03 ޖުލައި 2024
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަކަށް ވަގުތު ކުޑަތަންވެފައި އޮއްވައި ނިންމީ އިގުތިސާދާ ނުބައްދަލު ނިންމުންތަކެވެ. މާލީ ގޮތުން ގައުމުގެ ހާލަތު އޭރު ވެސް ނާޒުކެވެ. ސިޔާސީ މަންފާ އަށް އޭރުގެ ސަރުކާރުން ބޮޑެތި ނިންމުންތައް ނިންމީ މާލީ އިދާރާތަކުން އިންޒާރުތައް ދީފައި އޮއްވަ އެވެ. އިގުތިސާދު ވެއްޓިފައި އޮތް ފުން އަނދަވަޅު، އޭރު ވެސް އެނގެ އެވެ. ރާއްޖޭ ދަރަނި ނުދެއްކި ބަނގުރޫޓުވުމާ ދިމާއަށް މިސްރާބު ހުރި ކަން ވޯލްޑް ބޭންކްގެ ރިޕޯޓުތަކުން ވެސް ވަރަށް ސާފުކޮށް ފެންނަން އޮތެވެ. އެ ކަމަކު އޭރު އެކަމަށް ވިސްނާލި މީހަކު ނެތެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަކަށް ވަގުތު ކުޑަތަންވެފައި އޮއްވައި ނިންމީ އިގުތިސާދާ ނުބައްދަލު ނިންމުންތަކެވެ. މާލީ ގޮތުން ގައުމުގެ ހާލަތު އޭރު ވެސް ނާޒުކެވެ. ސިޔާސީ މަންފާ އަށް އޭރުގެ ސަރުކާރުން ބޮޑެތި ނިންމުންތައް ނިންމީ މާލީ އިދާރާތަކުން އިންޒާރުތައް ދީފައި އޮއްވަ އެވެ. އިގުތިސާދު ވެއްޓިފައި އޮތް ފުން އަނދަވަޅު، އޭރު ވެސް އެނގެ އެވެ. ރާއްޖޭ ދަރަނި ނުދެއްކި ބަނގުރޫޓުވުމާ ދިމާއަށް މިސްރާބު ހުރި ކަން ވޯލްޑް ބޭންކްގެ ރިޕޯޓުތަކުން ވެސް ވަރަށް ސާފުކޮށް ފެންނަން އޮތެވެ. އެ ކަމަކު އޭރު އެކަމަށް ވިސްނާލި މީހަކު ނެތެވެ.
އެކަމަކު އިންތިހާބުގެ ދުވަސްވަރަށް ވުމުން ސަރުކާރަށް ލިބިދާނެ ގެއްލުމަކަށްޓަކައި އެ ފިޔަވަޅުތައް އޭރުގެ ސަރުކާރުން ނާޅައި ލަސްކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ އިގުތިސާދު މިހާރު މިއޮތް ހާލަތެވެ.
މި ހާލަތުން އަރައިގަތުމަށް އަދިވެސް ހަމައެކަނި އޮތް ފިޔަވަޅަކީ ހަރަދުތައް ކުޑަ ކުރުމެވެ. އެ ނޫން "ޗޮއިސް" އެއް ނެތެވެ. ގައުމުގެ ހާލަތު މިހާ ހިސާބަށް ދިޔައީ ޑެފިސިޓް އިންތިހާ އަށް ބޮޑު ބަޖެޓުތައް ތަންފީޒު ކުރަން އުޅުމުންނެވެ. ޑެފިސިޓަށް ބޭނުންވާ ފައިސާ ހޯދުމަށް ދަރަނި ނަގާ ނަގައި، ވޭތުވެދިޔަ 10 އަހަރުގެ ތެރޭ ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 70 ޕަސެންޓަށް އިތުރުވެފަ އެވެ.
މާލީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ، މިވަގުތު އިގްތިސާދުގެ މާލީ ކަންކަން މިހިރީ ސަލާމަތް ނުވާނެ ހާލަތެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ، މިސާލަކަށް ދައުލަތުން 700 މުވައްޒަފުން ވަކިކުރި ނަމަވެސް، އެ ސަލާމަތް ވަނީ 20 މިލިއަން ރުފިޔާ ކަމަށާއި އެ އަދަދު ސަލާމަތް ކޮށްގެން މުޅި މައްސަލަ އަށް ހައްލެއް ލިބޭ ވަރަށް ވުރެ މުޅި މައްސަލަ މާ ބޮޑެވެ.
މިއީ، ރާއްޖޭގެ އިގުތިސާދާ މެދު ވޯލްޑް ބޭންކްގެ ކަންޓްރީ އިކޮނޮމިސްޓް އާޑަމް އޭޓަސްގެ ވެސް ކަންބޮޑުވުމެވެ. އިގުތިސާދު ހަތަރު ޕަސެންޓުގައި އެބަ ކުރިއަށް ދެ އެވެ. އަދި ކުރިއަށް އޮތް ޕީކް ސީޒަންގައި އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، އިގުތިސާދަށް ވަންނަ ފައިސާ ވެސް އިތުރުވެދާނެ އެވެ. އެކަމަކު އެ ކުރިއެރުންތަކާއި އިތުރުވާ އާމްދަނީން އެކަނި، މާލީ އަނދަވަޅުން ސަލާމަތެއް ނުކުރެވޭނެ އެވެ.
ރަށަކަށް ގެންދިއުމަށްޓަކައި މުދާތަކެއް ބޯޓަށް އަރުވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ތެލުގެ ހަރަދު ކުޑަ ކުރަން މިއަދު ގޮސް ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރެއް ނުކުރެވޭނެ އެވެ. ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް އެރީ ވެސް އެއް ދުވަހަކުން ނޫނެވެ. އެހެންވެ، މިހާރު މި އޮތީ މައްސަލަ ހައްލުކުރަން ވަގުތީ ހައްލުތަކާ ދުރަށް ގޮސް އަސްލު މައްސަލައާ ކުރިމަތިލާން ޖެހޭ ހާލަތުގަ އެވެ.
ސަރުކާރުތަކުގެ އިހުމާލު ފެންނަން އޮތް ނަމަވެސް، ހަމައެކަނި އެހެން ކިޔަން މި ދަނޑިވަޅު މި ސަރުކާރަށް ވެސް ތިބެވޭކަށެއް ނެތެވެ. މި އުނދަގޫ ފައްތަރުގައި ޖެހިފައި އޮތީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާށެވެ. އާސަންދައިގެ ބޭކާރު ހަރަދު ހުއްޓުން ފަދަ، ރައްޔިތުންނަށް މާ މަގްބޫލު ނުވެދާނެ ފަދަ ކަންކަން ކުރަން މަޖުބޫރެވެ.
"ކޮންމެ ސަރުކާރެއް އޮތަސް މި ވަގުތުން ވަގުތަށް އެޅޭނެ ފިޔަވަޅެއް ނެތް. ހިއެއް ނުވޭ އެއްވެސް ސިޔާސީ މީހަކަށް ދެއްކޭނެ ހެނެއް މިވަގުތަށް އެޅޭނެ ފިޔަވަޅެއް ޑެޓް ޑީފޯލްޓަކަށް ނުގޮސް،" މިހާރު ކުރިމަތިވެފައިވާ މާލީ އުނދަގޫ ހާލަތާ ގުޅޭ ގޮތުން ރާއްޖޭގެ އިގުތިސާދު ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
ކޮވިޑުން ފެށިގެން އިގުތިސާދަށް ބޮޑު ކާރިސާ އަށް އަންނަ މަންޒަރު ދިޔައީ ފެންނަމުންނެވެ. އޭގެ ފަހުން ވޭތުވެދިޔަ ތިން އަހަރު ވެސް ބޭނުން ކުރީ ވަގުތީ ހައްލުތަކެކެވެ. ބޮންޑާއި ލޯނުތައް ނެގުމާއި ފައިސާ ޗާޕު ކުރުމެވެ. މިކަންކަމުން ގައުމުގެ ހަރަދުތައް ހަމަޖެއްސީ އެވެ.
