14 ފެބުރުއަރީ 2019
މިދިޔަ އަހަރު 68 އޮޑިޓް ނިންމާ ކަނޑައެޅި މިންވަރުގެ 92 ޕަސެންޓް ހާސިކޮށްފައިވާ ކަމަށް ދެކުނު ސަރަހައްދީ އޮޑިޓް އޮފީހުގެ މިދިޔަ އަހަރުގެ ރިޕޯޓުން ހާވެއްޖެ އެވެ.
މިދިޔަ އަހަރު 68 އޮޑިޓް ނިންމާ ކަނޑައެޅި މިންވަރުގެ 92 ޕަސެންޓް ހާސިކޮށްފައިވާ ކަމަށް ދެކުނު ސަރަހައްދީ އޮޑިޓް އޮފީހުގެ މިދިޔަ އަހަރުގެ ރިޕޯޓުން ހާވެއްޖެ އެވެ.
މި ރިޕޯޓުގައި ވާގޮތުން 74 އިދާރާއެއްގެ އޮޑިޓް ކުރުމަށް ޕްލޭންކޮށްފައިވީ ނަމަވެސް ނިމިފައިވަނީ 68 އިދާރާއެއްގެ އޮޑިޓް މަސައްކަތެވެ.
އޮޑިޓް އޮފީހުން އައްޑޫ ހިތަދޫގައި ހިންގާ މި އޮފީހުން، ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ ގދ، ގއ، އައްޑޫ އާއި ފުވައްމުލަކު ސިޓީގެ އިދާރާތަކުގެ އޮޑިޓް މަސައްކަތް ކުރާނެ އެވެ. މިދިޔަ އަހަރުގައި 23 ކައުންސިލަކާއި ތައުލީމީ ދާއިރާގެ 13 އޮޑިޓަކާއި ސިއްހީ ދާއިރާއިން 10 އޮޑިޓްގެ އިތުރުން ޝަރުއީ ދާއިރާގެ 9 އޮޑިޓެއްގެ އިތުރުން އެހެނިހެން ދާއިރާތަކުން 13 އޮޑިޓެއް ނިންމައިފަ އެވެ.
މިދިޔަ އަހަރު ކުރި އޮޑިޓްތަކުން 512 މިލިއަން ރުފިޔާގެ ހަރަދުތައް ބަލާފައިވެ އެވެ. އަދި އާމްދަނީގެ ގޮތުގައި 135 މިލިއަން ރުފިޔާ އޮޑިޓްކޮށްފައިވެ އެވެ.
އޮޑިޓްތަކުގެ ތަފްސީލުތަކުން ހާމަވާ ގޮތުން ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަން އޮޑިޓް އޮފީހަށް ވަނީ ފާހަގަކުރެވިފަ އެވެ. އާމްދަނީގެ ގޮތުގައި އިދާރާތަކަށް ލިބެން ޖެހޭ ފައިސާގެ ގޮތުގައި 3.2 މިލިއަން ރުފިޔާ ހޯދާފައި ނުވާ ކަން ފާހަގަކުރެވިފައިވާ އިރު ގަވައިދާ ހިލާފަށް ދިނުމުން އަނބުރާ ހޯދަންޖެހޭ ހަތަރު ލައްކަ ވުރެ ގިނަ ރުފިޔާ ފާހަގަކުރެވިފައިވެ އެވެ.
މީގެ އިތުރުން ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 16.4 މިލިއަން ރުފިޔާ ހޯދާފައި ނުވުމާއި ބަޖެޓްގެ ބާކީވި އަދަދު ނުވަތަ އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ޕަބްލިކް އެކައުންޓަށް ޖަމާކުރަންޖެހޭ 19.4 މިލިއަން ރުފިޔާ ޖަމާ ނުކުރާކަން ވަނީ ފާހަގަކުރެވިފަ އެވެ.
މިދިޔަ އަހަރު 68 އޮޑިޓެއް ކޮށްފައިވާ އިރު 2017 ވަނަ އަހަރު އެ އޮފީހުން ކޮށްފައި ވަނީ 64 އޮޑިޓެވެ. އަދި 2016 ވަނަ އަހަރުގައި އެ އިދާރާއިން ކޮށްފައިވަނީ 48 އޮޑިޓެވެ.
ދެކުނު ސަރަހައްދީ އޮފީސް ހުޅުވާފައި ވަނީ ޑިސެމްބަރު 1، 2015 ވަނަ އަހަރު އެވެ.
މުސާރަ ބޮޑުނުކޮށް، އޮޑިޓު އޮފީހުގެ ބަޖެޓު ފާސްކޮށްފި
އޮޑިޓް އޮފީހުން ހުށަހެޅީ 123 މިލިއަންގެ ބަޖެޓެއް
އޮޑިޓް އޮފީހަށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް
އޮޑިޓާ ޖެނެރަލް އޮފީހަށް ހާއްސަ އިމާރާތެއް އަޅަނީ
އޮޑިޓާ ޖެނެރަލަކަށް އައްޔަންކުރަން ނިޔާޒީގެ ނަން
ޒިޔަތުގެ އިސްތިއުފާއިން އެތައް ބައެއްގެ ތައުރީފް
އޮޑިޓަ ޖެނެރަލް ޒިޔަތު އިސްތިއުފާ ދެއްވައިފި
އޮޑިޓާ ޖެނެރަލްގެ ލަފާ ގާނޫނީ މަފްހޫމާ ޚިލާފު: އޭޖީ
އޯޑީ ފެސިލިޓީގެ މުއްދަތު އިތުރުކޮށްދޭން ފެނޭ: ޒިޔަތު
އެމްޕީއެލްގެ ތެލުގެ ވައްކަން ބަލަން ބޮޑު އޮޑިޓެއް