28 މެއި 2023
ހުރިހާ ސްކޫލެއްގެ ކިޔެވުން އެއްދަންފަޅި އަށް ބަދަލުކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.3 ބިލިއަން ރުފިޔާ ހަރަދުވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ހުރިހާ ސްކޫލެއްގެ ކިޔެވުން އެއްދަންފަޅި އަށް ބަދަލުކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.3 ބިލިއަން ރުފިޔާ ހަރަދުވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ފ. ބިލެއްދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ހުރިހާ ސްކޫލެއް އެއް ދަންފަޅި އަށް ބަދަލުކުރުމުގެ ގޮތުން ހެދި ދިރާސާ އިން ފާހަގަކުރެވުނު ކަންކަން ތަންފީޒުކުރުމަށް މިހާތަނަށް ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއްކޮށް، އާ އިމާރާތްތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އެ ދިރާސާއިން ފާހަގަކުރެއްވުނު ކަންކަން ތަންފީޒު ކުރެއްވުމަށް މިހާތަނަށް 1.3 ބިލިއަން ރުފިޔާ ބަޖެޓްކުރައްވައި އިމާރާތްތައް އެޅުއްވުމުގެ މަސައްކަތް ފެށިއްޖެ،" އައިޝަތު އަލީ ވިދާޅުވި އެވެ.
"މިހާތަނަށް ތައުލީމީ ދާއިރާއަށް، މަދަރުސާތަކަށް އުމްރާނީ ތަރައްގީ ގެނައުމަށްޓަކައި މުޅިއަކު 247 މަޝްރޫއެއް އެބަ ހިންގަން. އޭގެ ތެރޭގައި ޖުމްލަ 1،716 ކްލާސްރޫމާއި 92 މަލްޓިޕާޕޮސް ހޯލާއި 563 އެހެނިހެން އިމާރާތްތަކުގެ މަސައްކަތްތައް އެބަ ކުރިއަށް ދޭ،"
ފ. ބިލެއްދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލު ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ސްކޫލަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ލެބޯޓްރީ އާއި ލައިބްރަރީތަކާއި ސްޓާފް ރޫމްތަކާއި އޮފީސް އިމާރާތް ފަދަ ތަންތަން ވެސް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލެއްދޫ ސްކޫލުގައި މިއަދު ހުޅުވި މަލްޓިޕާޕަސް ހޯލަކީ ދައުލަތުގެ ބަޖެޓުން 8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ. މިއީ މި ސަރުކާރުން ހުޅުވި މިކަހަލަ 15 ވަނަ މަލްޓިޕާޕަސް ހޯލެވެ.
ފ. ބިލެއްދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަރިވަރަކާ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ މަލްޓިޕާޕަސް ހޯލްގެ ސަބަބުން ސްކޫލާއި މުޖުތަމައުގެ ގުޅުން ބަދަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސްކޫލް ދަރިވަރުންނަށް ތަފާތު ކުޅިވަރުތައް ކުޅޭނެ މާހުއުލެއް ލިބޭނެ ކަމަށާއި ރަށުގެ އެކި ހަރަކާތްތަކާއި ޖަލްސާތައް ބޭއްވުމަށް މަގުފަހިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
މުސާރަ ބޮޑުކުރީމަ ބައެއް ޕްރިންސިޕަލުންނަށް ގެއްލުން
ހަތިމަށް ރިފަރެންސް ދޭން ބުނީ ކުށް ތަކުރާރުވިޔަނުދޭން
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟
އާޔަތްތައް ނުބައިކޮށް ހުންނަތާ 5 އަހަރު!
ވެކްސިން ފުރިހަމަކުރުމުން ސްކޫލުން ދޭނީ ގްރީން ކާޑެއް