07 މާޗް 2019
މުލީއާގެ ކައިރީގައި އޮތް ވެހިކަލެއްގައި ބޮމެއް ބޭއްވި ކަމަށް ބުނެ ޖަލަށްލި ހަތަރު މީހުންގެ ތެރެއިން މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ހައި ކޯޓުން އޭނާ މިނިވަންކޮށްފި އެވެ.
މުލީއާގެ ކައިރީގައި އޮތް ވެހިކަލެއްގައި ބޮމެއް ބޭއްވި ކަމަށް ބުނެ ޖަލަށްލި ހަތަރު މީހުންގެ ތެރެއިން މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ހައި ކޯޓުން އޭނާ މިނިވަންކޮށްފި އެވެ.
ނޮވެމްބަރު، 2015 ގައި އަމިއްލައަށް ތައްޔާރުކުރި ބޮމެއް މުލީއާގެ ކައިރީގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި ބޭއްވި މައްސަލާގައި 17 އަހަރަށް ޖަލަށް ލާން ހުކުމްކުރީ ހއ. ހޯރަފުށީ އާރޯ، އަހުމަދު މަމްދޫހު އާއި މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަރަފުށީ ވިލާ، އަހުމަދު ޒިހާންގެ އިތުރުން ހ. މިޓާޒް، ތަލްއަތު މުހައްމަދުގެ މައްޗަށެވެ. ހަތަރު މީހުންގެ ތެރެއިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހައި ކޯޓުން މިނިވަން ކުރީ އުބައިދެވެ. އަދި ހައި ކޯޓުން އިއްޔެ މިނިވަން ކުރީ މަމްދޫހެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ މަމްދޫހްގެ މައްޗަށް އުފުލި ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ މިންވަރަށް އެއިން އެއްވެސް ގަރީނާއެއް އެ ކުށާ ގުޅުވާލެވިފައި ނެތް ކަމަށެވެ.
އެގޮތުން ނޮވެމްބަރު 2، 2015 ވަނަ ދުވަހު މަމްދޫހް ލައިގެން ހުރި ގަމީހާއި ފަޓުލޫނު ބަލައި ފާސް ކުރިއިރު، އެ އަންނައުނަކީ އެ ދުވަހު ލައިގެން އުޅުނު އެއްޗެއްކަން މަމްދޫހް އިންކާރު ނުކުރިޔަސް، އެ ގަމީހާއި ފަޓުލޫނު، މަމްދޫހް ކުރި ކަމަށް ބުނާ ޓެރަރިޒަމްގެ އަމަލާ ގުޅިގެން ދަނީ ކޮން ގޮތަކަށްކަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުންނަށް ބަޔާންކޮށް ދެވިފައި ނުވާ ކަމަށް ހުކުމްގައިވެ އެވެ.
މީގެއިތުރުން އައިއީޑީ ލާފައިވާ ކަމަށް ބަޔާން ކުރި މާޖެހި ހުދުކުލައިގެ ޓޮޕުން ނެގި އިސްތަށިތަކުން ޑީއެންއޭ ފެނިފައި ނުވާ އިރު، ވީޑިއޯއިން ވެސް މަމްދޫހު، ޕިކަޕްގެ ބެޓެރީގެ މަތީގައި އައިއީޑީ ބާއްވާ ތަން ނުފެންނަ ކަން ވެސް ހައި ކޯޓުގެ ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ.
އެކަންކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ މަމްދޫހްގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށާއި އެހެންވެ، ދަށު ކޯޓުގެ ހުކުމުގައި އޭނާ ޖަލަށްލާން ހުކުމްކުރި ބައި ބާތިލްކުރާ ކަމަށެވެ.
މަމްދޫހްގެ ތަހުގީގަށް ދީފައިވާ ބަޔާނުން އެނގޭ ގޮތުގައި އެއްބަނޑު އެއްބަފާ ބޭބެއެއް ކަމަށްވާ މުހައްމަދު ޔާމީން މަސައްކަތް ކުރަނީ އެމްއެންޑީއެފްގަ އެވެ. މުލިއާގެ ކައިރީގައި މަމްދޫހު އެ ދުވަހު އުޅުނީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމުގެ އެދުމަކަށް މަމްދޫހުގެ ބޭބެ ބުނެގެން "ކިޔެވެލި ކިޔަވައިގެން" ގޮވާތަކެއްޗާއި ހަތިޔާރު ހޯދުމަށް ކަމަށް އޭނާގެ ބަޔާނުގައިވެ އެވެ.
