16 އޯގަސްޓް 2022
މުލިއާގެ ކައިރީގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ކަމަށް ބުނާ އެއްޗެއް ބޭއްވުމުގައި ބައިވެރިވި ކަމަށް ބުނެ ޖަލަށްލި ހަތަރު މީހުންގެ ތެރެއިން އެންމެ ފަހު މީހާގެ ޖަލު ހުކުމް ވެސް ހައި ކޯޓުން ބާތިލްކޮށް، އޭނާ މިނިވަންކޮށްފި އެވެ.
މުލިއާގެ ކައިރީގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ކަމަށް ބުނާ އެއްޗެއް ބޭއްވުމުގައި ބައިވެރިވި ކަމަށް ބުނެ ޖަލަށްލި ހަތަރު މީހުންގެ ތެރެއިން އެންމެ ފަހު މީހާގެ ޖަލު ހުކުމް ވެސް ހައި ކޯޓުން ބާތިލްކޮށް، އޭނާ މިނިވަންކޮށްފި އެވެ.
އަމިއްލައަށް ހަދާފައިވާ އައިއީޑީއެއް 2015 ވަނަ އަހަރު މުލިއާގެ ކައިރީގައި ޕާކުކޮށްފައިވާ ވެހިކަލެއްގެ ޓޭންކް މަތީގައި ބޭއްވި ކަމަށް ބުނެ ޓެރަރިޒަމްގެ ކުށުގައި 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހަތަރު މީހަކަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވި އެވެ.
މި ކަން ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލައި ސިޔާސީ ހަލަބޮލިކަން ބޮޑުވި ދުވަސްވަރެއްގަ އެވެ. އޭރު ވަނީ މި ކަންކަމާ ގުޅުވައިގެން ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފަ އެވެ.
އައިއީޑީ ބޭއްވި މައްސަލާގައި ހިމެނޭ ދެ މީހެއްގެ ޖަލު ހުކުމް ހައި ކޯޓުން ކުރިން ބާތިލް ކޮށްފައިވާއިރު، ތިން ވަނަ މީހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން އޮތީ ބާތިލްކޮށްފަ އެވެ. ސުޕްރީމް ކޯޓުން އޭރު އެ މައްސަލާގައި ނިންމާފައިވަނީ އެތަނުގައި ބޭއްވީ އަސްލު ވެސް ގޮވާ ޒާތުގެ އައިއީޑީއެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އެ މައްސަލާގައި ތ. ތިމަރަފުށީ ވިލާ، ޒިހާން އަހުމަދުގެ ޖަލު ހުކުމް ހައި ކޯޓުން އިއްޔެ ބާތިލްކުރީ އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.
މުލިއާގެ ކައިރިން 2016 ވަނަ އަހަރު ފެނުނު އެތި. މިއީ އައިއީޑީއެއް ކަމަށް ދައުލަތުން ބުނި
ހައި ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލާގައި ޖަލަށްލި ތަލްއަތު މުހައްމަދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވަނީ ޓެރަރިޒަމްގެ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާއިރު، ޒިހާންގެ މައްޗަށް ވެސް ކޮށްފައިވަނީ ހަމަ އެ ދައުވާ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ އެ ނިންމުމަށް ރިއާޔަތް ކުރާއިރު، ޒިހާންގެ މައްޗަށް ދައުވާކުރީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބަލަންޖެހޭ ކަމަށް ހުކުމުގައިވެ އެވެ.
މަތީ މަރުހަލާގެ ކޯޓުތަކަށް އެއަށް ވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާން ޖެހޭކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ ޒިހާން ޖަލަށްލާން ކުރި ހުކުމް ބާތިލްކުރީ ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައިވަނީ އައިއީޑީ ކަމަށް ބުނާ އެތި ސިފައިން ނަގާފައިވަނީ ވެސް ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި އެއްޗެއް ގެންދާހެން ކަމަށެވެ. އަދި އޭތި ނައްތާލަން ކ. ގިރިފުށީގައި ގޮއްވާލިއިރު ނަގާފައިވާ ވީޑިއޯއިން ވެސް ފެންނަނީ ކުޑަ ގޮވުމެއް ކަމަށް ހުކުމުގައިވެ އެވެ.
ބޮން ބޭއްވި މައްސަލައިގައި އިތުރު މީހަކު ސަލާމަތްވެއްޖެ
ބޮމެއް ބޭއްވި ކަމަށްބުނެ ޖަލަށްލި އެކަކު ސަލާމަތްވެއްޖެ
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
ޓެރަރިޒަމް އޮޕަރޭޝަން: ބަންދުކުރި އެކަކު މިނިވަންކޮށްފި
ސަމާސާ ވިހަވެއްޖެ: މަޖަލަކަށް ކުރިޔަސް، ކުށްވެރިވާނެ!
އާއިލާގެ އެސެސްމަންޓް ހަދައި،ތަހުގީގު ހިންގޭނެތޯ ބަލަނީ
މަޖިލީހުގެ ތަހުގީގުގައި މެމްބަރުން އެމްއެންޑީއެފްއަށް
އަމީން އަލުން ޖަލު ބަންދަށް ގެންދަން އަމުރުކޮށްފި
ހަތިިޔާރު ގެންގުޅުނު މައްސަލައެއް އަލުން ބަލަން ޖެހިިއްޖެ
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