30 މެއި 2023
އޯލެވެލް އިމްތިހާނުގެ ފަސް މާއްދާ އިން ފާސްވާ ކުދިންގެ އަދަދު ދަށް ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ އުސޫލު ބަދަލުކުރުމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އޯލެވެލް އިމްތިހާނުގެ ފަސް މާއްދާ އިން ފާސްވާ ކުދިންގެ އަދަދު ދަށް ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ އުސޫލު ބަދަލުކުރުމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު މެއި/ޖޫން މަހު ބޭއްވި ކެމްބްރިޖް އަދި އެސްއެސްސީ އިމްތިހާނުގައި 5،939 ކުދިން ބައިވެރިވި އެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި، އޭގެ ތެރެއިން ފަސް މާއްދާ އިން ފާސްވީ 49 ޕަސެންޓް ކުދިންނެވެ. ބާކީ ކުދިން ފަސް މާއްދާ އިން ފާހެއް ނުވެ އެވެ.
"މިހާރު" އިން އިއްޔެ އެކަން ރިޕޯޓު ކުރުމުން އާންމުންގެ ގިނަ ފާޑުކިިޔުންތައް އެޑިއުކޭޝަން މިނިސްޓްރީ އަށް ވަނީ އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 2019 ގެ ކުރިން ތަފާސްހިސާބުތައް ތައްޔާރު ކުރަމުން ދިޔައީ ފަސް މާއްދާ އިން ފާސްވާ ކުދިންގެ އަދަދު ކަނޑައަޅާއިރު, ދަސްވާރު ޕްރޮގަރާމަކީ ތިން މާއްދާގެ ފާސް ކަމަށާއި ބީޓެކަކީ ހަތަރު މާއްދާގެ ފާސް ކަމަށް ބަލައިގެން ކަމަށެވެ.
"އެހެންވެ އަސްލު ރެޕްރެޒެންޓޭޝަނެއް ނޫން. ފަސް މާއްދާ އިން ކަލްކިއުލޭޓް ކުރަން އޮފްރޯލް ކުރަނީ އެއީ ފާސް ނުވާހެން ހީވާ ކުދިން ބާކީ ކޮށްފައި ފާސް ވާނެ ކުދިން ކަލްކިއުލޭޓް ކޮށްފައި އެ މީހުން ސްޓެޓިސްޓިކް ކަލްކިއުލޭޓް ކޮށްފައި އޮންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު މަޖިލީހުގައި މިނިސްޓަރު ބައިވެރިވަނީ: މިނިސްޓަރު ވިދާޅުވީ ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު އިތުރު ކަމަށް.-- ފޮޓޯ: މަޖިލިސް
ނަމަވެސް ކުރިން ގެންގުޅެމުން އައި އުސޫލު އުވާލައި 2019 އަހަރު ފަހުކޮޅުން ފެށިގެން ހުރިހާ ކުދިން ވެސް ފަސް މާއްދާ ހަދަން މަޖުބޫރު ކުރަން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ތަންކޮޅެއް ބޮޑުކޮށް ޕަސެންޓޭޖްތައް ފެންނަމުން ދިޔައީ. ނަމަވެސް އަޅުގަނޑުމެން ސަރުކާރަށް އައިސް ބަދަލުތަކެއް ގެނައިން. ހުރިހާ ކުދިން ފަސް މާއްދާ ހަދަން ޖެހޭނޭ، މަޖުބޫރު ކުރީ. އެއީ ހާއްސަކޮށް ތައުލީމީ ދާއިރާ އަށް ބަލާއިރު ފެންނަނީ ލިޓްރަސީ ނިއުމަރެސީ ވަރަށް ބޮޑަށް ދަށްވެެގެން ދާތަން،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވެ ދިވެހި އިސްލާމް ހިސާބު އިނގިރޭސި އަދި ސްޓްރީމް ތެރެއިން ހަދާ ކޮންމެވެސް އެއް މާއްދާއެއް މަޖުބޫރު ކުރާ ގޮތަށް. ޑްރޮޕް ކުރުމުގެ ފުރުސަތު ދެނީ ވަރަށް ސިވިއާ ކޭސް ހުންނަ އަދި އަޅުގަނޑު ވެސް ބެލުމަށް ފަހު. ހުރިހާ ކުދިން ފަސް މާއްދާ ހަދާނެ."
- 2019: 68.3 ޕަސެންޓް ކުދިން.
- 2020: 66.4 ޕަސެންޓް.
- 2021: 50.3 ޕަސެންޓް.
- 2022: 49.7 ޕަސެންޓް.
ނަތީޖާ ރަނގަޅުކުރަން ޖެހޭ ސްކޫލުތައް ފާހަގަކޮށް، އެ ސްކޫލުތަކާ އެކު ތިން އަހަރު މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ކުރި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އޭގެ ނަތީޖާ އެބަފެނޭ. އެގޮތުން އިނގިރޭސިން ފާސްވާ އަދަދު ވަރަށް ބޮޑުތަން މައްޗަށް ގޮސްފައި ވަނީ. ހިސާބު ވެސް އެހެން އަހަރުތަކާ ބަލާފައި ރަނގަޅު. ދިވެހި ވެސް މައްޗަށް ދަނީ. މަޖުބޫރު މާއްދާތަކުން ފާސްވާ ކުދިންގެ އަދަދު ވެސް މައްޗަށް ދަނީ،" އޭނާ ވިދާޅުވި އެވެ.
އުސޫލެއް ނެތި ވެހި އެވޯޑު ދިނުމުން ޖަލްސާ "ބޮއިކޮޓް" ކޮށްފި
މެއި/ޖޫންގައި އޯލެވެލް އިމްތިހާނު އޮންނާނެ: މިނިސްޓަރު
އޯލެވެލް، އަންނަ މެއި/ޖޫންގައި ބާއްވަން މަޝްވަރާކުރަނީ
"ބައިނަލްއަގުވާމީ އިމްތިޚާނަށް އަސަރެއް ނުކުރާނެ"
އެޑިއުކޭޝަންގެ ދަރަނިން 250 މިލިއަން ދައްކައިފި
16 މިލިއަނަށް ދިން ޕްރޮޖެކްޓެއްގެ ލިޔެކިޔުމެއް ނެތް
އޯލެވެލް ގަދަ 10ގެ ހަފުލާ އަންނަ މަހު ބާއްވަނީ
އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
7،500 ކުދިންނާއެކު އޯ ލެވެލް އިމްތިހާނު ފަށައިފި
އޯލެވެލްއިން ފާސްވާ ކުދިންގެ އަދަދު ދަށް: މިނިސްޓަރު