މީގެއިތުރުން ގޮވާ ތަކެއްޗާއި ހަތިޔާރު ހޯދުމަށް ސިފައިންގެ އެސްއެފް ޔުނީފޯމެއް އަޅުވައިގެން ހިބަޅިދުއަށް ގެންދިޔަ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ކިޔެވެލި ކިޔަވައިގެން ހަތިޔާރު ހުރިތޯ މުޅި ރާއްޖެ ނުބެލުނަސް ޝައްކުކުރެވޭ ރަށްތަކެއް ބުނެ ދިނުމަށް އެދުމުން، ޝިޔާމް، ވަކިވަކި ރަށްރަށުގެ ފޮޓޯ އާއި ނަމާއި އެކު ގެނެސް މަމްދޫހާ ހަވާލު ކުރި ކަމަށާއި އެގޭތެރޭގައި ހިބަޅިދޫ އާއި ބޮޑުކާށިހުރާ އާއި އެހެން ރަށެއްގެ ފޮޓޯ ގެނެސް ދިން ކަމަށް ބަޔާނުގައިވެ އެވެ.
މަމްދޫހު ތަހުގީގަށް ދީފައިވާ ބަޔާނަށް ބެލުމުން، ސިފައިންގެ އޭނާއަށް އެނގެންޖެހޭނެ ކަމަށް ގަބޫލުނުކުރެވޭ ގިނަ ކަންތައްތަކެއް އޭނާގެ ބަޔާނުގައި ބަޔާން ކޮށްފައިވާއިރު، އެއިން އެއްވެސް ކަމެއް ތަހުގީގުން ބަލައި ސުވާލު ކުރަންޖެހޭ އެއްވެސް މީހަކާ ސުވާލުކޮށްފައި ނުވާ ކަމަށް ހުކުމްގައިވެ އެވެ.
މަމްދޫހު ވަނީ އޭނާގެ ވާހަކަތައް ސާބިތުކުރުމަށް އެމްއެންޑީއެފްގެ މަސައްކަތަށް ގެންދެވުނުކަން ބަޔާން ކުރުމަށް އޭނާގެ ބޭބެ ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ. އަދި ބޮން ހޯދުމާއި ބޮން އޮތް ސަރަހައްދެއް ހޯދުމަށް މަމްދޫހާ އެކު ޝިޔާމް ދަތުރުކުރިކަން ބަޔާން ކޮށްދިނުމުގެ ގޮތުން ހެއްކެއްގެ ގޮތުގައި ޝިޔާމާއި ހަސަން ޝާހިދު (ޝާޑު ސަ) ޝަރީއަތަށް ހާޒިރުކޮށްދޭން ވެސް އެދިފައިވެ އެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ހުކުމް ކުރީ ދިފާއީ ހެކިންގެ ހެކިބަސް ނުނަގައި ކަން ހުކުމްގައި ފާހަގަ ކުރި އެވެ.
މަމްދޫހުގެ ވާހަކަތަކަކީ ސަބަބުވެރި އިންސާނަކަށް ގަބޫލު ކުރެވޭފަދަ ވާހަކަތަކެއް ކަމަށާއި އެކަމާ މެދު އިތުރަށް ބަލައި އޭނާގެ ދިފާއީ ހެކީންގެ ކިބައިން އަޑުނާހައި އޭނާގެ ދިފާއުއާ މެދު ގޮތެއް ނިންމޭ ފަދަ ވާހަކަތަކެއް ނޫން ކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.
ބޮމެއް ބޭއްވި ކަމަށްބުނެ ޖަލަށްލި އެކަކު ސަލާމަތްވެއްޖެ
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބަލާ ބެންޗު އުވާލައިފި
"އައިއީޑީ" މައްސަލަ: ހަތަރު ވަނަ މީހާ ވެސް މިނިވަން
ބޮމުގެ ހަމަލާ: އިސްހާގާއި ފަހުމީގެ ބަންދަށް 30ދުވަސް
އަމީން އަލުން ޖަލު ބަންދަށް ގެންދަން އަމުރުކޮށްފި
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ލަމްހާ ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓް