Roadha Mihaaru

8،000 އަށް ވުރެ ގިނަ ކުދިންނާ އެކު އޯ ލެވެލް އިމްތިހާނު ފަށައިފި

މި އަހަރުގެ އޯލެވެލް އިމްތިހާނުތައް މިއަދު ފަށައިފި އެވެ.

8000އަށް ވުރެ ގިނަ ކުދިންނާ އެކު އޯލެވެލް ފަށައިފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

20 އެޕްރީލް 2025

މި އަހަރުގެ އޯލެވެލް އިމްތިހާނުތައް މިއަދު ފަށައިފި އެވެ.

އެސްއެސްސީ އާއި ކެމްބްރިޖު އައިޖީސީއެސްސީ އިމްތިހާނު ހިމެނޭ ގޮތަށް 8،364 ދަރިވަރުން މި އަހަރުގެ އިމްތިހާނުގައި ބައިވެރިވެ އެވެ.

މިއަދާއި މާދަމާ ކުރިއަށް ގެންދާނީ އިސްލާމް މާއްދާގެ އިމްތިހާނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ އިމްތިހާނުތައް ޖުމްލަ 260 ސެންޓަރުގައި ކުރިއަށް ދާނެ އެވެ.

މިއަދު އިމްތިހާނު ފަށާފައިވަނީ ނިމިދިޔަ ދިރާސީ އަހަރު ގްރޭޑު 10 ގައި ކިޔެވި ދަރިވަރުންނަށެވެ.

މި މަހުގެ 7 ގައި ފެށި ދިރާސީ އާ އަހަރާ އެކު މިހާރު ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ކުދިންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ/ މާޗުގަ އެވެ. އަދި 9 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގަ އެވެ.

މިނިސްޓްރީން ނިންމާފައި ވަނީ އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އޯ ލެވެލް އިމްތިހާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު/ ނޮވެމްބަރުގައި ކަމަށެވެ.