25 ފެބުރުއަރީ 2021
ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާލިބޭ މުހައްމަދު އަމީން ކްރިމިނަލް ކޯޓުން "ގޭ ބަންދަށް" ބަދަލު ކޮށްފައި ވަނިކޮށް، އޭނާ އަލުން ޖަލު ބަންދަށް ބަދަލުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާލިބޭ މުހައްމަދު އަމީން ކްރިމިނަލް ކޯޓުން "ގޭ ބަންދަށް" ބަދަލު ކޮށްފައި ވަނިކޮށް، އޭނާ އަލުން ޖަލު ބަންދަށް ބަދަލުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އަމީން ޖަލު ބަންދުގައި ބެހެއްޓުމަށް ފަހު މިމަހުގެ ތިން ވަނަ ދުވަހު ކްރިމިނަލް ކޯޓުން އަމީން "ގޭ ބަންދަށް" ބަދަލުކުރީ އޭނާއަށް ޖަލުގައި ސިއްހީ ފަރުވާ ނުލިބުމާއި ކޮންމެ ދުވަހަކު ކަސްރަތު ކުރުމަށް އެއް ގަޑިއިރަށް ގައިދީން ޖަލު ގޮޅިން ބޭރަށް ނެރެން ލާޒިމް ވިޔަސް، އޭނާ ގޮޅިން ބޭރަށް ނުނެރެ 14 މަސް ދުވަހު ބަހައްޓާފައިވާތީ އެވެ. ކްރިމިނަލް ކޯޓުން ނިންމީ ޝަރުތު ކޮށްފައި އޭނާ ބަންދުން ދޫކޮށްލުމަށެވެ. ކޯޓުން ކުރި ޝަރުތަކީ ގެއިން ބޭރަށް ނުދިއުމެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަމީނަށް ޖަލުގައި ގަސްދުގައި ފަރުވާ ނުދީ ލަސް ކޮށްފައިވާ ކަމަށް ބެލެވެން ނެތް ކަމަށާއި އަދި ގޮޅިން ބޭރަށް ނުނެރުން ފަދަ ކަންކަމަކީ ބަންދުން ދޫކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ކުށުގެ ތުހުމަތުގައި ތިބޭ ނުވަތަ ދައުވާލިބޭ މީހުން ގޭ ބަންދުގައި ނުބޭތިއްބޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށާއި އެހެންވެ، ގެއިން ނުނިކުންނަ ޝަރުތުކޮށް އަމީން ދޫކޮށްލަން ކުރި އަމުރަކީ އޭނާ ގޭ ބަންދުކުރަން ނެރުނު އަމުރެއް ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހުކުމުގައިވަނީ އަމީން ގޭ ބަންދަށް ބަދަލު ކުރަން ނެރުނު އަމުރު ބާތިލްކޮށް، އަދި އޭނާ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ނެރެފައިވާ އަމުރު ދަމަހައްޓާ ކަމަށެވެ. އެކަމަކު ބަންދުގައި ހުންނައިރު، ގައިދީންނަށް ލިބޭ އިނާޔަތްތައް އޭނާއަށް ވެސް ދިނުމަށާއި އަދި ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ކަރެކްޝަންސް އިން ހަމަޖައްސަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލް އެވެ.
އަމީން ގޭ ބަންދަށް ބަދަލުކުރަން އެންގުމުން އެ އަމުރު ކުރެއްވި އިސް ގާޒީ އަހުމަދު ޝަކީލްގެ މައްސަލަ އާންމު ފަރާތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް އޮތީ ހުށަހަޅައިފަ އެވެ
އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ފުލުހުން ހޯދަން އުޅުނު މީހެކެވެ. އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011 ވަނަ އަހަރު އެވެ. އޭގެފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށް ފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ 2019 ވަނަ އަހަރު އެވެ.
ޓެރަރިޒަމްގެ ކުށުގައި އަމީން 27 އަހަރަށް ޖަލަށް
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ބޮން ބޭއްވި މައްސަލައިގައި އިތުރު މީހަކު ސަލާމަތްވެއްޖެ
މުހައްމަދު އިސްމާއިލްގެ ޝަރީއަތް މިއަދު ނުބޭއްވުނު
ޔާމީންގެ މަރު: ދެ އަހަރު ފަހުން އިސްތިއުނާފް ފަށައިފި
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދުނުކުރެެވޭނެ:ހައިކޯޓް
ނަދީމްގެ މަރު: 4 މީހުންގެ ތެރެއިން ބަންދުކުރީ އެކަކު
އައްމަޓީ ބޭރަށްދާން ހުއްދަ ދިނީ ރަނގަޅަށް: ހައިކޯޓް