Roadha Mihaaru
7،500 ކުދިންނާއެކު އޯ ލެވެލް އިމްތިހާނު ފަށައިފި

7،000 އަށް ވުރެ ގިނަ ކުދިންނާ އެކު އޯލެވެލް އިމްތިހާނު ފަށައިފި

25 އެޕްރީލް 2024

މި އަހަރުގެ އޯލެވެލް އިމްތިހާނު 7،000 އަށް ވުރެ ގިނަ ކުދިންނާ އެކު މިއަދު ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި އަހަރުގެ އޯލެވެލް އިމްތިހާނު 7،000 އަށް ވުރެ ގިނަ ކުދިންނާ އެކު މިއަދު ފަށައިފި އެވެ.

އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ހިމެނޭ ގޮތަށް 7،501 ކުދިން މި ފަހަރުގެ އިމްތިހާނުގައި ބައިވެރިވި އެވެ. އިމްތިހާނު ބާއްވަނީ ރާއްޖޭގެ 257 ސެންޓަރެއްގަ އެވެ.

އެއީ އައިޖީސީއެސްއީ ހަދާ 7،155 ކުދިންނާއި އެސްއެސްސީގެ 346 ކުދިންނެވެ. އައިޖީސީއެސްސީ ފަށާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.

މިއަދުން ފެށިގެން މި އަހަރުގެ ޖޫން 13 ގެ ނިޔަލަށް ކުރިއަށް ގެންދާ އިމްތިހާނުގައި މިއަދު އޮތީ އިސްލާމް މާއްދާ އެވެ.

އިސްކަންދަރު ސްކޫލްގެ ކުދިން މިއަދު އެސްއެސްސީގެ އިސްލާމް ޓެސްޓް ހަދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އިސްކަންދަރު ސްކޫލްގެ ކުދިން މިއަދު އެސްއެސްސީގެ އިސްލާމް ޓެސްޓް ހަދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މި ސަރުކާރުން ވަނީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭ ގޮތަށް ބަދަލުކޮށް، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ވެސް ނިންމައިފަ އެވެ.

އަހަރުގެ މެދުތެރެއިން ކިޔެވުން ފަށާ ގޮތަށް މިހާރު އޮތް އޮތުން ބަދަލުކޮށް 2026 އިން ފެށިގެން ދިރާސީ އަހަރު ޖެނުއަރީގައި ފަށަން ވެސް މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތަށް ބަދަލުކުރާތީ ގްރޭޑް 8ގެ ކުދިން އަންނަ އަހަރު ފަހުކޮޅު އޯ ލެވެލް އިމްތިހާނު ވެސް ހަދާނެ އެވެ.

އިސްކަންދަރު ސްކޫލްގެ ކުދިން މިއަދު އެސްއެސްސީގެ އިސްލާމް ޓެސްޓް ހަދާއިރު، ހޯލްގައި އިމްތިހާނު ކުރިއަށް ދަނީ އަންގަން ބޯޑެއް ބަހައްޓާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

އިސްކަންދަރު ސްކޫލްގެ ކުދިން މިއަދު އެސްއެސްސީގެ އިސްލާމް ޓެސްޓް ހަދާއިރު، ހޯލްގައި އިމްތިހާނު ކުރިއަށް ދަނީ އަންގަން ބޯޑެއް ބަހައްޓާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

އޯލެވެލް އަދި އޭލެވެލް އިމްތިހާނުގައި ދިވެހި ކުދިން ހޯދާ ނަތީޖާ ފަހަކަށް އައިސް ވަރަށް މައްޗެވެ. އިމްތިހާނުގެ ގަދަ 10 ގައި ހިމެނޭ ކުދިންގެ އަދަދު އިތުރު ވަމުން އަންނައިރު ދުނިޔޭގެ ފެންވަރުގެ ވަނަތައް ވެސް އަންނަނީ ހޯދަމުންނެވެ.