ސަޔާއި ހަދިޔާ ދީފި
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