އެކަމަކު ކޮންމެ އަހަރަކު ވެސް ބަޖެޓު ޑެފިސިޓު ދިޔައީ އިތުރު ކުރަމުންނެވެ. ހަރަދު ކުޑަކުރުމަށްޓަކައި މިދިޔަ ފަސް އަހަރު ކޮވިޑްގެ ދުވަސްވަރު ފިޔަވައި އެހެން އިރެއްގައި އެއްވެސް ވަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތެއް ނުކުރެ އެވެ.
ނަމަވެސް، އިގުތިސާދީ ހާލަތު ގޯސްވަމުންދާ މަންޒަރު އޭރުގެ ފަންނީ ބޭފުޅުންނަށް ފެނި 2021 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ވެސް ހަރަދުތައް ކުޑަކުރަން ޖެހޭ ކަން ފާހަގަކުރި އެވެ. އާސަންދަ ރިފޯމު ކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވައިލި އެވެ. އެކަމަކު، އޭރު ކަނޑައެޅި އެއްވެސް ކަމެއް ތަންފީޒެއް ނުކުރެ އެވެ.
ފިނޭންސް މިނިސްޓްރީގެ އިމާރާތް: އިގްތިސާދީ ހާލަތު ފެންނަމުން ދިޔަ ނަމަވެސް މި ހާލަތަށް ވެއްޓުނީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ރިޕޯޓަށް ވާހަކަ ދެއްކެވި މާލީ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވީ، އޭރު އެ ފިޔަވަޅުތައް އެޅި ނަމަ ދައުލަތުގެ ޑެފިސިޓް ކުޑަވެ، މިހާރު ކުރިމަތިވެގެން އުޅޭ އުނދަގޫ ހާލަތުން ސަލާމަތް ވާން ވަގުތު ލިބުނީސް ކަމަށެވެ. އެންމެ ބޮޑު މައްސަލައަކީ، ސިޔާސަތު ތަންފީޒުކުރާ ފަރާތްތަކުން އިގުތިސާދީ ހާލަތުން އަންނާނެ ގެއްލުންތައް ގަބޫލު ނުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ބޮޑު އިޝޫއަކީ ރާއްޖޭގައެއް ނެތް ފިސްކަލް ހާލަތާއި މޮނިޓަރީ ހާލަތާއި ދެ ހާލަތު ދަންނަ ބަޔަކު ސިޔާސަތު އެކުލަވައިލާ ލެވެލްގައި. މިއީ ފެށުނީއްސުރެ ދިމާވާ ކަމަކީ. ސަރުކާރުގެ ހިންގުމުގެ ހަރަދާއި ސަރުކާރުގެ ކަންކަން ރާވާނެ ވަރަށް މޮޅެތި މީހުން އެބަތިބި. އެކަމަކު އެ މީހުންނަށް ރިއަލައިޒެއް ނުވޭ އެ މީހުން އެ ނިންމާ ނިންމުމުގެ ސަބަބުން މަނިޓަރީ ސިޔާސަތުތަކަށް މިއަންނަ ގެއްލުމެއް،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ. އެ ފިޔަވަޅުތައް 2022 އިން ފެށިގެން އަޅަން ޖެހިފައި އޮތަސް އެކަން ނުކުރެވި ދިއުމަކީ އޭނާގެ ކަންބޮޑުވުމެކެވެ.
"ފިސްކަލް ސްޓްރެޓެޖީ 2021 ގައި އޮންނާނެ ހަރަދު ކުޑަ ކުރަން ޖެހޭނެ ކަމަށް ބުނެފައި. 2022 ގައި އޮންނާނެ އެކަން ކުރާނެ ޕްލޭން ވެސް. އާމްދަނީ ތިން ޕަސެންޓް އިތުރުކޮށް، ހަރަދުން ތިން ޕަސެންޓް ކުޑަކުރުން. އެއީ ވަގުތުން ފަށަން ބޭނުންވި ކަމެއް،" އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމު ފުރުއްވި އަދި އޭރު މާލީ ވަރަށް ގިނަ ސިޔާސަތުތައް އެކުލަވާލެއްވުމުގައި އިސްކޮށް ހުންނެވި ސަރުވަޝް ވިދާޅުވި އެވެ.
"ސަރުކާރުން ވެސް އެކަން ގަބޫލުކުރި. އާމްދަނީ އިތުރު ކުރަން ޓެކްސް ބޮޑުކުރީ. ދެން ހަރަދުގައި ވެސް ވާހަކަ ދެއްކެވުނު. އެކަމަކު ސަރުކާރުން އަމަލީ ފިޔަވަޅެއް ނާޅާ."
ސަރުވަޝް ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުވި އިރު ގައުމުގެ ހާލަތު އޮތީ ފިސްކަލީ ދެމެހެއްޓެނިވި ހާލަތެއްގައެއް ނޫނެވެ. ހާލަތު ބަދަލު ކުރަން އެންމެ ބޮޑު ކަމަކީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް ފިޔަވަޅުތައް އަވަސް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓުގެ އަދަދުތަކަށް ބަލާ އިރު ސަރުކާރުން ވަނީ ހަރަދު ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅައިފަ އެވެ. ނަމަވެސް ރިކަރަންޓް ހަރަދު ކުޑަ ކުރަން މާ ގިނަ ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައެއް ނުވެ އެވެ. މިއީ، މީގެ ކުރިން ވެސް ދައުލަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ރިކަރަންޓް ހަރަދުތައް ކުޑަ ކުރަން ފިޔަވަޅު ނޭޅުމެވެ.
ދައުލަތުގެ ޖުމްލަ ހަރަދުން 18 ބިލިއަން ރުފިޔާ ހޭދަ ކުރި އިރު އޭގެ ތެރެއިން 14 ބިލިއަން ހަރަދު ކުރީ މުވައްޒަފުންގެ މުސާރަ އާއި ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށެވެ. އެއީ ޖުމްލަ ހަރަދުގެ 50 ޕަސެންޓެވެ.
އޮޕަރޭޝަނަލް ހަރަދުތައް މިދިޔަ އަހަރަށް ވުރެ އިތުރެވެ. އަދި މުވައްޒަފުންނަށް ދޭ މުސާރަ ވެސް ދާދި އެއް ހަމަ އެވެ.
"މިދިޔަ އަހަރު ތެރޭގައި މިކަން ފެށިއްޖެ. މިދިޔަ އަހަރު ތެރޭގައި އެކަން އެހާ ބޮޑުނުވީ އޯވަޑްރާފްޓް ފެސިލިޓީ ބޭނުން ކުރީމާ. އެކަމަކު މިހާރު ޗާޕް ނުކުރަންޏާ އެ ރޫމެއް ނީންނާނެ. ޗާފްކުރާ ނަމަ ކުރީގެ ހާލަތު އޮންނާނީ. ޗާޕް ކުރީމަ އިތުރަށް ދިގު ދަންމާ މިލެވެނީ. މިސާލަކަށް މި އަހަރު ކްރައިސިސްއެއް ނާންނަންޏާ އަންނަ އަހަރު ކްރައިސިސްއެއް އަތުވެދާނެ. ކްރައިސިސް އަންނަ ދުވަސް ލަސްކުރަނީ،"--- އިކޮނޮމިސްޓެއް
ސަރުވަޝް ވިދާޅުވި ގޮތުގައި އިގުތިސާދީ މި ހާލަތުން އަރައިގަތުމަށް ރިކަރަންޓް ހަރަދު ކުޑަކުރަން ޖެހިފައި އޮތަސް މިހާތަނަށް ސިޔާސީ މަގާމުތައް މަދުވި ތަނެއް ނުފެނެ އެވެ. ނަމަވެސް ފާހަގަކުރަން ޖެހޭ ކަމަކީ ސިޔާސީ މަގާމުތައް މަދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައި އެކަން އިއުލާން ކުރައްވާފައި ކަމެވެ. ދެން އޮތީ އަވަހަށް އަމަލީ ސިފަ ގެނައުމެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް މަތިކޮށް، އިގުތިސާދީ އެޖެންޑާގައި ހިމެނޭ ހުރިހާ ކަމެއް މި ވަގުތު ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަން ހުރިހާ އެންމެން ބަލައި ގަންނަން ވެސް ޖެހެ އެވެ. ތަރައްގީގެ ހުރިހާ މަޝްރޫއުތައް މެކުހަށް ޖެހޭ ވަރަށް ވުރެ މި ވަގުތު ރާއްޖޭގެ އިގުތިސާދު މާ ބޮޑަށް ބައްޔެވެ.
