08 އޯގަސްޓް 2021
ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފައިވޭތޯ ކަށަވަރުކުރުމަށް ބެލެނިވެރިންނަށް ސްކޫލުތަކުން "ގްރީން ކާޑެއް" ތައާރަފްކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފައިވޭތޯ ކަށަވަރުކުރުމަށް ބެލެނިވެރިންނަށް ސްކޫލުތަކުން "ގްރީން ކާޑެއް" ތައާރަފްކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އަންނަ އަންގާރަ ދުވަހު ފަށާ ދިރާސީ އާ އަހަރާ ގުޅޭގޮތުން އެ މިނިސްޓްރީީން ބޭއްވި ނިއުސް ކޮންފަރެންސްގައި، އެޑިއުކޭޝަންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވީ މިހާތަނަށް ރާއްޖޭގެ 96 ޕަސެންޓު ޓީޗަރުން ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށެވެ.
މާބަނޑު މީހުންނާއި ސިއްހީ އެކި މައްސަލަތަކާ ހެދި ވެކްސިން ނުޖެހޭ މީހުންނަށް، އެޗްޕީއޭގެ ލިޔުން ލިބުމުން ކަންކަން ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާތަނަށް ވަރަށް ގިނަ މުވައްޒަފުން ދެ ވަނަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށް އައްޒަ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންގެ ކުދިންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ ކުދިންނާ އިންޓަރެކްޓްވާނެ ބޭފުޅުން ދިހެއްގައި އެ ބޭފުޅުން ސްކޫލަށް ނުކުމެވަޑައިގަންނަވާއިރު ވެކްސިންގެ އެންމެ މަދުވެގެން އެއް ޑޯޒު ފުރިހަމަކޮށްގެން ކަމަށް ވަޑައިގަންނަވާނީ،" އައްޒަ ވިދާޅުވި އެވެ.
މީހަކު، ކޮވިޑު ވެކްސިން ޖެހުމަށް ސެންޓަރެއްގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިނިސްޓްރީން ނިންމާފައިވަނީ އަންނަ މަހުގެ އެކެއްގެ ފަހުން ސްކޫލުތަކަށް ވަދެ ނުކުމެވޭނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށެވެ. އެހެންވެ، ޝަރުތުތައް ފުރިހަމަވާ އެންމެން ވެސް ވީހާ ވެސް އަވަހަކަށް ވެކްސިން ޖަހަން އިލްތިމާސްކޮށްފައި ވެ އެވެ.
އައްޒަ ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ގްރީން ކާޑު ތައާރަފުކުރުމަށް ސްކޫލުތަކާއެކު މަޝްވަރާކުރަމުން އަންނަކަމަށެވެ. އެއަށްފަހު، ވެކްސިން ޖަހާފައިވާކަން ކަށަވަރުކުރެވޭނެ އެންމެ ފަސޭހަގޮތަކީ ކޮބައިތޯ ބަލައި އެ ކާޑު ތައާރަފުކުރާނެ ކަމަށް ވިދާޅުވި އެވެ.
އޭރުން، ދަރިވަރުން ބަލައި ބެލެނިވެރިން ދާންޖެހޭނީ ދެ ކާޑު ހިފައިގެންނެވެ. އެއީ ވެކްސިން ފުރިހަމަކޮށްފައިވާކަން ކަށަވަރުކޮށްދޭ ގްރީން ކާޑު އަދި ބެލެނިވެރިންގެ ކާޑެވެ.
ދަރިވަރުންނާއި ބެލެނިވެރިންގެ އިއުތިރާޟެއް ނެތްކަން ކަށަވަރުކުރުމަށްފަހު އި މި ހަފުތާގައި 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒު ދޭން ފަށާނެ އެވެ. އެކަމަށް ތައްޔާރުވަމުން އަންނަކަމަށާއި ބެލެނިވެރިންނަށް ވެކްސިން ޕްރޮގްރާމުގެ މައުލޫމާތު ދިނުމަށް އޮރިއެންޓޭޝަން ޕްރޮގްރާމްތައް ބާއްވާނެ ކަމަށް އައްޒަ ވިދާޅުވި އެވެ.
އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރަން 1.3 ބިލިއަން
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
މުސާރަ ބޮޑުކުރީމަ ބައެއް ޕްރިންސިޕަލުންނަށް ގެއްލުން
ހަތިމަށް ރިފަރެންސް ދޭން ބުނީ ކުށް ތަކުރާރުވިޔަނުދޭން
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟
ސްކޫލް ކުދިން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައިފި