Roadha Mihaaru
އޮޑިޓާ ޖެނެރަލްގެ ލަފާ ގާނޫނީ މަފްހޫމާ ޚިލާފު: އޭޖީ

މަންދު މައްސަލާގައި އޮޑިޓާ ޖެނެރަލް ދިނީ ގާނޫނީ މަފްހޫމުތަކާ ތައާރުޒްވާ ލަފައެއް: އޭޖީ އޮފީސް

03 މެއި 2021

މަންދު ކޮލެޖަށް ދޭން ޖެހޭނީ ދޮޅު މިލިއަނުގެ ބަދަލެއް ކަމަށް ވިދާޅުވެ، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ދެއްވާފައި ވަނީ ގާނޫނީ މަފްހޫމުތަކާ ތައާރުޒުވާ ލަފައެއް ކަމަށް، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަންދު ކޮލެޖަށް ދޭން ޖެހޭނީ ދޮޅު މިލިއަނުގެ ބަދަލެއް ކަމަށް ވިދާޅުވެ، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ދެއްވާފައި ވަނީ ގާނޫނީ މަފްހޫމުތަކާ ތައާރުޒުވާ ލަފައެއް ކަމަށް، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑު އަތުން 2015 ވަނަ އަހަރު އަތުލީ އިންޓަނޭޝަނަލް ސްކޫލެއް އެތަނުގައި ހިންގާފައި ނުވާ ކަމަށް ބުނެ އެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ. އެކަމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މަންދު ކޮލެޖުން އެދެނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައި ދިނުމަށެވެ. ނަމަވެސް ޑިސްޕިއުޓު މަރުހަލާގައި ދައުލަތުން ވަނީ 15 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފަ އެވެ. އޭރު، އެޑިއުކޭޝަން މިނިސްޓްރީ އެދިގެން އޮޑިޓަ ޖެނެރަލްގެ އޮފީހުން އޮތީ މަންދު ކޮލެޖަށް ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ އެސެސްމަންޓެއް ހަދައިދިނުމަށް އެދިފަ އެވެ.

އެ އެސެސްމަންޓުގައި ބުނީ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ނަގައިދެވޭނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މަންދުގެ މައްސަލައިގައި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ އެސެސްމަންޓަށް ރިއާޔަތް ކުރުމެއް ނެތި އެއާ ހިލާފަށް ދައުލަތުން އެއްބަސްވީ ބޮޑު ބަދަލެއް ދޭށެވެ.

އެކަމާ ގުޅިގެން އަމާޒުވަމުންދިޔަ ފާޑުކިޔުންތަކަށް ރައްދުދީ، ހަފުތާއެއް ފަހުން ނެރުނު ބަޔާނުގައި އޭޖީ އޮފީހުން ބުނީ، އޮޑިޓަ ޖެނެރަލްގެ އޮފީހުގެ އެސެސްމަންޓް ހެދީ ހައި ކޯޓުގެ ހުކުމަށް ފަހު ކަމަށެވެ. އެއީ މަންދަށް ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ކަނޑައެޅުމުން، އެ ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ކުރިން ގެއްލުމުގެ މިންވަރު އަންދާޒާކޮށް، ވަޒަންކުރުމުގެ ބޭނުމަށް އެޑިއުކޭޝަން މިނިސްޓްރީ އެދުމުން ކުރިއަށް ގެންދިޔަ އެސެސްމަންޓެއް ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ލަފަޔަކީ، ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައި ބުނިގޮތުގައި، "ފްރީޑަމް އޮފް ކޮންޓްރެޓް" އަދި "އެއްބަސްވުންތަކަކީ ތަންފީޒު ވާން ޖެހޭނެ އެއްޗެއް" ފަދަ ގާނޫނީ މަފްހޫމުތަކާ ތައާރަޟުވާ ގޮތަށް ދީފައިވާ ލަފައެއް ކަމަށެވެ.

"އޮޑިޓާ ޖެނެރަލްގެ ލަފަޔަކީ، ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ގެއްލުމުގެ ބަދަލު ކޯޓުތަކުން ނަގައި ދިނުމުގައި ކޮށްފައިވާ ހުކުމްތަކުގައި އެކަށައަޅާފައިވާ އުސޫލުތަކާއި އެއްބަސްވުންތައް އެ މައްޗަށް ބިނާވާ "ފްރީޑަމް އޮފް ކޮންޓްރެޓް" އަދި "އެއްބަސްވުންތަކަކީ ތަންފީޒުވާންޖެހޭނެ އެއްޗެއް" ފަދަ ގާނޫނީ މަފްހޫމުތަކާ ތައާރުޟުވާ ގޮތަށް ދީފައިވާ ލަފަޔެކެވެ،" ތިން ސޮފްހާގެ ބަޔާނުގައި ބުންޏެވެ.

އޭޖީ އޮފީހުން ބުނީ އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ވެފައިވާ ގެއްލުމެއް ކަމާއި އެއްބަސްވުމާ ޚިލާފު ވެފައިވާ ޚިލާފުވުމާ ސީދާ ގުޅުން ހުރި ގެއްލުމެއް ކަމަށެވެ. ލިބުނު ގެއްލުމާ ގުޅޭ ކިތާބީ ހެކި ނަފީކުރުމަށް ބަލާއިރު، އެކަން ކުރެވެން ވެސް ނެތް ކަމަށާއި މި މައްސަލާގައި ޝަރީއަތުން ގޮތެއް ނިންމަން މަޑުކޮށްފި ހާލަތެއްގައި އިތުރު މުއްދަތު ހޭދަކުރަން ޖެހުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދު އިތުރުވެގެން ދިއުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.