"މިއީ އެ ހާލަތެއް ނޫން. އެކަން ކުރަންވީ، ހާލަތު ރަނގަޅުވީމާ. ވެރިކަމަށް އަންނަ މީހުން ބޭނުންވާނެ ކަންކަން ކުރަން ވެސް،" ވައުދުތައް ވާ އިރު އިގްތިސާދީ ހާލަތަށް ރިއާޔަތްކުރަން މަޖުބޫރުކަން ފާހަގަކުރައްވައި ސަރުވަޝް ވިދާޅުވި އެވެ.
ނަމަވެސް މި ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، މިދިޔަ ހަފުތާގައި ވަނީ ސިޔާސީ މުވައްޒަފުން މަދުކޮށް، އެކި މުނާސަބުތަކާ ދިމާކޮށް ބާއްވާ ހަފުލާތަކާއި ހަރަކާތްތައް ބޭއްވުން މަޑުޖައްސާލަން ނިންމައިފަ އެވެ. މިއީ ރަނގަޅު ފެށުމެކެވެ.
އިގުތިސާދު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ގައުމަށް ކަމެއް ދިމާވެގެން އުޅޭ ކަމުގެ އިހުސާސް ކުރެވެ އެވެ. ހާއްސަކޮށް ސަރުކާރުގެ މަޝްރޫއުތައް ހިންގާ ކުދި ކޮންޓްރެކްޓަރުންނަށް އެކަމުގެ އިހުސާސް ކުރެވޭ ވަރު ބޮޑެވެ.
"މިހާރު" އާ މައުލޫމާތު ހިއްސާ ކުރެއްވި އިކޮނޮމިސްޓަކު ވިދާޅުވީ، މި ހާލަތުގައި އަނެއްކާ ވެސް ވަގުތީ ހަލެއް ހޯދުމަށް، އިތުރު ލޯނުތައް ނެގުމުގެ ބަދަލުގައި ހާލަތާ ކުރިމަތިލައި، ހަރަދުތައް ކުރާ ގޮތްތައް ބަދަލު ކުރުން ވަރަށް މުހިއްމު ކަމަށެވެ.
"މިދިޔަ އަހަރުގެ ތެރޭގައި މިކަން ފެށިއްޖެ. މިދިޔަ އަހަރު ތެރޭގައި އެކަން އެހާ ބޮޑު ނުވީ އޯވާޑްރާފްޓް ފެސިލިޓީ ބޭނުން ކުރީމާ. އެކަމަކު މިހާރު ޗާޕް ނުކުރަންޏާ އެ ރޫމެއް ނޯންނާނެ. ޗާފު ކުރާ ނަމަ ކުރީގެ ހާލަތު އޮންނާނީ. ޗާފު ކުރީމާ އިތުރަށް ދިގު ދަންމާ މި ލެވެނީ. މިސާލަކަށް މި އަހަރު ކްރައިސިސްއެއް ނާންނަންޏާ އަންނަ އަހަރު ކްރައިސިސްއެއް އަތުވެދާނެ. ކްރައިސިސް އަންނަ ދުވަސް ލަސްކުރަނީ،" އޭނާ ވިދާޅުވި އެވެ.
"އެއްވެސް ބަޔަކު މަސައްކަތެއް ނުކުރޭ ހާލަތުން އަރައިގަންނާކަށް. އެންމެން ވެސް މަސައްކަތް ކުރަނީ ޑިލޭ ކުރަން. އަދި ދެ އަހަރު ޑިލޭ. ކޮންމެވެސް ހިސާބަކުން އެ ޑިލޭ ކުރި ކަމެއްގެ އަސަރު ކުރާނެ."
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ، މިހާރު ކުރިއަށް ގެންދަނީ ޓައިމްލައިނެއް ހަދައި އަމަލީ ގޮތުން ކަންކަން ކުރުމުގެ މިސްރާބަށް ކަމަށެވެ،
"މި ރިފޯމު ކުރުމަކީ މިހާރު އަޅުގަނޑުމެންނަށް އޮޕްޝަނެއް ނޫން. މި ކަމުގައި މަޖިލީހުންގެ މެންބަރުންގެ އެއްބާރުލުން ބޭނުން،" މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފިޔަވަޅުތައް އަޅައިގެން ހާލަތުން އަރައިގަތުމަށް އެ މިނިސްޓްރީން ވަރަށް ބޮޑަށް އިސްކަން ދޭ ކަމަށެވެ. އަދި މި މަހުން ފެށިގެން އެކި ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިގުތިސާދީ ދަތިކަން ސަރުކާރަށް އިހުސާސްވާ ވަރު ބޮޑުކަން އެއީ ވަރަށް ރަނގަޅު ކަމެކެވެ. ގައުމުގެ ހާލަތާ އެއްވަރަށް ހަރަދު ކުޑަކުރަން މިސްރާބު ހިފި ކަމީ ސަރުކާރުން ކުރި ވަރަށް ރަނގަޅު ކަމެއް ކަން ގިނަ ބަޔަކު ފާހަގަ ވެސް ކުރެ އެވެ. އެކަމަކު، ބޭނުންވަނީ އަވަސް ނަތީޖާ އެކެވެ.
ޕްލޭންތަކާ އެކު ފިޔަވަޅުތައް އަވަސް ކުރަންވީ އެވެ. އެ ނޫން އިތުރު ޗޮއިސްއެއް ގައުމަކަށް ނެތެވެ. ސަބްސިޑީ ޓާގެޓު ކޮށް އާސަންދަ ވެސް ރިފޯމު ކުރަން ޖެހެ އެވެ. އަދި ވީ އެންމެ އަވަހަށް ދަރަނި އަދާކުރާނެ ގޮތްތައް ރާވައި، އެކަމަށް ތައްޔާރުވާން ވެސް ޖެހެ އެވެ. އިގުތިސާދު ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށްގެން ނޫނީ ދަރަނީގެ ޑީފޯލްޓުން ސަލާމަތެއް ނުވާނެ އެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ސަރުކާރުގެ ހިސާބުތައް އާންމުކުރަން ފަށައިފި
ތަފާސްހިސާބު އާންމުނުކުރަނީ މައުލޫމާތު ފައިނަލް ކުރާތީ
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާފާނެ
ބަޖެޓުގެ 45 ޕަސެންޓް ހަ މަސް ތެރޭގައި ހޭދަކޮށްފި
އެމްއެމްއޭ އިން ހަތަރު މަހުން 4 ބިލިއަން ރުފިޔާ ދީފި
ހަ މަސް ނިމުނުއިރު އާމްދަނީގެ ގޮތުގައި 10 ބިލިއަން
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