29 އެޕްރީލް 2021
މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާގެ ބަދަލެއް ދެވިދާނެ ކަމަށް ބުނެ، އެކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުގައި އާނބަސް ދީފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާގެ ބަދަލެއް ދެވިދާނެ ކަމަށް ބުނެ، އެކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުގައި އާނބަސް ދީފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދެވިދާނެ ކަމަށް ވިދާޅުވެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ސޮއިކުރައްވައި މި މަހުގެ 19 ގައި އޭޖީ އިބްރާހިމް ރިފްއަތަށް ސިޓީއެއް ފޮނުއްވާފައިކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.
އެ ސިޓީގައި މިނިސްޓަރު ވިދާޅުވީ، ބަދަލުގެ ގޮތުގައި 15 މިލިއަން މަންދު ކޮލެޖަށް ދެވިދާނެ ކަމަަށް އެޑިއުކޭޝަން މިނިސްޓްރީން ގަބޫލުކުރާ ކަމަށެވެ.
މިނިސްޓަރު އާއިޝަތު އަލީ އެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އެ 15 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ މަންދު ކޮލެޖު އަލުން ފެށުމަށްޓަކައި އާލާތްތައް ހޯދުމަށް ހޭދަވި 4،317,500ރ. އާއި ވަގުތީ އިމާރާތައް ދެއްކި 10،695,000ރ. އެވެ.
ގެއްލުމުގެ ބަދަލު ދިނުމަށް އޮޑިޓް އޮފީހުން ހެދި އެސެސްމަންޓަށް ރިއާޔަތް ކުރުމެއް ނެތި، ސިވިލް ކޯޓުގެ ޑިސްޕިއުޓު މަރުހަލާގައި މަންދަށް 15 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ދައުލަތުން އެއްބަސްވުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެ އެވެ.
އެ ބޮޑު ބަދަލު ދިނުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭންޑް ކަމަށް އޭޖީ އޮފީހުން ބުނުމުން އެކަން ދޮގުކޮށް އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ 15 މިލިއަން ރުފިޔާގެ ބަދަލު ދޭން ލަފާ ދިނީ އޭޖީ އޮފީހުން ކަމަށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި، ކޮލެޖު އަލުން ފެށުމަށް ހަރަދުވި ވަރާއި ވަގުތީ އިމާރާތުގެ ކުއްޔާއެކު 15 މިލިއަން ދޭން ފެންނަ ކަމަށް ބުނީ ވެސް އެޑިއުކޭޝަން މިނިސްޓްރީންނެވެ.
މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އެމްއީއެސް ހިންގި އިމާރާތް ދޫކޮށްފައި ވަނިކޮށް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައިނުވާ ކަމަށް ބުނެ އެ ތަން އަތުލައިފަ އެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން އޮގަސްޓް 23، 2020 ގައި ފޮނުވި ސިޓީއާ ގުޅިގެން އޮޑިޓް އޮފީހުން ހެދި އެސެސްމަންޓުން ދެއްކީ މާލެ ހައި ކުންފުންޏަށް ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދޭންޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުގެ ޑިސްޕިއުޓުގައި ދައުލަތުން އެއްބަސްވުމުން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހުކުމްކޮށްފައި ވެ އެވެ.
މަންދަށް 15 މިލިއަން ދިނުމަކީ އެޑިއުކޭޝަން ސްޓޭންޑު
ޓީޗިން ލައިސަންސް ގަވައިދަށް ދެ ފަހަރަކު ލަފާ ދިނިން
އެމްއީއެސް މައްސަލަ: މިނިސްޓަރަށްކުރި ދައުވާ ނާކާމިޔާބު
15 މިލިއަން ދޭން ލަފާ ދިނީ އޭޖީ: އެޑިއުކޭޝަން
މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާގެ ބަދަލެއް ދެނީ
މަންދު ކޮލެޖަށް އިތުރު ފައިސާ ދޭކަށްނުޖެހޭ: ހައި ކޯޓު
16 މިލިއަނަށް ދިން ޕްރޮޖެކްޓެއްގެ ލިޔެކިޔުމެއް ނެތް
"ފާސްވާ ކުދިން މަދުވީ ހިސާބު ޖަހާގޮތް ބަދަލުކުރުމުން"
އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރަން 1.3 ބިލިއަން
އުސޫލެއް ނެތި ވެހި އެވޯޑު ދިނުމުން ޖަލްސާ "ބޮއިކޮޓް" ކޮށްފި