19 މާޗް 2024
މި އަހަރުގައި ފުރަތަމަ ފަހަރަށް ދައުލަތަށް ލިބުނު އާމްދަނީ އަށް ވުރެ ދައުލަތް ހިންގުމުގެ ހަރަދު އިތުރުވެއްޖެ އެވެ.
މި އަހަރުގައި ފުރަތަމަ ފަހަރަށް ދައުލަތަށް ލިބުނު އާމްދަނީ އަށް ވުރެ ދައުލަތް ހިންގުމުގެ ހަރަދު އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް، ހަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅައިގެން އާމްދަނީ އަށް ވުރެ ހަރަދު ކުޑަކޮށްފައި ބޭއްވުމަށް ފަހު، އާމްދަނީ ގޮތުގައި 6.86 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ހަރަދުކޮށްފައި ވަނީ 7.03 ބިލިއަން ރުފިޔާ އެވެ.
ޖުމްލަ ހަރަދުގެ ތެރެއިން 81 ޕަސަންޓަކީ ރިކަރަންޓު ހަރަދެވެ. އެއީ، 5.66 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 2.19 ބިލިއަން ރުފިޔާ ހަރަދުވެފައި ވަނީ މުސާރަ އާއި އިނާޔަތްތަކަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް އަޅާބަލާއިރު، ގާތްގަނޑަކަށް 200 މިލިއަން އިތުރު އަދަދެކެވެ.
ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ޖުމްލަ ރިކަރަންޓް ހަރަދު މި ސަރުކާރުން ވަނީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ކުޑަކޮށްފަ އެވެ. މުސާރަ އަށް ކުރާ ހޭދަ ބޮޑަސް، އިދާރީ ހިންގުމުގެ ހަރަދު ވަނީ ވަރަށް ބޮޑަށް މަދުކޮށްފަ އެވެ. އޭގެ ތެރޭގައި އާސަންދަ އާއި ސަބްސިޑީއަށް ކުރި ހޭދަ ވެސް ވަނީ ކުޑަކޮށްފަ އެވެ.
އެކަމަކު ދައުލަތުގެ ޖުމްލަ ހަރަދު ތިރިކޮށްފައި ވަނީ، ކެޕިޓަލް ހަރަދުތައް ވެސް ވަރަށް ބޮޑަށް ކުޑަކޮށްގެންނެވެ. މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ކެޕިޓަލް ހަރަދަކީ 1.37 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ގާތްގަނޑަކަށް 1.7 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ 5.94 ބިލިއަން ރުފިޔާގައި ހުރި އިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު، ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް، ލޯނު އަނބުރާ ދެއްކުމަށް 816 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، ސަވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު ވަނީ 198.3 މިލިއަން ރުފިޔާއަށް އަރައިފަ އެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ސަރުކާރުގެ ހިސާބުތައް އާންމުކުރަން ފަށައިފި
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ބުރާސްފަތި ދުވަހު
ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
ތަފާސްހިސާބު އާންމުނުކުރަނީ މައުލޫމާތު ފައިނަލް ކުރާތީ
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
ހަރަދުތައް ރީސެޓް ކުރުން ނޫން ގޮތެއް ނެތް
އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާފާނެ