07 މާޗް 2019
މި އަހަރުގެ ފުރަތަމަ ދެ މަހު ދައުލަތަށް ލިބުނު އާމްދަނީ 4.1 ބިލިއަނަށް އަރައިފި އެވެ.
މި އަހަރުގެ ފުރަތަމަ ދެ މަހު ދައުލަތަށް ލިބުނު އާމްދަނީ 4.1 ބިލިއަނަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ރިޕޯޓުގައިވާ ގޮތުން 28 ފެބްރުއަރީގެ ނިޔަލަށް 4.1 ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ. ހަފުތާއިިން ބަލާއިރު، އެއީ އޭގެ ކުރީ ހަފުތާގައި ލިބިފައިވާ ޖުމްލަ އާމްދަނީ ކަމަށްވާ 3.5 ބިލިއަން ރުފިޔާ އަށް ވުރެ ގާތްގަނޑަކަށް 620 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި އެއީ އެއީ މުޅި އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ 17 ޕަސެންޓެވެ. މި އަހަރު ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ 75 ޕަސެންޓަކީ ޓެކުހުން ލިބުނު އާމްދަނީ އެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތަށް ވަނީ 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެހެންވެ މި އަހަރުގެ ފުރަތަމަ ދެ މަހުގައި ހަރަދު ކުރެވުނު ވަރަށް ވުރެ ލިބުނު އާމްދަނީ 778.4 މިލިއަން ރުފިޔާ އިތުރެވެ.
ދެ މަސް ދުވަހުގެ ތެރޭގައި ލޯނު ރީޕޭމެންޓްގެ ގޮތުގައި 155 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މި އަހަރު ޖުމްލަ 2.8 ބިލިއަން ރުފިޔާ ދައުލަތުން ލޯނަށް ދައްކަންޖެހެ އެވެ.
މި އަހަރުގެ ބަޖެޓުގައި ހަރަދުގެ ގޮތުގައި 27.3 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ދައުލަތުން މި އަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ 30.2 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ސަރުކާރުގެ ހިސާބުތައް އާންމުކުރަން ފަށައިފި
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ބުރާސްފަތި ދުވަހު
ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
ތަފާސްހިސާބު އާންމުނުކުރަނީ މައުލޫމާތު ފައިނަލް ކުރާތީ
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
ހަރަދުތައް ރީސެޓް ކުރުން ނޫން ގޮތެއް ނެތް
ފުރަތަމަ ފަހަރަށް އާމްދަނީއަށް ވުރެ ހަރަދު ބޮޑުވެއްޖެ
އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާފާނެ